މެއިންޓެނަންސް ފީ ނަގާއިރު ވެސް މާލެ ގްރޭންޑްގެ ހާލަތު ގޯހުން ގޯހަށް

Aug 30, 2026, 10:12 AM
މާލެ ގްރޭންޑް ފްލެޓް: މެއިންޓެނަންސް ފީއަށް އެޗްޑީސީ އިން އަހަރަކު 1.26 މިލިއަން ރުފިޔާ ލިބޭ -- ފޮޓޯ: އަދަދު

މާލެ ގްރޭންޑް ފްލެޓް: މެއިންޓެނަންސް ފީއަށް އެޗްޑީސީ އިން އަހަރަކު 1.26 މިލިއަން ރުފިޔާ ލިބޭ -- ފޮޓޯ: އަދަދު

އެޗްޑީސީން ބަލަހައްޓަމުންދާ މާލެ ގްރޭންޑްގައި ދިރިއުޅޭ އާއިލާތަކުން ގަވާއިދުން މެއިންޓެނަންސް ފީ ދައްކަމުންދާއިރު ވެސް، އިމާރާތް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި، ބައެއް ތަންތަން ހަލާކުވަމުންދާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

މާލެ ގްރޭންޑްގައި ޖުމްލަ 90 ފްލެޓް ހުންނައިރު، އިމާރާތް ބެލެހެއްޓުމުގެ ހަރަދުގެ ގޮތުގައި ކޮންމެ އެޕާޓްމަންޓަކުން މަހަކު 1،170 ރުފިޔާ މެއިންޓެނަންސް ފީގެ ގޮތުގައި އެޗްޑީސީއަށް ދައްކަ އެވެ. ނަމަވެސް އެތަނުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ކިޔައިދިން ގޮތުގައި، އިމާރާތުގެ އާބާތުރަ ނުފިލުވާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ.

"އެއްގޮތަކަށް ވެސް މަރާމާތެއް ނުކުރޭ. މިހާ ބޮޑު ފީއެއް ދައްކާއިރު އިމާރާތް ރަނގަޅަށް ނުބެލެހެއްޓޭ. ދިރިއުޅޭ ފަރާތްތަކަށް ފަސޭހަތަކެއް ނުލިބޭ،" މާލޭ ހިޔާގައި ދިރިއުޅޭ މުހައްމަދު އަރީފް ކިޔައި ދިނެވެ. 

Advertisement

އިމާރާތުގެ ފާރުތަކުން ކުލަފޮޅި، ބާވަމުންދާއިރު ކުލަވެސް އާ ނުކުރެ އެވެ.

މާލެ ގްރޭންޑް ފްލެޓް
މާލެ ގްރޭންޑް ފްލެޓް
މާލެ ގްރޭންޑް ފްލެޓް
މާލެ ގްރޭންޑް ފްލެޓް

އިމާރާތުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދެއްކި ބައެއް މީހުން ފާހަގަކުރި އެންމެ ބޮޑު އެއް މައްސަލައަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ބޭނުންކުރަން ހުންނަ އަލިފާން ނިވަން ފެންޖަހާ ހޮޅިތައް ވެސް ދާދި ފަހުން ހަލާކުވެފައި ހުރުމެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން މަރާމާތުނުކޮށް ހުރުމަށްފަހު، ދާދި ފަހުން އެ ހޮޅިތައް ވަނީ މަރާމާތުކޮށްފައެވެ.

މީގެ އިތުރުން، ކަރަންޓު ކެނޑޭ ވަގުތުތަކުގައި ބޭނުންކުރުމަށް ބެކަޕް ޖަނަރޭޓަރެއް ބަހައްޓާފައި ހުރިނަމަވެސް، ކަރަންޓުދާ ވަގުތުތަކުގައި އެ ޖަނަރޭޓަރު ޖައްސައިދީފައެއް ނުވެއެވެ. މީގެ ސަބަބުން އިމާރާތުގެ މަތީ ފްލޯތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިމާރާތަށް އަރައި ފޭބުމުން މަހުރޫމުވެ އެވެ. އަދި މަތީ ފަންގިފިލާތަކުގައި ދިރިއުލޭ މީހުންނަށް ބޮޑު ތަކުލީފެއް އުފުލަންޖެހެ އެވެ.

މާލެ ގްރޭންޑްގެ މައިގަނޑު މައްސަލަތައް

  • އެތަނުގައި ހުންނަ 90 ފްލެޓުން މަހަކު 1،170ރ. ނަގާއިރު އެކަށީގެންވާ ހިދުމަތެއް ނުލިބުން
  • ކުލަފޮޅި، އާބާތުރަ ނުފިލުވާތާ އެތައް އަހަރެއް ވެފައިވުން
  • ޖަނަރޭޓަރެއް ހުރިނަމަވެސް ކަރަންޓުދާ ވަގުތުތަކުގައި ބޭނުންނުކުރުން
  • ސޭފްޓީ ސިސްޓމްތައް ގަވާއިދުން މަރާމާތުކޮށް ނުބެލެހެއްޓުން

މި އިމާރާތުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބުނީ، މި މައްސަލަތަކާ ގުޅިގެން އެޗްޑީސީއަށް މީގެ ކުރިން ތަކުރާރުކޮށް ޝަކުވާ ހުށަހަޅާފައިވާނެ ކަމަށެވެ.

ނަމަވެސް، މިހާތަނަށް އެ ކުންފުނީގެ ފަރާތުން އެކަށީގެންވާ އެދެވޭ ހައްލެއް ލިބިފައިނުވާކަން އެފަރާތްތަކުން ފާހަގަކުރެ އެވެ. 

"މަރާމާތުތައް އެބަ ކުރިއަށްގެންދޭ. މިއީ ކްލެޑިން ޖެހުން މުހިންމު ޕްރޮޖެކްޓެއް. އެ މަސައްކަތް ކުރާނެ ބަޔަކު ވީ އެތައް ފަހަރަކު އިއުލާނުކޮށްގެން. އެކަމަކު ފަހުން އެމީހުން ވެސް މަސައްކަތް ދޫކޮށްލީ. އޭގެ ފަހުން އަނެއްކާ އިއުލާނުކޮށްގެން މިހާރު އޮތީ ކޮމިޓީ މަރުހަލާގައި،" ޒުހައިރު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox