ދިރާގު ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުންޏަކަށް ހަދަނީ

ދިރާގުގެ މައި އޮފީސް އިދާރާ: މިހާރު ދިރާގުގެ މެޖޯރިޓީ ހިއްސާ އޮންނަނީ ބަޓެލްކޯގެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާގުގެ މައި އޮފީސް އިދާރާ: މިހާރު ދިރާގުގެ މެޖޯރިޓީ ހިއްސާ އޮންނަނީ ބަޓެލްކޯގެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގެ އެންމެ ދުވަސްވީ މުވާސަލާތީ ހިދުމަތްދޭ ކުންފުނި ކަމުގައިވާ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް ބޮޑުކޮށް، ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ. 

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާންކުރައްވަމުން މުއިއްޒު ވިދާޅުވީ ހިއްސާ މި ގޮތަށް ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފުސީލެއް އެމަނިކުފާނު ނުދެއްވަ އެވެ. 

ދިރާގު އުފެއްދީ ދިވެހި ސަރުކާރުގެ 55 ޕަސެންޓު އަދި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސްގެ 45 ޕަސެންޓު ހިއްސާ އޮންނަ ގޮތަށެވެ. މި ހިއްސާ ބަދަލުވީ 2009 ގައި އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ދިރާގުގެ ހަތް ޕަސެންޓު ހިއްސާ 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލުމުންނެވެ. 

މި މުއާމަލާތާއެކީ ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ ވަނީ 48 ޕަސެންޓަށް ތިރިވެފަ އެވެ. އޭގެ ފަހުން 2011 ގައި ސަރުކާރުން ވަނީ މި ހިއްސާގެ ތެރެއިން 6.2 ޕަސެންޓު އާންމުންނަށް ވިއްކާ، ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ. 

ދިރާގު ޕަބްލިކް ކުންފުންޏަކަށްވީ ފަހުން، ކޭބަލް އެންޑް ވަޔާލެސްއިން ވަނީ 2013 ގައި އެ ކުންފުނީގެ ހިއްސާ ބަހުރެއިންގެ ބަޓެލްކޯ ގްރޫޕު (މިހާރު ބިޔޯން) އަށް ވިއްކާލާފަ އެވެ. މިހާރު ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބިޔޯން އެވެ. 

ދިރާގަކީ ރާއްޖޭގައި އޮތް އެންމެ އަގު ބޮޑު ކުންފުންޏެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެެސްއީ) ގައި ހުރި އަދަދުތަކުން ދައްކާ ގޮތުގައި އެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން 12 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ގާތްގަނޑަކަށް 776 މިލިއަން ޑޮލަރެވެ. 

ދިރާގުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު 2.8 ބިލިއަން ރުފިޔާއިން 949 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ނެރެފަ އެވެ. މިއީ ލިބުނު އާމްދަނީގެ ނިސްބަތުން ވަރަށް ބޮޑު ފައިދާއެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox