ޓާގެޓަކާ އެކު ޓީސީ ގޮވައިގެން އާތީ އަނެއްކާ ވެސް ޗެލެންޖަކަށް

Sep 10, 2026, 11:15 AM
ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު، އާތީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެެެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު، އާތީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެެެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ތަޖުރިބާކާރު ކޯޗު، މުހައްމަދު އާތިފް (އާތީ) ހަވާލުވިއިރު، އެ ޓީމު އޮތީ އެންމެ ރަނގަޅު ހާލަތުގައެއް ނޫނެވެ. ޓީސީގެ ހާލަތު ބަދަލުކުރަން އާތީ އަމިއްލަ އަށް ޗެލެންޖު ނަގައި، ޓީމުގެ ކަންކަން ބަދަލުކޮށް ސީޒަން ނިންމާލީ އިތުބާރާ އެކު ކުޅެ، ރަނގަޅު ކަންތައްތަކެއް ވެސް ހާސިލްކޮށްގެންނެވެ. 

ޓީސީން ވަނީ އެފްއޭ ކަޕް ފައިނަލުގައި ވެސް މިދިޔަ ސީޒަނުގައި ވާދަކޮށްފަ އެވެ. 

މި ފަހަރުގެ ސީޒަނަށް ތައްޔާރުވާއިރު، މިދިޔަ އަހަރުގެ ކަންކަމުން އިބުރަތް ހާސިލްކޮށްގެން ކުރިއަށް ވުރެން ރަނގަޅަށް މަސައްކަތް ކުރާއިރު، އާތީ ދެކޭ ގޮތުގައި މި ފަހަރުގެ ޗެލެންޖު ވެސް ކުޑައެއް ނޫނެވެ. 

ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުތަކުގެ ކުރިން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ، މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު  ނިމުނުއިރު، ޓީސީ އޮތީ އޮޓޮމެޓިކް ރެލިގޭޝަން ޒޯނުގައި ކަމަށެވެ. އެ ހިސާބުގައި ޓީސީ އޮއްވައި އެ ޓީމާ، ހަވާލުވެގެން، އޮޓޮމެޓިކް ރެލިގޭޝަން ޒޯނުން ސަލާމަތްވެ، ދެން އަދި، ދިވެހި ޕްރިމިއާ ލީގުގައި ޓީސީގެ މަގާމު ދަމަހައްޓަން، ރީޖަނަލް ލީގުތަކުން އައި ޓީމުތަކާ ކުޅެގެން ކޮލިފިކޭޝަނުން ސަލާމަތްވެ، މި ފަހަރު ވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގުގައި ޓީސީ އޮތުން "އެއީ ވަރަށް ބޮޑު ކާމިޔާބީއެއް." ކަމަށެވެ. 

"އެހެން ނަމަވެސް، އެންމެ އުނދަގޫ ކަމަކީ އެ ކާމިޔާބީ ދެމެހެއްޓުން. ކޮންމެ އަކަސް އެއީ އެހެން ޓީމެއް، އެއީ ޓީސީ ނަން ކިޔަކަސް މިހާރު މި އޮތީ ޕްލޭޔަރުން ބަދަލުވެފައި. ޓީސީ މިހާރު މި އޮތީ އެހެން މަރުހަލާއެއްގައި ޓީމު މީނދީ. ގާތްގަނޑަކަށް މުޅި މެދުހެން ބަދަލުވެފައި، އަލުން ޓީމެއް ބިނާކުރަން ކަހަލަ ކަމެއް މި ފަހަރު ދިމާވެފައި މި އޮތީ. އެހެންވީމަ، ފުރަތަމަ މެޗު ކުޅެލީމަ ކުރިއަށް ހުރި މެޗުތަކާ މެދު އެއްޗެއް ބުނެލަން އެނގޭނީ،" ފުރަތަމަ ޑިވިޝަނުގެ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާގައި ވެސް ކުރިން މަސައްކަތްކުރި އާތީ ބުންޏެވެ. 

އާ ސީޒަނާ ކުރިމަތިލާއިރު، ޓާގެޓްތަކެއް ކަނޑައަޅައިގެން ކުރިއަށް ދިއުމަކީ އޭގެ އެންމެ މުހިންމު ކަންތަކެވެ. އެ ގޮތުން، މި ސީޒަނަށް ޓީސީއާ އެކު އާތީ ހުރީ ރަނގަޅު ހިސާބެއްގައި ނިންމައި، "ގަދަ ހަތަރެއް" ހޯދޭތޯ އަޒުމު ކަނޑައަޅައިގެންނެވެ. އެކަމަކު، އެ މަސައްކަތް ކުރަން ބަލާއިރު، ވާދަވެރި އެހެން ޓީމުތަކާ ޗެލެންޖު ކުރެވޭނެ މާލީ ގޮތުން ރަނގަޅު ހާލަތެއްގައި ވެސް އޮތުން މުހިންމެވެ. 

"މި ސީޒަނަށް ފެށެން އައިއިރު، ބަލާލިއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، އޮޑި ސްޕޯޓްސް، މާޒިޔާ، ވަރަށް ވަރުގަދަކޮށް މި ފެންނަނީ. ޕްރެކްޓިސްތަކުގަޔާއި ހޯދާފައި ތިބި ކުޅުންތެރިންނާއި ކޮންމެ ގޮތެއް ވިޔަސް ކްލަބްގެ މާލީ ހާލަތު އެންމެ ފުރަތަަމަ ވެސް ޕްރެޕަރޭޝަނުގައި މީގެ އެބަ ޑިފާވޭ،" އާތީ ބުންޏެވެ. 

"މިސާލަކަށް ރަނގަޅު ކުޅުންތެރިން ހޯދާނެ، ރަނގަޅު ޕޭމަންޓްތަކެއް ދޭނެ ފައިސާ ކްލަބްގައި ހުރެއްޖިއްޔާމު ފުރަތަމަ މަރުހަލާގައި ވެސް ޓީމު ވަރުގަދަވޭ. ދެން މި އޮންނަނީ ޓީމުގެ ޓްރެއިނިން މަރުހަލާ، އެހެންވީމަ، ޓްރެއިނިން މަރުހަލާގައި ޓީމު ކޭމްޕެއް ދިއުމާއި ޓީމަށް އެހެން ކަންތައްތައް ކޮށްދިނީމާ ވެސް އެ މަރުހަލާތައް ތަފާތު އެބަވޭ. އެހެންވީމަ މި ގޮތުން ވަރަށް ތަފާތުކޮށް ޓީސީ އަށް ވުރެން ބައެއް ޓީމުތައް މި ފެންނަނީ. މި އެއްޗެއްސަކީ ވެސް ކުޅުންތެރިން ބަދަލުވުމާ އެހެން ކަންކަމަށް ބަލާއިރު ވަރަށް ބޮޑު ތަފާތެއް ފެންނާނެ ކަމެއް،" 

ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި، ޓީސީން ކުޅޭ ފުރަތަމަ މެޗުގައި އޮތީ މާދަމާރޭ ވިކްޓަރީއާ އެކު އެވެ. ވިކްޓަރީން މިދިޔަ އަަހަރު ވެސް ރަނގަޅު ސްކޮޑެއް އެކުލަވާލައިގެން ނުކުތްއިރު، މި ފަހަރުގެ ސީޒަނަށް އަދި އޮތީ ކުރިއަށް ވުރެން ވެސް ވަރުގަދަ ޓީމަކާ އެކުކަން އާތީ ފާހަގަކުރި އެވެ. 

"(ވިކްޓަރީން) ޕްރީ ސީޒަން ކުރިން ފަށައިފި، ޓްރެއިނިން ކޭމްޕެއް ޖެހިއްޖެ. އެހެންވީމަ މި ތަފާތު ފެންނަން ޖެހޭނެއޭ ކޯޗު ބުނާނީ، އުސޫލެއްގެ ގޮތުން، އެހެން ނަމަވެސް، ކުޅިވަރަކީ  ބަޔަކު ކުރާ މަސައްކަތަކާ ދަނޑުމަތީގައި އެ 90 މިނިޓްގައި ކުރާ މަސައްކަތަކުން ފެންނަ އެއްޗެއް،" އާތީ ބުންޏެވެ. 

"އެހެންވީމަ، އަޅުގަނޑުމެން ވެސް މަސައްކަތްކުރާނަން މި ތައްޔާރުވެވުނު އެންމެ ރަނގަޅަކަށް ވިކްޓަރީ ސްޕޯޓްސް ކްލަބާ ކުޅޭ މެޗު ކުޅެވޭތޯ. އުންމީދުކުރަނީ ރަނގަޅު ފުޓްބޯޅައެއް، ރަނގަޅު އަހުލާގީ ފުޓްބޯޅަ އެއް ފެނިގެންދާނެ މެޗަކަށް ވިކްޓަރީ އާއި ޓީސީ މެޗު ވެގެންދިއުން،" 

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ކްލަބަށް ބަލާއިރު، ހަތަރު ކްލަބަކުންް ސީޒަނާ ކުރިމަތިލަނީ ބިދޭސީ ކޯޗުންނާ އެކު، އެ ގޮތުން، ބަލާއިރު، މި ސީޒަނަކީ މި ފަހަކަށް އައިސް ރާއްޖޭގެ އެންމެ ބޮޑު ލީގު، ދިވެހި ޕްރިމިއާ ލީގުގައި ބިދޭސީ ކޯޗުން އެންމެ ގިނަ ސީޒަނެވެ. 

އާތީ ބުނީ، ޕްރިމިއާ ލިގުގައި ތިބި ދިވެހި ކޯޗުންނއި ބިދޭސީ ކޯޗުންނަކީ ވެސް މި ކަމުގެ ތަަޖުރިބާކާރުންގެ ގޮތުގައި ގަބޫލުކުރާ ކަމަށާއި މެޗުތަކަށް ކުރިމަތިލާއިރު، މި އަންނަ ޕްރެޝަރު ހާލަތްތަކާ ކުރިމަތިލުމުގެ ހުންނަން ޖެހޭ ގާބިލުކަން މި ކޯޗުންގެ ކިބައިގައި ހުންނާނެ ކަމަށެވެ. ދެން، ކޯޗުންގެ އިތުރުން ކުޅުންތެރިންނަށް ބަލާއިރު، ކޮންމެ ޓީމެއްގައި ވެސް ލީޑުކުރަން ރަނގަޅު ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އެހެން ކަމުން، ޕްރެޝަރުގަައި ކުޅެން ޖެހޭ ހާލަތްތައް އަންނާނެ ގިނަ މެޗުތަކެއް މި ފަހަރުގެ ލީގުގައި އަންނާނެ ކަމަށް އާތީ ދެކެ އެވެ. 

"އާ ޕްލޭޔަރުންތަކެއް ނޫން މި ޓީމުތަކުގައި މި ތިބީ، ކޮންމެ ޓީމެއްގައި ވެސް ލީޑުކުރަން ރަނގަޅު އެކްސްޕީރިއަންސް ކުޅުންތެރިންތަކެއް ހުންނާނެ ކަންނޭނގެ. ތި ބުނާ މަރުހަލާގެ ބައިވަރެއް މެޗުތައް އަންނާނެ. މި ބުނާ ހޯމް (އެންޑް އަވޭ) އާއި ހަރަދުކުރުމާއި މި އެޑްވާންޓޭޖްތަކާއި މި ޕްރެޝަރު އެހާ ވަރަށް އަންނަވަރަށް އަހަރެމެން ޕްލޭޔަރުން ޕްރޯއެއް ނޫން ކަންނޭނގެ، ހޯމް އެންޑް އަވޭ އަހަރެމެންގެ، އެ އަށް ވުރެން ސެމީ ޕްރޯ ކަންނޭނގެ އަހަރެމެން މި އުޅެނީ،" އާތީ ބުންޏެވެ. 

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި 10 ޓީމު ކުޅޭއިރު، ހއ. ދިއްދޫ އާއި ގދ. ގައްދޫގެ މެޗުތައް އެ ރަށުގައި ކުޅޭނެ އެވެ. މިއީ، ހޯމް އެންޑް އަވޭ ފޯމެޓަށް ރާއްޖޭގައި ކުޅޭ ފުރަތަމަ ސީޒަނެވެ. 

ޓީސީ އާއި ވިކްޓަރީ ކުޅޭ މެޗު އޮތީ މާދަމާރޭ 9:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox