ވީއޭއެމް ކަޕް ވިމެންސްގެ ފައިނަލުގައި ވެމްކޯ އާއި އެމްޓީސީސީގެ ކުރިމަތިލުމެއް

Sep 7, 2026, 8:56 AM
ރޭ ޕޮޮލިސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ވެމްކޯ ކުޅުންތެރިން އުފާފާޅުކުރަނީ. ---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރޭ ޕޮޮލިސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ވެމްކޯ ކުޅުންތެރިން އުފާފާޅުކުރަނީ. ---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް ވެމްކޯ އާއި ކްލަބް އެމްޓީސީސީ ބައްދަލުކުރަން ޖެހިއްޖެ އެވެ. 

ޖުމްލަ އެކު އަށް ޓީމާ އެކު ކުރިއަށްދިޔަ މުބާރާތުގެ ފައިނަލުން އެމްޓީސީސީ އާއި ވެމްކޯ އިން ޖާގަހޯދީ އިއްޔެ ހަވީރާއި ރޭ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ.

ސެމީ ފަައިނަލް ފުރަތަމަ މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބްގެ މައްޗަށް އެމްޓީސީސީން ކުރިހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު، 3-2 ސެޓުންނެވެ. އަދި، އެންމެ ފަހުގެ ޗެމްޕިއަން، ވެމްކޯ އިން ވަނީ މިދިިޔަ އަހަރުގެ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ކުޅުނު ޕޮލިސް އަތުން ސީދާ ތިން ސެޓުން މޮޅުވެ، ތަށި ދިފާއުކުރަން މި ފަހަރުގެ ފައިނަލުން ފުރުސަތު ހޯދައިފަަ އެވެ. 

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން މޮޅުވެގެން ސެމީ ފައިނަލަށް ދަތުުރުކުރި ހުރާ އިން ވަނީ ސެމީ ފައިނަލުގައި 25-23 އިން ފުރަތަމަ ސެޓު ގެންގޮސްފަ އެވެ. އެކަމަކު، ދެ ވަަނަ ސެޓުގައި، އެމްޓީސީސީން ކުޅުން ރަނގަޅުކޮށް، 15-25 އިން ސެޓު ގެންދިޔަ އެވެ. އަނެއްކާ ވެސް ހުރާ އިން ތަފާތު ދައްކައި، ތިން ވަނަ ސެޓު، 25-20 އިން ގެންގޮސް ލީޑެއް ނެގި އެވެ. އެކަމަކު، އެ ފޯމުގައި ކުރިއަށް ދެވޭގޮތެއްނުވި އެެވެ. އެމްޓީސީސީން ވަނީ ތަޖުރިބާ އާއި ރަނގަޅު ފޯމުގެ ބޭނުންކޮށް ފަހު ދެ ސެޓު، 15-25 އާއި 12-15 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ. 

ރޭ ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި، ޕޮލިހަށް ވެމްކޯ ކައިރީގައި ޗެލެންޖެއް ދެވުނީ ފުރަތަމަ ސެޓުގަ އެވެ. އަނެއް ދެ ސެޓުގަައި ވެސް ވެމްކޯ އިން ކުޅުނީ ކޮންޓްރޯލްގައި އޮވެގެން ޕޮލިހަށް މާބޮޑު ފުރުސަތެއް ނުދީ އެވެ. އެ ގޮތުން، ވެމްކޯ އިން މެޗުގެ ފުރަތަމަ ސެޓު، 25-21 އިން ގެންދިޔައިރު، ދެން ކުޅުނު ދެ ސެޓު ގެންގޮސްފައިވަނީ، 25-19 އާއި 25-12 އިންނެވެ. 

މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ސީދާ ތިން ސެޓުން ޕޮލިސް ބަލިކުރި ވެމްކޯ އިން ވަނީ ފަސް ވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މި ފަހަރުގެ ފައިނަލުގައި އެމްޓީސީސީއާ ދެކޮޅަށް ވެމްކޯ އިން ކުޅޭ މެޗު އޮތީ މިރޭ، 20:30 ގަ އެވެ. ގްރޫޕް ސްޓޭޖުގައި ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން އެމްޓީސީސީ ބަލިކޮށްފަ އެވެ. 

މިއަދު ހަވީރު، މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ހުރާ އާއި ޕޮލިސް ބައްދަލުކުރާނެ އެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުުނު މެޗުން ހުރާ ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox