ވިކްޓަރީ ލީގަށް ވާދަކުރަން އެންމެ މަތީ ގިޔަރުގައި މަސައްކަތްކުރާނެ: މޯހަން

Sep 9, 2026, 3:13 PM
ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިކްޓަރީގެ ކޯޗު، މޯހަން ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިކްޓަރީގެ ކޯޗު، މޯހަން ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ވިކްޓަރީ ސްޕޯޓްސް ކްލަބުން މި ސީޒަނަށް ތައްޔާރުވެ، ވަރުގަދަ ސްކޮޑެއް ހެދުމުގެ މައިގަނޑު އަމާޒަކީ ދިވެހި ޕްރިމިއާ ލީގުގެ ތަށްޓައް ވާދަކުރުުން ކަމަށާއި އެ އަމާޒަށް ވާސިލްވާން ތައްޔާރީތައް ކުރިއަށްގެންދިޔައީ އެންމެ މަތީ ގިޔަރުގައި މަސައްކަތްކުރާ ގޮތަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަަދު ޝިޔާޒް (މޯހަން) ބުނެފި އެވެ. 

ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކޯޗުކޮށްދީފައިވާ މޯހަން މިހެން ބުނީ، ދިރާގު ދިވެހި ޕްރިމިއާ ލީގު 26/27 ގެ ފުރަތަމަ މެޗުތަކުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. 

ވިކްޓަރީން އާ ސީޒަނަށް މިދިޔަ މަހުގެ ކުރީކޮޅު ޕްރެކްޓިސް ފެށިއިރު، މޯހަން ބުނީ، ތައްޔާރުވުމަށްޓަކައި އެންމެ އެކަށީގެންވާ މުއްދަތެއް ނުލިބޭ ކަމަށެވެ. އެކަމަކު، މި މަހު ސްރީ ލަންކާގައި ކުރިއަށްގެންދިޔަ، ޓްރެއިނިން ކޭމްޕްގައި ރޭވި ގިނަ ކަންކަން ހާސިލްކުރެވުމަކީ ހިތްހަމަ ޖެހުމެއް ކަމަށް މޯހަން ވަނީ ބުނެފަ އެވެ. 

"ކޭމްޕް ވެސް ވަރަށް ރަނގަޅު ވަރަށް ކާމިޔާބު ކޭމްޕެއް ގޮތަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ރަނގަޅު މެޗުތަކެއް ކުޅެން ލިބި. ނަތީޖާ ތަކާ، ބަލަން ބޭނުންވާ ހުރިހާ ކަމެއް ބަލާލެވި. ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދެވި، އެ ހުރިހާ ކަމަކީ ވަރަށް ހިތްހަމަޖެހޭ، ވަރަށް ބުރަ މަސައްކަތެއް މުޅި ޓީމުން ކުރެވިފައި ވަނީ،" ސްރީ ލަންކާގެ ކޭމްޕްގައި ހަތަރު މެޗު ކުޅެ، ދެ މެޗުން މޮޅުވުމަށް އިޝާރާތްކޮށް މޯހަން ބުންޏެވެ.  

އެހެން ޓީމުތަކުން މި ސީޒަނުގައި ކަޕް ވިނާސް ކަޕްގައި ކުޅެފައި އޮތްއިރު، ވިކްޓަރީން މުބާރާތަކަށް ކުރިމަތިލާން ޖެހެނީ ފުރަތަމަ ވެސް ލީގަށެވެ. ޓީމު ރަނގަޅަށް ފޯމަކަށް ގެންނަން މެޗުތަކެއް ބޭނުންވި ކަމުގައި ވިޔަސް އެކަން ކުރެވެން ނެތް ކަމަށް މޯހަން ވަނީ ބުނެފަ އެވެ. 

މުއްދަތެއް ނެގޭކަށް ނޯންނާނެ ދެއްތޯ. މި ވަރުގެ ސްކޮޑެއް ހަދައިގެން ނުކުންނައިރުގައި އަޅުގަނޑަށް ދެ މެޗު ތިން މެޗު ދަންދެން ބަލާކަށް ނުއެއް ހުރެވޭނެ ފުރަތަމަ މެޗުން ފެށިގެން ކުޅުންތެރިންގެ މެކްސިމަމް އެފަޓް، މެކްސިމަމް ޕާފޯމަންސް ހަމަ ދަށްކަން ޖެހޭނެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑަށް އެނގޭ. އެހެން ބުންޏަސް އެއީ ފަސޭހަ ކަމެއް ނޫންކަން، ގިނަ ފަހަރަަށް ވާނެ ވެސް ކަމެއް ނޫން ކަން،" މޯހަން ބުންޏެވެ. 

އޭނާ ބުނީ، ވިކްޓަރީން މި ފަހަރު ނުކުންނަނީ ލީގަށް ވާދަކުރަން ކަމަށެވެ. 

"އެކަމަށް އެންމެ ފުރަތަމަ މެޗުން ފެށިގެން އެންމެ މަތީ ގިޔަރުގައި، އެންމެ މަތީ ފެންވަރުގައި، މަތީ ލެވަލްގައި ކުޅުންތެރިން ޕާފޯމްކުރަން ޖެހޭނީ. އެ ގޮތަށް ވިސްނައި، އެގޮތަށް ކުޅުންތެރިން ތައްޔާރުކޮށްފައި ހުންނާނީ އުންމީދުކުރަނީ އެ ފެންވަރަށް ކުޅުންތެރިން ކުޅެން ފައްޓާނެ ކަމަށް،" މޯހަން ބުންޏެވެ. 

"ޓާގެޓަކީ ކުރިން ބުނިހެން، ލީގު ނެގުން، އެ ނޫން ޓާގެޓެއް ނެތް. އެ ނޫން ކަމެއް އަޅުގަނޑަކާ ހަވާލެއް ވެސް ނުކުރޭ. މި ވަރުގެ ސްކޮޑެއް ހަދާއިރުގައި އޮންނާނެ އެ ކަން އެ ޕްރެޝަރު އޮންނާނެ. އަޅުގަނޑު އެކަން ގަބޫލުކުރަން. މި މަގާމަކީ ޕްރެޝަރުގައި ކުރަން ޖެހޭ މަގާމެއް. އެއްވެސް ކަހަލަ ހިތްހަަމަޖެހުމެއް ލީނިއަންސީއެއް ލިބޭ މަގާމެއް ނޫން. ނަތީޖާ ނެރެން ޖެހޭނީ، ސްކޮޑެއް ހެދިފައި މީނީ ރަނގަޅު ވަރެއްގެ ވާދަކުރެވޭނެ ސްކޮޑެއް،" 

އޭނާ އަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހާއްސަ ގެޔަކަށް ނިސްބަތްވާ މީހެއް ކަމަށްވާއިރު، އެ ޓީމަށް ކޯޗުކަން ވެސް ކޮށްދީފައި ހުރުމުން އެ ކްލަބްގެ ކަންކަން "ގައިގައި" ހުންނާނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ. އެކަމަކު، އެ ޒަމާނަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު އޮތް ހާލަތަށް ވުރެ ފޯރީގެ ގޮތުން ވެސް ތަފާތު ދުވަސްވަރެއް ކަމަށް މޯހަން ވަނީ ބުނެފަ އެވެ. އަދި، 2012 ގައި ނިއު އަށް ކޯޗުކޮށްދީފައި އެ ކްލަބް ދޫކޮށްލި ފަހުން އަބަދުވެސް ނުކުންނަނީ އެ ޓީމާ ދެކޮޅަށް ކަމަށާއި މިހާރު އެކަން އާދައަކަށް ވެފައިވާ ކަމަށް މޯހަން ބުނެފައިވެ އެެވެ. 

މި ފަހަރުގެ ދިވެހި ޕްރިމިއާ ލިގަކީ މި ފަަހުން ރާއްޖޭގެ ފުޓްބޯޅައިގައި ފެންނާނެ އެންމެ ފޯރިގަދަ ފަހަރަށް ވެގެންދާނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ. ސަަބަބަކީ ރަނގަޅު ކުޅުންތެރިން ގެނެސް ވަރުގަދަ ކޮށްފައި އޮތް ހަ ކްލަބެއް ވަރު އޮތުން ކަމަށް މޯހަން ފާހަގަކުރި އެވެ. 

"ހަމަ އެހާވަރު އެބައުޅޭ ވާދަކުރާނެ ޗެލެންޖު ދޭނެ ވަރުގެ ދެން، ހުރިހާ ޓީމަކީ ލީގު ޗެމްޕިއަނުންނަށް ވެގެންނުދާނެ، އެހެން ނަމަވެސް ފަސޭހަ މެޗެއް އަންނާނެ އެކޭ ބުނަން އުނދަގޫ ސީޒަނެއް މިއީ. ލީގެއް ފޯރިގަދަވަނީ ކޮމްޕެޓިޓިވް ބައިވަރު މެޗުތަކެއް އައިސްގެން، މި ސީޒަނުގައި އޭގެ ބައިވަރު މެޗުތައް އަންނާނެ،" 

ހޯމް އެންޑް އަވޭ ފޯމެޓްގެ ތަފާތު ފެންނަން މުއްދަތެއް ނަގާނެ: މޯހަން

މޯހަން ވަނީ މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ލީގުގައި، މަހިބަދޫ ސްޕޯޓްސް ކްލަބާއި ދ. ކުޑަހުވަދޫ ޓީމު ގޮވައިގެން މަސައްކަތްކޮށްފަ އެވެ. އެ އަހަރުތަކުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ރާއްޖޭގެ ލީގު ނެތް ކަމުގައި ވިޔަސް، މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި 10 ޓީމު ކުޅޭއިރު، ހއ. ދިއްދޫ އާއި ގދ. ގައްދޫގެ މެޗުތައް އެ ރަށުގައި ކުޅޭނެ އެވެ. މިއީ، ހޯމް އެންޑް އަވޭ ފޯމެޓަށް ރާއްޖޭގައި ކުޅޭ ފުރަތަމަ ސީޒަނެވެ. 

މޯހަން ބުނީ، މި ފޯމެޓްގެ ނަތީޖާ ފެންނާނީ ކެތްތެރިކަމާ އެކު އެކުވެގެން ތިބެ ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށެވެ. 

"ހަމަ ޔަގީނުން ވެސް ފުޓްބޯޅައިގެ ފޯރިގަދަވެގެންދާނެ. ޝައްކެއް ވެސް ނެތްކަމެއް، އަޅުގަނޑު ވަރަށް ކުރިއްސުރެއް ދެކެމުން އައި ހުވަފެނެއް ހަގީގަތުގައި. ހޯމް އެންޑް އަވޭ ލީގެއް ދިވެހިރާއްޖޭގައި ކުޅޭތަން ފެނިގެންދިއުން، ދެން މި ސީޒަނަށް މި ވަނީ ފުރަތަމަ ސީޒަނަށް، އަދި ދެ ރަށަށް ދާން ޖެހުނު ކަމަށް ވިޔަސް ވަރަށް ރަނގަޅު ފެށުމެއް ފުޓްބޯޅަ ކުރިއަރާ ދިއުމަށްޓަކައި،" މޯހަން ބުންޏެވެ. 

"މީގެއިން މެޗަކަށް ދިއުމަކީ އެ ރަށެއްގެ ސަޕޯޓަރުން ކުރިމަތީގައި އަޅުގަނޑުމެން ކުޅެން ޖެހުމަކީ، އަޅުގަނޑުމެން ޓްރެވަލްކުރާ ކޮންމެ ޓީމަކަށް އަދި، މި އަހަރު އޭގެ އެންމެ ބޮޑު ޕްރެޝަރަށް ވެގެން ނުގޮސްފާނެ އެކަމަކު މުސްތަގުބަލަށް މިކަން ދެމިގެން ގޮސްފިއްޔާމު، ދެތިން ސީޒަނެއް އެއް ރަށެއް ކުޅެ، ފުރަތަމަ ޑިވިޝަނުގައި އޮވެއްޖެ ކަމަށްވެއްޖިއްޔާމު، ތިން ސީޒަނެއް ނިމޭއިރު ދެން ހަމަ ވާދަކުރާއިރު، އަވޭ ޓީމަކަށް ގޮސް އެ ރަށެއްގައި މޮޅުވުމަކީ ގިނަ ފަހަރަށް އުނދަގޫ ކަމަކަށްވާނީ. އެ ޓީމަކަށް އެކްސްޕިޜިއަންސް ލިބުން މުހިންމުވާނީ. އުންމީދަކީ މި އަހަރު ވެސް އޭގެ މެޗުތަކެއް ފެނިގެންދިއުން،" 

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ވެސް މީގެ ކުރިން މަސައްކަތް ކޮށްފައިވާ މޯހަން ބުނީ، ދަތުރުފަތުރުކޮށްފައި ރަށްރަށަށް ގޮސް މި ގޮތަށް މެޗުތައް ކުޅެން ބަލާއިރު، ހުރިހާ ކަމެއް އެންމެ ފުރަތަމަ ހުންނާނީ އެންމެ ރަނގަޅަށް ހަމަޖެހިފައެއް ނޫން ކަމަށެވެ. މީގެ ހައްލުތައް ހޯދި ކުރިއެރުންތައް ފެންނާނީ ކުރިއަށްދާ ވަރަކަށް އެންމެން މަސައްކަތްކޮށްގެން ކަމަށާއި އެންމެ ކެތްތެރިކަމާ އެކު މަސައްކަތްކުރަން ޖެހޭނެ އެއް ބަޔަކީ ކޯޗުން ކަމަށް މޯހަން ފާހަގަކުރި އެވެ. 

"އަޅުގަނޑުމެންގެ ޒިިންމާއެއް ވެސް އޮންނާނެ. އެއީ، މުބާރާތް ފޯރިގަދަކުރުން، މުބާރާތް ކުރިއެރުވުން، މި ހުރިހާ  ކަމަކަށް ދެވޭނެ ހުރިހާ ފުރުސަތެއް އަޅުގަނޑުމެންގެ ފަރާތުން ވެސް ދިނުން އެއީ ވަރަށް މުހިންމު ކަމެއް. އެ ކަންކަމާ އެކީގައި މުބާރާތުގައި އަވޭ މެޗު ކުޅުމަކީ ފޯރިގަދަ ވާނެ ކަމެއް،" މޯހަން ބުންޏެވެ. 

ވިކްޓަރީން އާ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި، ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. ލީގުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މާދަމާ ކުޅޭނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox