ވީއޭއެމް ކަޕް ވިމެންސް: ހުރާ އަށް ފުރިހަމަ ރެކޯޑެއް، ޕޮލިސް ވެސް ސެމީ އަށް

Sep 4, 2026, 9:21 AM
ހުރާ އިން މި ފަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް / ފޭސްބުކް

ހުރާ އިން މި ފަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް / ފޭސްބުކް

ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ހުރާ ކޮމިއުނިޓީ ކްލަބުން ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލިއިރު، އެ ގްރޫޕުން ދެ ވަނަ ޓީމުގެ ގޮތުގައި ޕޮލިސް ކްލަބުން ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް) ކަޕް އަންހެން ޑިވިޝަންގެ ސެމީ ފަައިނަލަށް ދަތުރުކޮށްފި އެވެ. 

ހުރާ އިން ގްރޫޕް އޭގެ އެއް ވަނަ ހޯދީ ނުވަ ޕޮއިންޓާ އެކު އެވެ. ތިން މެޗުން ވެސް އެ ޓީމު މޮޅުވިއިރު، ޖުމްލަކޮށް އެ ހުރިހާ މެޗެއްގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ގްރޫޕްގެ ދެ ވަނަ ހޯދި ޕޮލިސް ކްލަބަށް ހަ ޕޮއިންޓް ލިބުނެވެ. ތިން ވަަނައިގައި ނިންމި ސިޓީ ފްރެންޑްސް ކްލަބްގެ އޮތީ ތިން ޕޮއިންޓެވެ. އަދި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ކެޓީ ތިން މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި އެވެ. 

ގްރޫޕް އޭގެ ފަހު މެޗުތައް އިއްޔެ ކުޅުނުއިރު، އިއްޔެ ހަވީރު އޮތީ ޕޮލިސް ކްލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރާ މެޗެވެ. މިދިޔަ އަހަރުގެ ރަނަރަޕް، ޕޮލިހުން ވަނީ މި މެޗުން ފަސޭހަކަމާ އެކު މޮޅުވެފަ އެވެ. އެ ގޮތުން، ޕޮލިހުން ސެޓުތައް ގެންދިޔައީ، 25-23، 25-11 އަދި 25-14 އިންނެވެ. 

ހުރާ އިން ރޭ ކުޅުނު މެޗުގައި ސިޓީ ފްރެންޑްސް ކްލަބް އަތުން މޮޅުވީ 3-1 ސެޓުންނެވެ. ހުރާ އިން މެޗުގެ ފުރަތަމަ ދެ ސެޓު، 25-23، 25-18 އިން ގެންގޮސް ހަމަޖެހިލި ނަމަވެސް، ސީދާ ތިން ސެޓުން މެޗުން މޮޅުވެވޭ ގޮތެއްނުވި އެވެ. ތިން ވަނަ ސެޓުގައި ސިޓީ ފްރެންޑްސް ކްލަބުން ކުޅުން ރަނގަޅުކޮށް، 22-25 އިން މި ސެޓު ގެންގޮސް އުންމީދެއް ހޯދި އެވެ. އެކަމަކު، ހުރާ އިން ވަނީ ހަތަރު ވަނަ ސެޓު، 25-17 އިން ހޯދައި، މެޗުން މޮޅުވެފަ އެވެ. 

މުބާރާތުގައި މިއަދު ހަވީރާއި މިރޭ އޮތީ ގްރޫޕް ބީގެ ފަހު މެޗުތަކެވެ. އެ ގޮތުން، މިއަދު ހަވީރު ކުޅޭ މެޗުގައި، ސެމީގެ ޖާގަ ޔަގީންކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން ކުޅޭނީ ފުރަތަމަ ދެ މެޗުން ބަލިވެ މުބާެރާތުން ކަޓާފައިވާ ރާއްޖެ ވޮލީބޯލް ކްލަބާ ދެކޮޅަށެވެ. އަދި، މިރޭގެ މެޗުގައި ކްލަބް އެމްޓީސީސީ އާއި ގުޑް ގޭމް ސްޕޯޓްސް (ޖީޖީ ސްޕޯޓްސް) އިން ވާދަކުރާއިރު، މި މެޗުން މޮޅުވާ ޓީމަކަށް މި ގްރޫޕްގެ ދެ ވަނަ ޖާގައިގެ އިތުރުން، ސެމީ ފައިނަލުގެ ފަހު ޖާގަ ލިބިގެންދާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox