ވީއޭއެމް ކަޕް ވިމެންސްގެ ސެމީގެ ފަހު ޖާގަ ކްލަބް އެމްޓީސީސީ އަށް

Sep 5, 2026, 8:49 AM
މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ކްލަބް އެމްޓީސީސީން ކުޅުނު މެޗެއްގެ ތެރެއިން.

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ކްލަބް އެމްޓީސީސީން ކުޅުނު މެޗެއްގެ ތެރެއިން.

ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް) ކަޕް އަންހެން ޑިވިޝަންގެ ސެމީ ފަައިނަލުގެ ފަހު ޖާގަ ކްލަބް އެމްޓީސީސީން ހޯދައިފި އެެވެ. 

ވީއޭއެމް ކަޕް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މި ފަހަރު ހޯދި އެމްޓީސީސީން މި ވަނީ އަންހެން ޑިވިޝަނުގެ ގަަދަ ހަތަރެއްގެ ތެރެއިން ޖާގަ ޔަގީންކޮށްފަ އެވެ. 

ވީއޭއެމް ކަޕް އަންހެން ޑިވިޝަނުގައި ރޭ ކުޅުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. އެއީ، ގްރޫޕް ބީގެ މެޗުތަކެވެ. މި މެޗުތަކަށް ނުކުތްއިރު، މި ގްރޫޕުން ސެމީ ކަށަަވަރުވެފައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އެވެ. އެމްޓީސީސީން 3-1 ސެޓުން ގުޑް ގޭމް ސްޕޯޓްސް (ޖީޖީ ސްޕޯޓްސް) ބަލިކުރިއިރު، ވެމްކޯ އިން ވަނީ ރާއްޖެ ވޮލީބޯލް ކްލަބް 3-0 ސެޓުން ބަލިކޮށްފަ އެވެ. 

ގްރޫޕް ބީގެ އެއް ވަނައިގައި ވެމްކޯ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަަނަ އަށް ދިޔަ އެމްޓީސީސީ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ ހޯދި ޖީޖީ ސްޕޯޓްސް އަށް ތިން މެޗުން ތިން ޕޮއިންޓް ލިބުނުއިރު، ރާއްޖެ ވޮލީބޯލް ކްލަބް ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ. 

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ފުރަތަމަ ސެޓު ގެންދިޔައީ ޖީޖީ ސްޕޯޓްސް އިންނެވެ. އެ ޓީމަށް ވެސް މެޗުން މޮޅުވެގެން ސެމީ އަށް ދިއުމުގެ ފުރުސަތު އޮތްއިރު، ފުރަތަމަ ސެޓު ގެންދިޔައީ، 21-25 އިންނެވެ. އެހެން ނަމަވެސް، ދެ ވަނަ ސެޓުން ފެށިގެން އެމްޓީސީސީން ފޯމަކަށް އެޅި، ރަނގަޅަށް ކުޅެން ފެށި އެވެ. ނަތީޖާ އަކަށްވީ އެ ޓީމުން ދެން ކުޅުނު ތިން ސެޓުން ވެސް މޮޅުވެ، މެޗު ކާމިޔާބު ކުރުމެވެ. އެމްޓީސީސީން މި ސެޓުތައް ގެންދިޔައީ، 25-23، 25-20 އަދި 28-26 އިންނެވެ. 

ވެމްކޯ އިން ވަނީ ރޭ ކުޅުނު މެޗުގައި ރާއްޖެ ވޮލީބޯލް ކްލަބް ކައިރިން، 25-08، 25-20 އަދި 25-20 އިން ސެޓުތައް ގެންގޮސްގެން މެޗުން މޮޅުވެފަ އެވެ. 

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮތީ މާދަމާ އެވެ. އެ ގޮތުން، މާދަމާ ހަވީރު ކުޅޭ ފުރަތަމަ ސެމީގައި، ކުޅުނު ތިން މެޗުން މޮޅުވެގެން ގްރޫޕް އޭގެ އެއް ވަނަ ހޯދި ހުރާ ކޮމިއުނިޓީ ކްލަބުން ކުޅޭނީ އެމްޓީސީސީއާ އެވެ. މާދަމާރޭގެ ސެމީ ފައިނަލުގައި ވެމްކޯ އިން ކުޅޭނީ ޕޮލިސް ކްލަބާ އެވެ. ވެމްކޯ އިން މިދިޔަ އަހަރުގެ ވީއޭއެމް ކަޕް ކާމިޔާބުކުރީ ފައިނަލުގައި ޕޮލިސް ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox