ދިވެހި ޕްރިމިއާ ލީގު ފެންނަނީ ވާދަވެރިކޮށް، ސަޕޯޓަރުން އައުމުން ފުރިހަަމަވާނެ: ޓްރުޗާ

Sep 9, 2026, 3:59 PM
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު ޓްރުޗާ ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު ޓްރުޗާ ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

މާދަމާރޭ ފަށާ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ސީޒަން ފެންނަނީ ވަރަށް ޝައުގުވެރިކޮށް ކަމަށާއި ވަރަށް ވާދަވެރި ލީގަކަށް ތައްޔާރުވާއިރު، ސަޕޯޓަރުންނާ އެކު މުބާރާތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު، ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ބުނެފި އެވެ. 

ދިރާގު ދިވެހި ޕްރިމިއާ ލީގު 26/27 ގެ ފުރަތަމަ މެޗުގައި މާދަމާރޭ، މިދިޔަ ފަސް އަހަރު ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ އިން ކުޅޭނީ މިދިޔަ ސީޒަނުގެ ލީގު ދެ ވަނަ އަދި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. 

މިއަދުގެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު، ޓްރުޗާ ބުނެފައިވަނީ، ކަޕް ވިނާސް ކަޕަށް ފަހު ރަނގަޅު ޓީމާ އެކު މަސައްކަތްކޮށްލަން މުއްދަތެއް ލިބި، އެ ވަގުތުތަކުގައި އެކަށީގެންވާ މިންވަރަށް ފިޓްނަސް، ޓެކްޓިކްސް، މެންޓަލިޓީ އަދި ޓާގެޓްތަކަށް މަސައްކަތްކުރެވުނު ކަމަށެވެ. އެކަމަކު، އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން އަށް ދިޔަ ޓިމުގައި މާޒިޔާގެ 10 ކުޅުންތެރިންނާއި އެސިސްޓަންޓް ކޯޗު، އިބްރާހިމް ސައީދު (ކަކާ) އަދި ޑޮކްޓަރު، ހިޝާމް ޒަކީ ދިޔަ ކަމަށާއި އެ އެންމެން ނުލައި 14 ކުޅުންތެރިންނާ އެކު ޓްރެެއިނިން ކުރިއަށް ގެންދަން ގޮންޖެހުންތައް ދިމާވި ކަމަށެވެ. 

ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕަކީ މާޒިޔާގެ ސީޒަނަށް "ބޫސްޓެއް"

މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕް މާޒިޔާއިން ކާމިޔާބުކުރުމަކީ، ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް އެ ޓީމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ކޯޗު ތޯމަސް ޓްރުޗާ ވަނީ "އަދަދު ސްޕޯޓްސް" އަށް ބުނެފައި. މާޒިޔާއިން މި ދެ މުބާރާތުގެ ތަށިވެސް އުފުލާލީ ފައިނަލުގައި ނިއު ރޭޑިއަންޓް ބަލިކުރުމަށްފަހުގައި

ޓްރުޗާ ބުނީ، ޖުމްލަކޮށް ޓީމާ އެކު މަސައްކަތް ކުރަން ލިބުނު މުއްދަތާ އެކު، އެކިއިރުގައި ކުރެވިފައި ހުރި ކަންކަމުން ޓީމާ މެދު ކުރެވޭ އުންމީދުތައް ބޮޑު ކަމަށެވެ. އަދި، މާޒިޔާ ގޮވައިގެން ލީގު ކާމިޔާބުކުރަން މި ފަަހަރު ނުކުންނަން ޖެހިފައި މި ވަނީ މިދިޔަ އަހަރުތަކަށް ވުރެން ރަނގަޅު ސީޒަނަކަށްކަން ޓްރުޗާ ފާހަގަކުރި އެވެ. 

"ބޭރުގެ ނަޒަރަކުން ބަލަންޏާމު މިއީ ވަރަށް ޝައުގުވެރި ލީގަކަށްވާނެ. އަހަރެން ބުނާނީ ސަޕޯޓަރުން، ސްޓޭކްްހޯލްޑަރުން، ޝެއާހޯލްޑަރުން، އެންމެން، މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ފުޓްބޯޅައާ ދުރުގައި ތިބި މީހުން އެބަޖެހޭ ލީގު ބަލަން، އެއީ މި ފަހަރުގެ ސީޒަން ވަރަށް ޝައުގުވެރިވާނެ. އެއީ، ކޮންމެ ކޯޗެއްގައި އަހާއިރު ވެސް ލީގުގައި ޓާގެޓްތައް ހުންނާނެ. ލީގު ކާމިޔާބު ކުރާށޭ ބުނާނެ. ފަހެއް ނޫނީ ހަ ވަރަކަށް ޓީމު އޮންނާނެ ލީގު ކާމިޔާބުކުރަން ބޭނުންވާނެ، ދެ ޓީމެއް ވަރު ލީގުގައި ސަލާމަތުން އޮންނަން ބޭނުންވާނެ،" ކަޕް ވިނާސް ކަޕާ ދިމާކޮށް، މާޒިޔާއާ ހަވާލުވި ޓްރުޗާ ބުންޏެވެ. 

"ވަރަށް ވާދަވެރި ލީގަކަށްވާނީ، ވަރަށް ޕްރެޑިކްޓް ކުރަން (ވާނެ ގޮތެއް ލަފާކުރަން ވެސް) އުނދަގޫ ކަމަކަށްވާނީ، ރާއްޖޭގައި މި މޫސުުމުގައި ދިމާވާގޮތަށް. ނޭނގޭނެ ވާރޭ ވެހޭނީ ކޮން ވަގުތެއްގައި ކަމެއް. ދެންމެ އައިއިރު ވިއްސާރަ، މިހާރު އެއޮތީ އަވިދީފައި. މި ކަހަލަ ގޮތަކަށް  ލީގު ވާނެ، އަހަރެން ބޮޑަށް ބޭނުމީ ގިނަ ސަޕޯޓަރުން ދަނޑުން ފެންނަން. އަހަރެން ރިކުއެސްޓެއް ކުރަންޏާ ވެސް، ނޫނީ ނޫސްވެރިން ގާތުގައި ވެސް ބުނާނީ ވަރަށް ގިނަ ބަޔަކު ކުރިމަތީގައި މެޗުތައް ކުޅެން ބޭނުމޭ. މި ފަހަރު އަންނާށޭ މި ބުނަނީ ވަރަށް ގިނަ ޓީމުތަކުން މި އަންނަނީ ތަށި ހޯދަން،" 

ރާއްޖޭގެ ފުޓްބޯޅައިގައި މީގެ 10 އަހަރު ކުރިން މަސައްކަތްކުރި ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް ވުރެން މި ވަގުތު ޓީމުތަކުގައި ތިބި ކުޅުންތެރިންނާއި ކޯޗުންގެ ތަޖުރިބާ އާއި ފެންވަރު ރަނގަޅުކަން ނޫސްވެރިންނަށް ވެސް އެނގޭނެ ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. އަދި، އެކަން ތަޖުރިބާ ކުރުމަށްޓަކައި، ސަޕޯޓަރުން މި ފަަހަރުގެ ލީގުގެ މެޗުތަކަށް އައުން ވަރަށް އެދެވޭ ކަމަށާއި ޔޫރަޕްގެ ރަނގަޅު ގައުމުތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތައް ވެސް ހިމެނޭ ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. 

ރާއްޖޭގެ ފުޓްބޯޅައިގައި މަސައްކަތްކުރަން ބަލާއިރު، އޭނާ އަށް އޮތް ހިތްހަމަަޖެހުމަކީ، މެޗު ޝެޑިއުލަކާއި ސީޒަން ކަލަންޑަރެއް ފެންނަން އޮތުން ކަމަށް ޓްރުޗާ ވަނީ ފާހަގަކޮށްފަ އެވެ. 

"އަހަންނަށް އޮތް އެންމެ ރަނގަޅު ކަމަކީ އަހަންނަށް އެބައޮތް ޝެޑިއުލެއް ލިބިފައި މެޗުތަކުގެ. އަހަންނަށް އެނގޭ ދުނިޔޭގެ ބައެއް ގައުމުތައް އެބައޮތް މެޗު ޝެޑިއުލް އެހާ ރަނގަޅަށް ނެތް. އަހަންނަށް އެނގޭ ދުނިޔޭގައި އެބައޮތް އަންނަ ހަފްތާގައި ކުޅެން ޖެހޭ ޓީމު ނޭނގޭނެ މުބާރާތްތައް އޮންނަ ގައުމުތައް ވެސް. އެކަމަކު އެ އަށް ވުރެން ރާއްޖޭގައި ރަނގަޅަށް މި އޮތީ، އަހަރެމެން ތައްޔާރުވާން ފުރުސަތު ވެސް އެބައޮތް،" ޓްރުޗާ ބުންޏެވެ. 

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި 10 ޓީމު ކުޅޭއިރު، ހއ. ދިއްދޫ އާއި ގދ. ގައްދޫގެ މެޗުތައް އެ ރަށުގައި ކުޅޭނެ އެވެ. މިއީ، ހޯމް އެންޑް އަވޭ ފޯމެޓަށް ރާއްޖޭގައި ކުޅޭ ފުރަތަމަ ސީޒަނެވެ. އަވޭ މެޗުތަކެއް ކުޅުމަށްޓަކައި، ހއ. ދިއްދޫ އާއި ގދ. ގައްދޫ އަށް ދިއުން ތަފާތު ތަޖުރިބާ އަކަށްވާނެ ކަމަށް ޓްރުޗާ ވަނީ ބުނެފަ އެެވެ. އެއީ، މާލެ އާއި ވިލިމާލެ ނޫން މާހައުލެއް ބަލާލައި، ރާއްޖޭގެ އެހެން ސަރަަހައްދެއްގެ ފުޓްބޯޅައިގެ ކަންކަން ދެނެގަންނަން ވެސް ފުރުސަތު ލިބޭނެތީ ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ.  

ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި މާޒިޔާ އާއި އޮޑި ކުޅޭ މެޗު އޮތީ މާދަމާރޭ 9 ޖަހާއިރު އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox