މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވޭނެ ވެހިކަލްތަކުގެ އަދަދު އަންނަ އޭޕްރިލްގެ ކުރިން ކަނޑައަޅަންޖެހޭ

މާލޭގެ މަގުމަތީ ވެހިކަލްތަކެއް ދުއްވަނީ: އައު ގާނޫނުގެ ދަށުން ނިސްޓްރީ އިން މެންޑޭޓް ކުރާ ވަކި މަސައްކަތްތަކެއް ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ކުރަންޖެހޭ ---- ފޮޓޯ: އިސްމާއިލް އިމްދާދު / އަދަދު

މާލޭގެ މަގުމަތީ ވެހިކަލްތަކެއް ދުއްވަނީ: އައު ގާނޫނުގެ ދަށުން ނިސްޓްރީ އިން މެންޑޭޓް ކުރާ ވަކި މަސައްކަތްތަކެއް ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ކުރަންޖެހޭ ---- ފޮޓޯ: އިސްމާއިލް އިމްދާދު / އަދަދު

މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށް ދުއްވޭނެ ވެހިކަލްތަކުގެ އެންމެ މަތީ އަދަދު އަންނަ އޭޕްރިލްގެ ކުރިން ކަނޑައަޅަންޖެހޭނެ ކަމަށް އެއްގަމު ދަތުރުފަތުރާ ބެހޭ އާ ގާނޫނުގައި ހިމަނައިފި އެވެ.

މިދިޔަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައަޅަންޖެހެނީ އެ ގާނޫނުގެ ދަށުން އުފައްދާ ގްރޭޓާ މާލެ ޓްރާންސްޕޯޓު އެންޑް މޮބިލިޓީ އޮފީހުންނެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެކެވެ.

އަންނަ އޮކްޓޫބަރު 1، ގައި އަމަލުކުރަން ފަށާ އެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައަޅަންޖެހޭނެ ކަމަށެވެ. އެ ތާރީހު ހަމަވާނީ  އޭޕްރިލް، 2027، އަށެވެ.  

އެ އަދަދު ކަނޑައެޅުމަށްޓަކައި ކަމާބެހޭ ދިރާސާތައް ހަދައި ގްރޭޓާ މާލެ ޓްރާންސްޕޯޓު އެންޑް މޮބިލިޓީ އޮފީހުން ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލަށް ހުށަހަޅައި ފާސްކުރަންވާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި، މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައެޅުމަށްފަހު، އެއަށް އަމަލުކުރަން ލާޒިމުކުރުމުގެ ހަ މަސްދުވަހުގެ ކުރިން އެކަން އާންމުކޮށް އަންގައި އިއުލާނުކުރަންވާނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން، އެ ގާނޫނުގެ ދަށުން ނެޝަނަލް ރޯޑް ސޭފްޓީ ކައުންސިލެއް ވެސް އެކުލަވާލަންޖެހެ އެވެ. ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭ  އެ ކައުންސިލްގައި ހިމެނޭނީ (1) ޓްރާންސްޕޯޓް މިނިސްޓަރު، (2) ބަންޑާރަނައިބު، (3) ހޯމް މިނިސްޓަރު، (4) އިންފްރާސްޓްރަކްޗާ މިނިސްޓަރު، (5) ކޮމިޝަނާ އޮފް ޕޮލިސް އެވެ. 

އެ ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ގައުމީ ސިޔާސަތު އެކުލަވާލުމުގައި ރައީސްއަށް ލަފާ ދިނުމާއި ދަތުރުފަތުރުގެ ސްޓްރެޓެޖީ އެކުލަވާލުމުގައި ވަޒީރަށް ލަފާދިނުމެވެ. 

އޭގެ އިތުރުން، ގާނޫނުގެ ދަށޫން ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއް ވެސް އުފައްދަންޖެހެ އެވެ. މިއީ ޓްރާންސްޕޯޓް މިނިސްޓަރު އުފައްދަންޖެހޭ ކޮމިޓީއެކެވެ. އެ ކޮމިޓީގެ މަސްއޫލިއްޔަތަކީ މިނިސްޓަރަށް އެކި ކަންކަމުގައި އެހީތެރިވެދިނުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox