ޓްރަމްޕްގެ ޗާޓަކާ ގުޅިގެން އައިސްލޭންޑުން އެމެރިކާގެ ސަފީރު ހާޒިރުކޮށްފި

Sep 8, 2026, 6:37 PM
ފޮޓޯ: އެކްސް

ފޮޓޯ: އެކްސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި އާންމުކުރެއްވި ފޮޓޯއެއްގައި، އައިސްލޭންޑާއި އެހެން ބައެއް ގައުމުތަކުގެ މަތީގައި އެމެރިކާގެ ދިދަ ޖަހާފައިވާތީ، އެ ގައުމުގައި ހުންނަވާ އެމެރިކާގެ ސަފީރު ހޯމަ ދުވަހު ހާޒިރުކޮށްފައިވާ ކަމަށް އައިސްލޭންޑުގެ ބްރޯޑްކާސްޓަރު އާރު.ޔޫ.ވީ އިން ރިޕޯޓްކޮށްފި އެވެ.

ޓްރަމްޕް އާންމުކުރެއްވި އެ ޗާޓުގައި އެމެރިކާ، ކެނެޑާ، ގްރީންލޭންޑް، އައިސްލޭންޑް، މެކްސިކޯ، މެދުތެރޭ އެމެރިކާ އަދި ކެރީބިއަން ސަރަހައްދު އޮތީ އެމެރިކާގެ ދިދައިން ފޮރުވިފަ އެވެ. އަދި އެ މުޅި ސަރަހައްދަށް ނަން ދީފައިވަނީ "ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ" ގެ ގޮތުގަ އެވެ.

އެއްވެސް ތަފްސީލެއް ދެއްވުމެއް ނެތި ޓްރަމްޕް މި ފޮޓޯ އާންމުކުރެއްވީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައެވެ.

Advertisement

އާރު.ޔޫ.ވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައިސްލޭންޑުގެ ފޮރިން މިނިސްޓަރު ތޯގާޑާ ގަނާސްޑޮޓިރް ވަނީ އެމެރިކާއިން އައިސްލޭންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބިލީ ލޯންގް ހާޒިރުކުރައްވާފަ އެވެ. ބިލީ ލޯންގް ސަފީރުކަމުގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އައިސްލޭންޑުގެ ފޮރިން މިނިސްޓްރީން އާރު.ޔޫ.ވީ އަށް މައުލޫމާތު ދެމުން ބުނީ، ޓްރަމްޕް ކުރެއްވި އެ ޕޯސްޓަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަފީރަށް ދެންނެވިފައިވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންނާއި، ކޯޕަންހޭގަން އަދި ރޭކިއަވިކްގައި ހުންނަ އެމެރިކާގެ އެމްބަސީތަކުންނާއި، ނޫކްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓުން ވަގުތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އަދި އައިސްލޭންޑުގެ ފޮރިން މިނިސްޓްރީން ވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ޑެންމާކުގެ ބާރުގެ ދަށުން، އަމިއްލަ އިދާރީ ހިންގުމެއް އޮންނަ ގްރީންލޭންޑަކީ އެމެރިކާގެ މިލްކަކަށް ހަދަން ޖެހޭ ކަމަށް ފާއިތުވި އަހަރުތަކުގައި ޓްރަމްޕް ދައްކަވަމުން ގެންދެވި ވާހަކަތަކުގެ ސަބަބުން، ނޭޓޯގެ މެންބަރުން ކަމަށްވާ އެމެރިކާ އާއި ޑެންމާކާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އަދި މިކަމުގެ ސަބަބުން މުޅި ޔޫރަޕްގައި ވެސް ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

އައިސްލޭންޑުން މިދިޔަ މަހު ނެގި ފެންނަ ނުފެންނަ ވޯޓެއްގައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅުމުގެ މަޝްވަރާތައް އަލުން ފެށުމާ ދެކޮޅަށް ވަނީ ވޯޓު ދީފަ އެވެ. އެ ވޯޓުގެ ކެމްޕޭން ތެރޭގައި ވެސް ގްރީންލޭންޑާ މެދު ޓްރަމްޕް ގެންގުޅުއްވާ ވިސްނުންތަކުގެ ވާހަކަ ވަނީ ދެކެވިފަ އެވެ.

އީޔޫއާ ގުޅުމަށް ތާއީދުކުރި ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ، އެމެރިކާއަކީ އިތުބާރު ކުރެވޭނެ ގައުމެއްގެ ގޮތުގައި ނުފެންނާތީ އީޔޫއާ ގާތް ގުޅުމެއް ބޭއްވުން މުހިންމު ކަމަށެވެ. ނަމަވެސް، ބެލެވޭ ގޮތުގައި ވޯޓުގެ ނަތީޖާ އެގޮތަށް ނުކުތީ އެ ގައުމުގެ އިގްތިސާދީ ހާލަތާ މެދު އާންމުގެ ކަންބޮޑުވުންތަކުގެ ސަބަބުންނެވެ.

ޓްރަމްޕް މި ފޮޓޯ އާންމުކުރެއްވީ، ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަ ލޭޔަން ގްރީންލޭންޑަށް ކުރެއްވި ޒިޔާރަތެއްގައި، އެ ގައުމަށް 200 މިލިއަން ޔޫރޯ (232.50 މިލިއަން އެމެރިކާ ޑޮލަރު) ގެ އިންވެސްޓްމަންޓެއް ކުރާނެކަން އިއުލާން ކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

ޕޮލެންޑުގައި ބަޑިން ހަމަލާދީ ހަ މީހުން މަރާލައިފި

ޕޮލެންޑުގެ ކްރަކޯވްގައި ހަރުކަށި ފިކުރުގެ މީހަކު ބަޑިން ހަމަލާދީ ހަ މީހުން މަރާލާފައިވާއިރު، އޭނާ ދިރިއުޅޭ ގެއިން ވެސް އިތުރު ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މި ހަމަލާގައި 17 މީހަކު ޒަޚަމްވެފައިވާއިރު، ފުލުހުން ވަނީ ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި އޭނާ ހައްޔަރުކޮށްފައެވެ.

އިޒްރޭލުގެ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު އައިޒެންކޮޓްއަށް

އިޒްރޭލުގެ އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، އާ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ރައީސް އައިޒަކް ހަރްޒޮގް ވަނީ އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓްއަށް ދެއްވާފައެވެ. ސަރުކާރު އެކުލަވައިލުމަށް އައިޒެންކޮޓްއަށް ގިނަވެގެން 42 ދުވަސް ލިބިވަޑައިގަންނަވާއިރު، އޭނާ ވިދާޅުވީ މިއީ ގައުމީ ކުއްލި ހާލަތުގެ ސަރުކާރެއް އުފައްދަންވީ ވަގުތު ކަމަށެވެ. މި އިންތިހާބުގައި އަރަބި ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، ޔަހޫދީ ޕާޓީތަކުން ވަނީ ސަރުކާރު އެކުލަވައިލުމުގައި އެ ޕާޓީތަކުގެ އެހީތެރިކަން ނުހޯދާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox