ޔުވެންޓަސްގެ ޔިލްޑިޒް އަށް ބޮޑު އަގުގައި ކްލަބް ބަދަލުނުކުރެވުނީ އަނިޔާގައި ހުރުމުން

Sep 2, 2026, 11:33 AM
ޔުވެންޓަސްގެ ޕްރީ ސީޒަންގެ ތެރެއިން ޔިލްޑިޒް

ޔުވެންޓަސްގެ ޕްރީ ސީޒަންގެ ތެރެއިން ޔިލްޑިޒް

އިސްތަންބޫލް، ތުރުކީ (ސެޕްޓެމްބަރު 2) - ޔުވެންޓަސް އަށް ކުޅެމުން އަންނަ ތުރުކީގެ މަޝްހޫރު ތަރި، ކެނާން ޔިލްޑިޒް އަށް މި ފަހަރުގެ ޓްރާންސްފާގައި ބޮޑު އަގުގައި ކްލަބް ބަދަލުނުކުރެވުނީ އަނިޔާއެއްގައި ހުރުމުން ކަމަށް ތުރުކީގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އުމުރުން 21 އަހަރުގެ ޔިލްޑިލް އަކީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުން ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. އިޓާލިއަން ސެރިއާގައި މި އެވޯޑް ދެނީ، 23 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ. ޔިލްޑިޒް މި މަގާމު ހޯދީ މިދިޔަަ ސީޒަނުގައި ލީގުގައި ޔުވެންޓަސް އަށް ކުޅެދިން 33 މެޗުން 10 ގޯލު ޖަހައި ހަ ލަނޑު ޖަަހަން ފުރުސަތުތައް ހޯދައިދީގެންނެވެ. 

ޔިލްޑިޒް އަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ޕީއެސްޖީ، އެތުލެޓިކޯ މެޑްރިޑް، އާސެނަލް އަދި ލިވަޕޫލުން އޮފާތަކެއް ލިބުނެވެ. އަދި، އޭގެ ތެރެއިން ބައެއް ކްލަބްތަކުން، 80-100 މިލިއަން ޑޮލަރުގެ އޮފާއެއް ވެސް ޔިލްޑިޒް އަށް ކުރަން ތައްޔާރުވި ނަމަވެސް، މި ވަގުތު އޭނާގެ ސިއްހީ ހާލަތަށް ބަލައި، އެ ޓްރާންސްފާ ކުރިއަށް ގެންދިއުން މަޑުޖެއްސީ އެވެ. 

މިދިޔަ ސީޒަނުގައި މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ޔިލްޑިޒް އުފާފާޅުކުރަނީ.
މިދިޔަ ސީޒަނުގައި މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ޔިލްޑިޒް އުފާފާޅުކުރަނީ.

ޖަރުމަނަށް އުފަންވި ޔިލްޑިޒް، ބަޔާންގެ ޔޫތު ޓިމަށް ކުޅުނު ނަމަވެސް، ކެރިއަރުގައި ކަންކަން ބަދަލުވާން ފެށީ 2022 ވަނަ އަހަރު ޔުވެންޓަސްގެ ޔޫތު ސެޓަޕަށް ބަދަލުވުމަށް ފަހު އެވެ. އޭގެ އެއް އަހަރު ފަހުން، ޔުވެންޓަސްގެ ސީނިއާ ޓީމަށް ކުޅެން ފެށި ޔިލްޑިޒް ވަނީ އެ ޓީމުގެ އިތުރުން ތުރުކީ ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަން ފަށައިފަ އެވެ. އަހަރުން އަހަރަށް ޔިލްޑިޒްގެ ކުރިއެރުން ފެނި އޭނާ އަށް މީގެ ކުރިން ވެސް ބައެއް ކްލަބްތަކުގެ އޮފާތައް ލިބުނެވެ. 

ޔިލްޑިޒް ވަނީ މި ފަހަރުގެ އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ކުޅުނު ފުރަތަމަ މެޗުގައި ފޮރިސިނޯނޭއާ ދެކޮޅަށް ކުޅެފަ އެވެ. އެކަމަކު، މިދިޔަ މަހު 23 ވަނަ ދުވަހު ކުޅުނު އެ މެޗުގައި ޔިލްޑިޒް ބަދަލުކުރަން ޖެހުނުއިރު، ވާތުފައިތިލައިގައި ވަނީ ރެނދެއް ލައިފަ އެވެ. މިއީ، ކުރިން ވެސް އޭނާގެ ހުރި އަނިޔާއެއް ކަމަށްވާއިރު، މި ފަހަރު އަނިޔާ ސީރިއަސްވެ، އޮޕަރޭޝަނެއް ކުރަން ޖެހުނީ އެވެ. 

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޔިލްޑިޒް އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ މަހަަކަށް ވުރެން ގިނަ ދުވަސް ފަހުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox