ރާއްޖެ ބަލިކޮށް މިޔަންމާ އަށް ކޮލިފައިން ގްރޫޕްގެ އެއް ވަނަ

Sep 6, 2026, 4:26 PM
އޭއެފްސީ ކޮލިފައިންގައި ރާއްޖެ އާއި މިޔަންމާ އިން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްސީ

އޭއެފްސީ ކޮލިފައިންގައި ރާއްޖެ އާއި މިޔަންމާ އިން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްސީ

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެ 6-0 އިން ބަލިކޮށް މިޔަންމާ އިން ކޮލިފައިން ގްރޫޕް ކޭގެ އެއް ވަނަ ހޯދައިފި އެވެ. 

އޭއެފްސީ ކޮލިފައިންގެ އޮނިގަނޑަށް މި ފަހަރު ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން، ކޮލިފައިން ކުރިއަށްދާނީ ކޮލިފިކޭޝަން ފޭސް އާއި ޑިވެލޮޕްމަންޓް ފޭސް އެއް ގޮތަށެވެ. ކޮލިފިކޭޝަން ފޭސްގައި މަތީ ރޭންކުގެ ގައުމުތަކުން ކުޅޭއިރު، ޑިވެލޮޕްމަންޓް ފޭސްގައި ކުޅޭނީ ދަށް ރޭންކުގެ ގައުމުތަކެވެ.

ރާއްޖެ ހިމެނުނީ ޑިވެލޮޕްމަންޓް ފޭސްގަ އެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕެއް އޮތްއިރު، ރާއްޖޭގެ ގްރޫޕްގެ މެޗުތައް ކުރިއަށްދަނީ މިޔަންމާގަ އެވެ. އެ ގްރޫޕްގައި މިޔަންމާ އާއި ރާއްޖެ އަދި ސްރީ ލަންކާ އާއި ދާރުއްސަލާމް ހިމެނޭއިރު، ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުތަކުން މޮޅުވެ، ރާއްޖެ އާއި މިޔަންމާ ވަނީ ދެން އޮތް ކޮލިފައިން ބުރުގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ހޯދައިފަ އެވެ. 

Advertisement

ރާއްޖޭން ފުރަތަމަ މެޗުގައި، 2-0 އިން ބްރުނާއީ ބަލިކުރިއިރު، ދެ ވަނަ މެޗުގައި ސްރީ ލަންކާ އަތުން މޮޅުވީ 4-0 އިންނެވެ. 

މިއަދުގެ މެޗުން ރާއްޖެ ބަލިކޮށް މިޔަންމާ އިން ވަނީ ކޮލިފައިން ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. މިޔަންމާ އިން ވަނީ ކޮލިފައިންގައި ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ ހޯދި ރާއްޖެ އަށް ލިބުނީ ތިން މެޗުން ހަ ޕޮއިންޓެވެ. މި ގްރޫޕްގެ ފަހު މެޗުގައި މިއަދު ސްރީ ލަންކާ އާއި ބްރުނާއީ ދާރުއްސަލާމް ކުޅޭނެ އެވެ. 

މިޔަންމާގެ ޔަންގޮންގެ ތުވުންނަ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން، މިޔަންމާ އަށް ލީޑުނަގައިދިނީ ސައި ބޯ ބޯ އެވެ. އޭނާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިޔަންމާ އިން ލީޑުފުޅާކުރީ މެޗުގެ 21 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން، ތުރާ މިން ތަންޓު، ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. 

އޭއެފްސީ ކޮލިފައިންގައި ރާއްޖޭން މިއަދު މިޔަންމާ ކޮޅަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.
އޭއެފްސީ ކޮލިފައިންގައި ރާއްޖޭން މިއަދު މިޔަންމާ ކޮޅަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.

ރާއްޖޭގެ އީތަން އިބްރާހިމް ޒަކީ، ފުރަތަމަ ހާފުގައި ފޮނުވާލި ދެ ހަމަލާއެއް މިޔަންމާގެ ކީޕަރު، ސައި ކަންޓް މިން ޔޯ ވަނީ މަތަކޮށްފަ އެެވެ. 

ދެ ވަނަ ހާފު ފަށައިގެންް މާ ލަސްތަކެއް ނުވެ މިޔަންމާ އިން އެޓޭކަށް ޖެހި އިތުރު ލަނޑުތަކެއް ޖެހި އެެވެ. މެޗުގެ 52 ވަނަ މިނިޓްގަައި މިިޔަންމާގެ ތިން ވަނަ ލަނޑު ޖެހީ ތުރާ މިން އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާތެރޭގައި ހުސްކޮށް ހުރެފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ރާއްޖޭގެ ޕެނަލްޓީ އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން، ކިޔާލް ޔައުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ފައިގައި ޖެހިފައި، ކީޕަރު ޒަހުރާން ހަސަން ޒިޔާދު ފައި ކައިރިންނެވެ. 

މެޗުގެ 65 ވަނަ މިނިޓްގައި ރާއްޖޭން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އިލާން، ފޮނުވާލި ބޯޅައެއް ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ މިޔަންމާގެ ކެޕްޓަން، ތެޓު ޕައިން ސޮން އެވެ. އޭގެ ފަސް މިނިޓް ފަހުން، މިޔަންމާ އިން ވަނީ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ރާއްޖޭގެ އޭރިއާ ރޮނގުކައިރިން މިޔަންމާގެ ކައުން ކަޓް ކާމިޔާބުކުރި ގޯލެކެވެ. 

ރާއްޖޭން ކުޅުން އަވަސްކޮށް، މެޗުގެ 76 ވަނަ މިނިޓްގައި ވެސް ރަނގަޅު އެޓޭކެއް ކުރި އެވެ. އެ ގޮތުން، އީތަން ނަގައިދިން ހުރަހަކަށް އަރައި، އިލާން ފޮނުވާލި ބޯޅަ ކީޕަރު ސައި ކަންޓް ވަނީ މަތަކޮށްފަ އެވެ. 

މިޔަންމާ އިން ހަ ވަނަ ލަނޑު ޖެހީ 85 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން އެ ޓީމުގެ ފުލްބެކް، ސްވަން ޒަރް ނީ އަށް ލިބުނު ފުރުސަތުގައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox