ޓީސީ އަތުން ބޮޑު މޮޅެއް ހޯދައި ވިކްޓަރީން އިތުބާރާ އެކު ސީޒަން ފަށައިފި

Sep 11, 2026, 10:54 PM
ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިކްޓަރީ ކުޅުންތެރިން އުފާފާޅުުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިކްޓަރީ ކުޅުންތެރިން އުފާފާޅުުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ޓީސީ ސްޕޯޓްސް ކްލަބް އަތުން 5-1 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބުން އިތުބާރާ އެކު، ދިރާގު ދިވެހި ޕްރިމިއާ ލީގު ސީޒަން ފަށަައިފި އެވެ. 

މިއީ، ވިކްޓަރީން މި ސީޒަނުގައި ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ. 

މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި، މި ސީޒަނަށް ޓީމު ވަރުގަދަކޮށްގެން ތައްޔާރުވި ވިކްޓަރީން ވަނީ ދާދި ފަހުން ސްރީ ލަންކާގައި ޓްރެއިނިން ކޭމްޕެއް ވެސް ފުރިހަމަކޮށް، ހަތަރު މެޗު ވެސް ކުޅެފަ އެވެ. މިދިޔަ ސީޒަނުގެ މެދުތެރެއިން ޓީސީއާ ހަވާލުވި މުހައްމަދު އާތިފް (އާތީ) ވަނީ، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ކުޅެގެން އެ ޓީމަށް ޕްރިމިއާ ލީގުގެ މަގާމު ދަމަހައްޓައިދީފަ އެވެ. 

Advertisement

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަށް ވިކްޓަރީން ވަނީ ފަހު ވަގުތު ފުރަތަމަ އެގާރަ އަށް ބަދަލެއް ގެނެސްފަ އެވެ. މުހައްމަދު ޝަފީއު (ޗެކް)ގެ ބަދަލުގައި މުހައްމަދު ޔާމީން ވަނީ ކުޅެން އަރުވައިފަ އެވެ. 

ވިކްޓަރީން ވަނީ މެޗުގެ ތިން ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، ޕެނަލްޓީ އަކުން އުޒްބެކިސްތާންގެ މިޑްފީލްޑަރު، މިރްޖަލޯލް ކަސިމޯވް ޖެހި ގޯލެކެވެ. މި ޕެނަލްޓީ އަކީ ޓީސީގެ ނައިޖީރިއާ ކީޕަރު، އެމަނުއަލް އެޔީބޯ، އޭރިއާތެރެއިން ވިކްޓަރީގެ ހުސެއިން ޝަރީފް (ހުސީ) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ހުސެއިން ޝަރީފަކީ ޓީސީން ވިކްޓަރީއާ ގުޅުނު ކުޅުންތެރިއެކެވެ. 

ޓީސީން ވަނީ މެޗުގެ 10 ވަނަ މިނިޓްގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ، ޓީސީގެ މިސްރުގެ ކުޅުންތެރިޔާ، އަޝްރަފް މަހުމޫދު ނެގި ކޯނަރަކުން އެ ޓީމުގެ މާޔިޒް ވަހީދު ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، ވިކްޓަރީގެ ކީޕަރު ޔާމީން ހެދި ގޯހަކުން ޓީސީގެ ބްރެޒިލް މިޑްފީލްޑަރު، މަގްސަން ޑުރާޑޯ ފޮނުވާލި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

އަލުން ލީޑުނަގަން ވިކްޓަރީގެ ނައިޖީރިއާ ފޯވާޑް، އަލްހާޖީ ގޭރޯ ބޮލުން ފޮނުވާލި ދެ ބޯޅަ ވެސް ކީޕަރު އިމަނުއަލް ވަނީ އަތަށް ނަގައިފަ އެވެ. 

މެޗުގައި ވިކްޓަރީން ދެ ވަނަ ފަހަރަށް ލީޑުނެގީ 65 ވަނަ މިނިޓްގައި ލަނޑު ޖަހައިގެންނެވެ. މިއީ، މިރްޖަލޯލް އަރިމަތިން ހިލޭޖެހުމަކުން ނެގި ބޯޅައަކުން ޖެހި ގޯލެކެވެ. އޭގެ މިނިޓެއް ފަހުން، ވިކްޓަރީގެ އަހުމަދު ރިޒްވާން (ރިޒޭ) ފޮނުވާލި ބޯޅަ ކީޕަރު އިމަނުއަލް ވަނީ ހުއްޓުވައިފަ އެވެ. މާ ލަސްތަކެއް ނުވެ، ވިކްޓަރީ އަށް ލީޑުުފުޅާކޮށްދިިން ގޯލު ރިޒޭ ވަނީ ކާމިޔާބުކޮށްފަ އެެވެ. ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ)ގެ ހުރަހެއް ކީޕަރު އެމަނުއަލް އަތުގައި ޖެހިފައި ނުކުތް ވަގުތު ރިޒޭ ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.

ވިކްޓަރީން މެޗުގެ 85 ވަނަ މިނިޓްގައި ހަަތަރު ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ރިޒޭ އެވެ. މިއީ، ޓީސީގެ ޑިފެންޑަރު، ހަސަން އީނާޒް، އެ ޓީމުގެ އޭރިއާތެރެއިން، ވިކްޓަރީގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ލަނޑު ޖެހިތާ، ދޮޅު މިނިޓް ފަހުން ވިކްޓަރީން ފަސް ވަނަ ލަނޑު ޖެހި އެވެ. މިއީ، ތޮއްޕޭ ނެގި ހުރަހަކުން ގޭރޯ ބޮލުން ޖެހި ގޯލެކެވެ. ގޭރޯ، ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް ވަންއިރު، ކީޕަރު އެމަނުއަލް ހުރީ ހަރަކާތް ހުއްޓިފަ އެވެ. 

ލީގުގައި ރޭ ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 1-0 އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކުރި އެވެ. މިއަދު ހަވީރު، ގދ. ގައްދޫ ފުޓްބޯޅަ ދަނޑުގައި، ގައްދޫ އާއި ނިއު ރޭޑިއަަންޓް ސްޕޯޓްސް ކުޅެން އޮތް މެޗު ވިއްސާރައާ ހެދި މިއަދު ނުކުޅެވިގެން މާދަމާ ހަވީރަށް ވަނީ ފަސްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox