އެމްޓީސީސީ ބަލިކޮށް ވެމްކޯ އިން ހަ ވަަނަ ފަހަރަށް އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފި

Sep 7, 2026, 11:00 PM
ކްލަބް ވެމްކޯ އިން ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތަށި ހިފައިގެން--- ފޮޓޯ: އިމޭޖަސް އެމްވީ / އަދަދު ސްޕޯޓްސް

ކްލަބް ވެމްކޯ އިން ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތަށި ހިފައިގެން--- ފޮޓޯ: އިމޭޖަސް އެމްވީ / އަދަދު ސްޕޯޓްސް

ފައިނަލުގައި ކްލަބް އެމްޓީސީސީގެ މައްޗަށް ކުރިހޯދައި، ކްލަބް ވެމްކޯ އިން ހަ ވަނަ ފަހަރަށް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ތަށި އުފުލާލައިފި އެވެ. 

ވެމްކޯ އިން އެސޯސިއޭޝަން ކަޕް ކާމިޔާބުުކުރީ، 2021، 2022، 2023، 2024، 2025 އަދި 2026 ވަނަ އަހަރު އެވެ. 

މިރޭގެ ފައިނަލަކީ ވެމްކޯ އާއި އެމްޓީސީސީން މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ބައްދަލުކުރި ދެ ވަނަ ފަހަރެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރިއިރު، ވެމްކޯ އިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެކަމަކު، މިރޭ، ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި އެމްޓީސީސީގެ މައްޗަށް ވެމްކޯ އިން ކުރިހޯދީ 3-1 ސެޓުންނެވެ. 

ވެމްކޯ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގެ އިތުރުން ގައުމީ އަންހެން ޓީމުގައި ވެސް މަސައްކަތްކޮށްފަައިވާ ކޯޗު އަހުމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުން ކުޅުނު ވެމްކޯ އިން މި ފަަހަރުގެ އެސޯސިއޭޝަން ކަޕް މި ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިރޭގެ ފައިނަލުގައި އެ ޓީމުން ފުރަތަމަ ސެޓު ގެންދިޔައީ 20-25 އިންނެވެ. 

ފުރަތަމަ ސެޓުގައި ގޯސްކޮށް ދިޔަ ކަންކަން ރަނގަޅުކޮށް، އެމްޓީސީސީން ދެ ވަނަ ސެޓުގައި ހިތްވަރު ދެއްކި އެވެ. ނިޒާރު އިބްރާހިމް (ބޮޑޭ)ގެ ކޯޗުކަމުގައި ކުޅުނު އެމްޓީސީސީން ވަނީ ދެ ވަނަ ސެޓު، 25-20 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. މިއީ، މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ވެމްކޯ އަށް ގެއްލުނު ހަމައެކަނި ސެޓެވެ. 

ފައިނަލް މެޗުގައި ސެޓެއް ގެއްލުނު ނަމަވެސް، ވެމްކޯ އިން ހަމަޖެހިލައި ތަޖުރިބާ އާއި ހުނަރުގެ ބޭނުންކޮށް، ދެން ކުޅުނު ދެ ސެޓު ގެންގޮސްގެން މެޗުން މޮޅުވީ އެވެ. އެ ގޮތުން، އެ ޓީމުން ފަހު ދެ ސެޓު ގެންދިޔައީ، 13-25 އަދި 18-25 އިންނެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ކުތިކާ ކަވްޕިން އެެވެ. އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާ އަށް ދޭ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިސް ކްލަބްގެ މިންހަތު އަހުމަދު އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަދީލް އެވެ. 

އެސޯސިއޭޝަން ކަޕްގެ ޑްރީމް ޓީމުގައި ހިމެނެނީ، ވެމްކޯގެ ޖޫޒާން، އައިޝަތު މާޖިދާ، ނަރީމާ އިދުރީސް (ނަންނި)، ހުރާ ކޮމިއުނިޓީ ކްލަބްގެ ފާތިމަތު ލިވާ ހުސެއިން، މަނާލް އިސްމާއިލް ރަޝީދު އަދި އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހު އެވެ. 

މިއަދު ހަވީރު ކުޅުނު މުބާރާތުގެ ތިން ވަނަ ހޮވި މެޗުން މިދިޔަ އަހަރުގެ ރަނަރަޕް، ޕޮލިސް ކްލަބުން ވަނީ ހުރާ ކޮމިއުނިޓީ ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި، މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. ތިން ވަނަ ހޮވާ މެޗުގައި ހުރާގެ މައްޗަށް ޕޮލިހުން ކުރިހޯދިއިރު، ސެޓުތައް ގެންދިޔައީ، 25-13، 25-17 އަދި 25-20 އިންނެވެ. މި ދެ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ހުރާ އިން ވަނީ ޕޮލިސް ބަލިކޮށްފަ އެވެ. އެއީ، 3-1 ސެޓުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox