"ދައުރު" ނޫހަށް އެއްޗެހި ކިޔައި މުއިއްޒުގެ ތަރުޖަމާނު ނެރުނު ބަޔާނަށް ފާޑުކިޔުން އަމާޒުވުމުން ބަޔާން ޑިލީޓުކޮށްފި

Sep 6, 2026, 8:37 PM
މުންދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފާޑުކިޔުން އަމާޒުވުމުން ބަޔާން ވަނީ ޑިލީޓުކޮށްލާފައި -- ފޮޓޯ: އަދަދު ފައިލް

މުންދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފާޑުކިޔުން އަމާޒުވުމުން ބަޔާން ވަނީ ޑިލީޓުކޮށްލާފައި -- ފޮޓޯ: އަދަދު ފައިލް

"ދައުރު" ނޫހަށް އެއްޗެހި ގޮވައި ރައީސް މުހައްމަދު މުއިއްޒުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ނެރުއްވި ބަޔާނަށް ފާޑުކިޔުން އަމާޒުވި ފަހުން އެ ބަޔާން ޑިލީޓުކޮށްފި އެވެ.

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރާ ގޮތަށް ހަމަޖެއްސީ ރިސޯޓު އޯނަރުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް މުންދު އިއްޔެ ވިދާޅުވެފައިވާތީ "ދައުރު" އިން ވަނީ އެކަމުގެ ފެކްޓް ޗެކެއް ހަދައިފަ އެވެ. ދައުރުން ބުނީ މުންދު ވިދާޅުވެފައި ވަނީ "ބުހުތާނު ދޮގެއް" ކަމަށެވެ. 

އެ ނޫހުގެ ހަބަރަށް ރައްދު ދެއްވަމުން މުންދު މިއަދު ވަނީ ދެ ސަފުހާގެ ބަޔާނެއް ނެރެ "ދައުރު" ނޫހުން ހެދީ "ރޯބުހުތާނު ދޮގެއް" ކަމަށް ވިދާޅުވެފަ އެވެ. 

"މަޓީއާ މަޝްވަރާކޮށްފައިނުވާ ކަމަށް އެ ވިދާޅުވާ ވިދާޅުވުމަކީ ދޮގެއް. މަޓީއަށް އެކަން ކުއްލި ހައިރާންކަމަކަށްވީ ކަމަށް ބުނާ ބުނުމަކީ ވެސް ދޮގެއް. ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން ހެއްދެވީ 'ބުހުތާނު ދޮގެއް' ކަމަށް ވިދާޅުވެފައިވާ ވާހަކައަކީ 'ރޯބުހުތާނު ދޮގެއް' ކަމުގައި ދަންނަވަން،" މުންދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މުންދުގެ ބަޔާން އިންޓަނެޓު މެދުވެރިކޮށް އާންމު ކުރުމާއެކު ވަރަށް އަވަހަށް ގިނަ ބައެއްގެ ފާޑުކިޔުން އެ ބަޔާނަށް އަމާޒުވި އެވެ. ގިނަ މީހުން ބުނީ އެ ބަޔާނުގެ ބަސްމަގު ހުރީ ގައުމުގެ އެންމެ މަތީ އޮފީހާ އެއް ފެންވަރެއްގައި ނޫން ކަމަށެވެ. 

"މިއީ ހަމަ ރައީސް އޮފީހުގެ ރަސްމީ ޕޭޖު؟ ދެ ފަހަރަށް ޗެކްކޮށްލައިފިން ރަސްމީ ޕޭޖުތޯ މިއީ،" މުންދުގެ ބަސްމަގު ހުރި ގޮތުން މީހަކު ފޭސްބުކްގައި ބުނެފައިވެ އެވެ. 

އެހެން މީހަކު ބުނެފައި ވަނީ "މިއީ ގައުމެއްގެ ރައީސް އޮފީހުގެ ޕޭޖަކުން ލިޔަންޖެހޭ ކަހަލަ އެއްޗެއް ނޫން" ކަމަށެވެ. އަދި "ރާއްޖޭގެ ކަންމަތި ޕޭޖުތައްހެން" ނުއުޅެން ވެސް ރައީސް އޮފީހަށް އޭނާ އިލްތިމާސްކޮށްފައިވެ އެވެ.

މުންދު އިއްޔެ ވަނީ އަދަދު ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ނޫސްކޮންފަރެންސަކުން ނެރެލައިފަ އެވެ. އަދި އެ ނޫސްކޮންފަރެންސް ނުފަށައި ފަހުން ވަނީ ކެންސަލްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox