ނަޒީހުގެ ޓާގެޓަކީ ގައްދޫ ދިވެހި ޕްރިމިއާ ލީގުން ނުވެއްޓި ބޭއްވުން

Sep 10, 2026, 9:51 PM
ގައްދޫ ޓީމުގެ މެޗެއްގެ ތެރެއިން ނަޒީހު.--- ފޮޓޯ: ގައްދޫ ފުޓްބޯޅަ ޓީމު.

ގައްދޫ ޓީމުގެ މެޗެއްގެ ތެރެއިން ނަޒީހު.--- ފޮޓޯ: ގައްދޫ ފުޓްބޯޅަ ޓީމު.

ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކުރާ ގދ. ގައްދޫ ޓީމު ގޮވައިގެން، އެ ޓީމުގެ ކޯޗު މުހައްމަަދު ނަޒީހުގެ ޓާގެޓެއްގެ ގޮތުގައި އެ ޓީމު ލީގުގައި ބޭއްވުމަށް އަމާޒު ހިފައިފި އެވެ. 

ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ސީޒަނުގައި މި ފަހަރު ދެ ރަށެއްގެ ޓީމު ވާދަކުރެ އެވެ. އެއީ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. މި ދެ ޓީމުގެ ހޯމް މެޗުތައް އެ ރަށުގައި ކުޅޭއިރު، ގައްދޫން ފުރަތަމަ މެޗުގައި މާދަމާ ހަވީރު އަމިއްލަ ރަށުގައި ނުކުންނާނީ، ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. 

މެޗުގެ ކުރިން ބޭއްވި ވީޑިއޯ ކޮންފަރެންސް ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒީހު ބުނީ، ނިއު ރޭޑިއަންޓާއި ގައްދޫ މި ބައްދަލުުކުރަނީ ވަރަށް ތާރީހީ މެޗެއް ކަމަށެވެ. ފުރަތަމަ ފަަހަރަށް ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މާލޭން ބޭރުގައި ކުޅޭއިރު އެ މެޗު ގައްދޫގައި ނިއުއާ ދެކޮޅަށް ކުޅޭތީ އެވެ.

Advertisement

ނަޒީހު ބުނީ، މި ތާރީހީ މެޗު އެ ގޮތަށް ދެމެހެއްޓޭތޯ މަސައްކަތްކުރާއިރު އަމާޒަކީ ބައިވަރު ގޯލުތަކެއް ގައްދޫ ކޮޅަށް ނުވަދެ، މި ޓީމުގެ މެނޭޖްމަންޓާއި ރަށުގެ ރައްޔިތުން ވެސް އުންމީދުނުކުރާ ވަރުގެ ނަތީޖާއެއް ނެރެގެން މީހުންގެ މޫނުމަތިން ހިނިތުންވުން ގެނެވޭތޯ މަސައްކަތްކޮށްދިނުން ކަމަށެވެ.  

"(މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ) ކޮލިފައިން އަށް ގޮސްފައި، އަޅުގަނޑުމެން ކޮޅަށް ހަ ގޯލު ޖެހީމަ ވަރަށް ގިނަ މީހުން ދެން ނިންމި މިކަން މި ނިމުނީއޭ. އަޅުގަނޑު ދިޔައީ އެއްގޮތަކަށް ވެސް އެކަން ނިންމާލާކަށެއް ނޫން. މި ފަހަރު ވެސް އުންމީދަކީ، ގައްދޫ ޓީމު ގޮވައިގެން ނުވެއްޓި، ޕްރިމިއާ ލީގުން ނުވެއްޓި އަންނަ ސީޒަނާ ހަމައަށް ދިއުން. އެއީ، އަޅުގަނޑުގެ އުންމީދު، އަޅުގަނޑު އެއްގޮތަކަށް ވެސް އޮޅުވައެއް ނުލަން އަޅުގަނޑުމެންގެ ޓާގެޓެއް،" ފުރަތަމަ ޑިިވިޝަންގެ ގިނަ ކްލަބްތަކެއްގެ ކޯޗަކަށް މަސައްކަތްކޮށްފައިވާ ނަޒީހު ބުންޏެވެ. 

ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް އޮތްގޮތުން، 10 ޓީމު ކުޅެގެން އެންމެ ފުލަށް ދާ ދެ ޓީމެއް ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އާއި އަށް ވަނަ އަށް ދާ ޓީމު، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅެން ޖެހޭނެ އެވެ. 

ނަޒީހު ބުނީ، ގައްދޫގެ ޓާގެޓަކީ ޕްރިމިއާ ލީގު ހޯދުމޭ ބުނުމަކީ ރަނގަޅު ކަމަކަށް ވެސް ނުވާނެ ކަމަށެވެ.

މި އުޅެނީ ޕްރިމިއާ ލީގު ހޯދާށޭ ބުނެފިއްޔާ އެއީ ވަރަށް އެހެން ކަހަލަ ވާހަކަ އަކަށް ވާނީ، ސަބަަބަކީ އެ ވަރުގެ ކުުޅުންތެރިންނާއި އެ ވަރުގެ މެނޭޖްމަންޓަކާއި އެ ވަރަށް ފައިސާއެއް ނެތް. މިސާލަކަށް ނިއު ރޭޑިއަންޓްގައި އެބަހުރި 350،000 ރުފިޔާ ދޭ ކުޅުންތެރިއެއް. އަޅުގަނޑުމެންގެ މުޅި ސްކޮޑުގެ އަގު ވެސް ނާރާ ގާތްގަނޑަކަށް އެ ވަރަށް. އެހެންވެއްޖިއްޔާ މި ޑިފަރެންސް އެއީ ވަރަށް ހިއުޖް ޑިފަރެންސެއް (ފަަރަގެއް)،" 

ނަޒީހު ބުނީ، ނިއު އާއި ގައްދޫ އަކީ މުޅިން ދެ ލެވަލެއްގެ ދެ ޓީމު ކަމަށެވެ. އެއީ، ތިބި ކުޅުންތެރިންގެ ފެންވަރާއި އެހެނިހެން ކަންކަމަށް ބެލިޔަސް ފެންނަން އޮތް ހަގީގަތްކަން ނަޒީހު ފާހަގަކުރި އެވެ. ކުޅުމުގެ ކެރިއަރުގައި ނިއު އާއި ވިކްޓަރީއާ ގުޅުން އޮތުމުން އެ ދެ ޓީމު އަބަދުވެސް ހާއްސަވާނެކަން ފާހަގަކޮށް ނަޒީހު ބުނީ، އެ ދެ ޓީމު މިހާރު އޮތް ލެވަލަށް ބަލާއިރު، ޕޮއިންޓެއް ލިބުނަސް އެއީ ހިތްހަމަޖެހުމެއް ކަމަށެވެ. 

"ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ތިން ޓީމުގެ ތެރެއިން އެއް ޓީމު ނިއު ރޭޑިއަންޓަކީ، ދެން، އުންމީދު ކޮންމެ ބައެއްގެ ވެސް އޮންނާނެ، އެކަމަކު، މި ދައްކަނީ، މުޅިން ދެ ދަރަޖައެއްގެ ދެ ޓީމެއްގެ ވާހަކަ. ނަތީޖާ އަކީ ހަމަ ގޯސް ދުވަހެއްގައި ނަތީޖާ ނެރެވިދާނެ ހަމަ އާދައިގެ ޓީމަކަށް ވެސް،" މި ވަގުތު ދެ ޓީމުގައި އޮތް ފަރަގަށް އިޝާރާތްކޮށް ނަތީޖާއެއް ނެރުމުގައި ހުރި އުނދަގޫތަކަށް އިޝާރާތްކޮށް ނަޒީހު ބުންޏެވެ. 

"ގިވަޕް ކުރީކީއެއް ނޫން އެއްގޮތަކަށް ވެސް މި ޓީމަށް ނުވާވަރު ކަމެއް ނޫނޭ ނާދިރު ކަމެކޭ މި ބުނަނީ، އެއީ، ތައްޔާރުވާން ލިބުނު ވަގުތާއި މީގެ ތެެރެއަށް އައިސް ބޭރު ކުޅުންތެރިންނަށް ޓްރެއިން މި ކުރެވުނީ ދެ ޓްރެއިނިން ވަރު. ގިވަޕެއް ނުކުރަން، މި ފާހަގަކުރީ ލެވަލްގެ ތަފާތު މާ ބޮޑަށް މި ހުރީ ދެ ޓީމުގެ ބެންޗަށް ބަލާލާއިރު ވެސް. ޓީސީ ވެސް ގްރީން ވެސް ބަލިކޮށްފިން ކޮލިފައިންގައި، އެއީ ލެވަލްގެ ގޮތުން ދާދި ހަމަހަމަ ދެ ޓީމު، ވާހަކަ އަކީ ގައްދޫ ޓީމާ އަޅުވާއިރު ކުޑަކުޑަ ޑިފަރެންސެއް ހުރީ، އެކަމަކު، މީގެ އެބަހުރި ވަރަށް ބޮޑު ޑިފަރެންސެއް،" 

ނަޒީހު ބުނީ، ގައްދޫ ގޮވައިގެން ކުރިއަށް އޮތް އެއް މަސް ދުވަހު މަސައްކަތް ކުރުމުން، އޭނާގެ ރާގު ވެސް އަދި ވާހަކަ ވެސް ބަދަލުވުން އެކަށީގެންވާ ކަމަށެވެ. އޭނާ ބުނީ، ގައްދޫ ގޮވައިގެން ތައްޔާރުވާން ލިބުނު ވަގުުތު މާ ކުޑަ ކަމަށާއި ފުޓްބޯޅަ ޓީމެއް ތައްޔާރުވާން ޕްރީ ސީޒަނަކަށް ގާތްގަނޑަކަށް 30 ދުވަސް ބޭނުންވާއިރު، 45 ޓްރެއިނިން އާއި ފަސް ވަރަކަށް މެޗު ކުޅެން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން މި ކުޅުނީ ތިނަދޫއާ އެކު މެޗެއް. ނިއު ރޭޑިއަންޓް އެ އައީ ކަޕް ވިނާސް ކަޕް ކުޅެފައި، ޗެރިޓީ މެޗު ކުޅެފައި، ހަމަ ކޮމްޕެޓިޓީވް ވަރަށް ވަރުގަދަ ފަސް މެޗު ކުޅެފި، އެ ޑިފަރެންސް ވެސް އެއީ ވަރަށް ބޮޑު ތަފާތެއް. މީގެ އެއް މަސް ފަހުން، އެ ޑިފަރެންސް ނީންނާނެ. އެއީ ގައްދޫ ޓީމު ވެސް ހަތަރު ވަރަކަށް މެޗު ކުޅޭނެ އޭރަށް، މެޗު ފިޓްނަސް އަކީ ކިތަންމެ ވަރަކަށް ޓްރެއިނިން ހެދިޔަސް އަންނަ އެއްޗެއް ނޫން، އަނެއްކާ އެ ވަރުގެ ޓްރެއިނިން އެއް ނެތް ހެދިފައި،" ނަޒީހު ބުންޏެވެ. 

ނިއު އިން ކުޑަކޮށް ވެސް ދަށްކޮށް ފެންނަނީ އެ ޓީމުގެ މެދުތެރެއިން ކުޅޭ ބޯޅަތައް ލަސްވުން ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ. އަދި، އެކަން ނިއުގެ ކޯޗު އަންދްރޭ އަށް ވެސް ފާހަގަވެފައި ހުންނާނެ ކަމަށާއި އޭގެ ފައިދާ ނަގައިގެން ގައްދޫން ކުޅެން ވިސްނާއިރު، އެ ފެންވަރުގެ ކުޅުންތެރިން މަދުކަން ނަޒީހު ވަނީ ފާހަގަކޮށްފަ އެވެ. 

ނިއު އާއި ގައްދޫ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު، 4 ޖަހާއިރު، ގައްދޫ ފުޓްބޯޅަ ދަނޑުގަ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox