އޭޝިއަން ކަޕް ކޮލިފައިންގައި ހާސިލް މި ކުރެވުނީ ތާރީހީ ކަމެއް: އިލާން

Sep 3, 2026, 8:02 PM
20 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން، އިލާން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

20 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން، އިލާން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އޭޝިއަން ކަޕްގެ ކޮލިފައިންގައި މި ފަހަރު ރާއްޖެ އަށް މި ހާސިލްކުރެވުނީ ތާރީހީ ކަމެއް ކަމަށް 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ބުނެފި އެެވެ. 

ރާއްޖޭން ވަނީ މީގެ ކުރިން އޭޝިއާގެ 19 އަހަރުން ދަށާއި 20 އަހަރުން ދަށަށް ބޭއްވި ކޮލިފައިންގެ 12 ބުރުގެ ތެރެއިން 11 ބުރުގައި ވާދަކޮށްފަ އެވެ. އެ ގޮތުން، ރާއްޖޭން އޭޝިއަން ކަޕްގައި ކުޅުނު ހުރިހާ ފަހަރުތަކެއްގެ ތެރެއިން މިއީ، ރާއްޖެ އަށް ކޮލިފައިން ދެ މެޗުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. 

އޭއެފްސީ ކޮލިފައިންގެ އޮނިގަނޑަށް މި ފަހަރު ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން، ކޮލިފައިން ކުރިއަށްދާނީ ކޮލިފިކޭޝަން ފޭސް އާއި ޑިވެލޮޕްމަންޓް ފޭސް އެއް ގޮތަށެވެ. ކޮލިފިކޭޝަން ފޭސްގައި މަތީ ރޭންކުގެ ގައުމުތަކުން ކުޅޭއިރު، ޑިވެލޮޕްމަންޓް ފޭސްގައި ކުޅޭނީ ދަށް ރޭންކުގެ ގައުމުތަކެވެ. ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގަ އެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕެއް އޮތްއިރު، ރާއްޖޭގެ ގްރޫޕްގެ މެޗުތައް ކުޅޭނީ މިޔަންމާގަ އެވެ. އެ ގްރޫޕްގައި މިޔަންމާ އާއި ރާއްޖެ އަދި ސްރީ ލަންކާ އާއި ދާރުއްސަލާމް ހިމެނޭއިރު، މީގެއިން އެންމެ ރަނގަޅު ނަތީޖާ ނެރެގެން، ރާއްޖެ އާއި މިޔަންމާ މިހާރު އޮތީ ކޮލިފިކޭޝަން ފޭސް އަށް ދަތުރުކޮށްފަ އެެވެ. 

ތަފާތު ބޮޑުކޮށް ސްރީ ލަންކާ ބަލިކޮށް ރާއްޖެ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ފޭސް އަށް

އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ސްރީ ލަންކާ 4-0 އިން ބަލިކޮށް، ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު މުބާރާތުގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ހޯދައިފި. ބްރުނާއީ އާއި ލަންކާ އަތުން މޮޅުވެ ރާއްޖެއާއި މިޔަންމާ ކޮލިފައިވެފައިވާއިރު، ގްރޫޕްގެ އެއްވަނަ ކަނޑައަޅާ މެޗުގައި އާދިއްތަ ދުވަހު ރާއްޖެ ނުކުންނާނީ މިޔަންމާއާ ދެކޮޅަށް.

ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ބްރުނާއީ ދާރުއްސަލާމް އަތުން 2-0 އިން ރާއްޖެ މޮޅުވި އެވެ. މި ގްރޫޕްގެ މެޗުތައް ކުޅޭ މިޔަންމާ އިން ވަނީ ފުރަތަމަ މެޗުގައި ލަންކާ އަތުން 4-0 އިން މޮޅުވެފަ އެވެ. އަދި، ދެ ވަނަ މެޗުން މިއަދު، ބްރުނާއީ އަތުން 7-0 އިން މޮޅުވެ، މިޔަންމާ އޮތީ ގްރޫޕްގެ އެއް ވަނައިގަ އެވެ. އެއީ، ދެ ވަނައިގައި އޮތް ރާއްޖެއާ ޕޮއިންޓް އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.

މެޗަށް ފަހު މީޑިއާ އަށް މައުލޫމާތު ދެމުން ރާއްޖޭގެ ކެޕްޓަން، އިލާން ބުނީ އެންމެ ބޮޑު އެއް ހިތްހަަމަ ޖެހުމަކީ، ދެން އޮތް އޭޝިއަން ކަޕްގެ ކޮލިފައިން ފޭސް އިން ޖާގަ ލިބުން ކަމަށެވެ. 

"ފުރަތަަމަ ކަމަކަށް އަލްހަމްްދުލިއްލާހި. އަހަރެމެން ދެން އަންނަ ފަހަރު ކުޅޭނީ ކޮލިފިކޭޝަންް ފޭސްގަައި. މި މެޗުގައި (ސްރީ ލަންކާއާ ދެކޮޅަށް) އަހަރެމެން މި ސާބިތުކޮށްދިނީ މޮޅުވެވޭނެކަން. އަހަރެމެން މޮޅުމި ވީ ދެ މެޗުން (އޭޝިއަން ކަޕް ކޮލިފައިންގައި) ފުރަތަމަ ފަހަރު ތާރީހަށް ބެލިޔަސް އޭޝިއަން ކަޕް ކޮލިފައިންއެއްގައި،" އިލާން ބުންޏެވެ. 

ރާއްޖެ އާއި ސްރީ ލަންކާ އިން ވަނީ މިދިޔަ މާޗް މަހު މާލޭގައި ކުރިއަށްދިޔަ ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އެ މެޗުން ރާއްޖެ 2-0 އިން ކުރީގައި އޮއްވައި، ސްރީ ލަންކާ އިން ވަނީ ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލައި، 3-2 އިން މޮޅުވެފަ އެވެ. އެކަމަކު، މިޔަންމާގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގުމަށް ފަހު ވެސް މެޗުގެ ކޮންޓްރޯލް އަތުން ނުގެއްލި ރަނގަޅު ކުޅުމެއް ދައްކައި ރާއްޖޭން މޮޅުވީ އެވެ. 

ރާއްޖޭން ދެ ގޯލު ކުރީގައި އޮއްވައި، ލަންކާގެ ކުޅުންތެރިއަކަށް ރަތް ކާޑެއް ދެއްކިއިރު، އޭގެ ފަހުން ރާއްޖޭން ދެ ގޯލު ޖެހީ އެވެ. 

"އެ މީހުންގެ (ސްރީ ލަންކާގެ) ސެންޓަ ބެކަށް ރަތެއް ދެއްކީމަ މެޗު އޯޕަން ވާނެކަން އެނގޭ. އަހަރެމެންނަށް ވަރަށް ފަސޭހަވި އެ ހިސާބުން ކުޅެން ވެސް. މެޗުގެ ކުރިން ވެސް އަހަރެމެންނަށް ކޮންފިޑެންސް އޮތް އަހަރެމެންނަށް ވާދަކުރެވޭނެކަން، މިހާރު އަހަރެމެން އުފާފާޅުކުރަންވީ. އެއީ މިހާރު މި ދެވުނީ ކޮލިފިކޭޝަން ފޭސް އަށް،" އިލާން ބުންޏެވެ. 

މި ގްރޫޕްގައި ބާކީ މެޗެއް އޮއްވައި، ރާއްޖެ އާއި މިޔަންމާ އިން ކޮލިފައިން ފޭސް އިން ޖާގަ ހޯދިއިރު. ގްރޫޕްގެ އެއް ވަނަ އަށް މި ދެ ޓީމުން ވާދަކުރާ މެޗު އޮތީ އާދިއްތަ ދުވަހު އެވެ. ފުރަތަމަ ދެ މެޗުން ބަލިވި، ބްރުނާއީ އާއި ލަންކާ ދެން އަންނަ ފަަހަރު ވެސް ކުޅެން ޖެހޭނީ ޑިވެލޮޕްމަންޓް ފޭސްގަ އެވެ. 

އޭއެފްސީ  (19 އަހަރުން ދަށާއި 20 އަހަރުން ދަށުގެ) ކޮލިފައިންގައި ރާއްޖޭގެ ތާރީހު

ރާއްޖޭން އެންމެ ފުރަތަމަ އޭއެފްސީ ޔޫތު ކޮލިފައިންގައި ކުޅެފައިވަނީ، 2003 ވަނަ އަހަރު އެވެ. އެ ފަަހަރާއި 2005 ވަނަ އަހަރު ތިން ޓީމުގެ ގްރޫޕްގައި ހިމެނިގެން ކުޅުނު ދެ މެޗުން ވެސް ވީ ބައްޔެވެ. އޭގެ ފަހުން، 2007 ވަނަ އަހަރ ކޮލިފައިންގައި ކުޅެގެން، ދެ މެޗުން ބަލިވިއިރު، ތިން މެޗުން ވީ އެއްވަރެވެ. އެ އަށް ފަހު، 2009 ވަނަ އަހަރުގެ ކޮލިފައިންގައި ރާއްޖޭން ނަން ނެގި އެވެ. 

އޭގެ ފަހުން، 2011 ވަނަ އަހަރުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ވެސް ވީ ބައްޔެވެ. އެކަމަކު، 2013 ވަނަ އަަހަރުގެ ކޮލިފައިންގައި ރާއްޖޭން ހަަތަރު މެޗު ކުޅުނުއިރު، ދެ މެޗުން ބަލިވިއިރު، އެއް މެޗުން އެއްވަރުވެ، ކޮލިފައިންގައި ފުރަތަމަ ފަހަރަށް މޮޅުވި އެވެ. އެއީ، އަފްގާނިސްތާން އަތުން 1-0 އިންނެވެ. 

ދެން، ރާއްޖޭން 2015 ވަނަ އަހަރު ކޮލިފައިންގައި ކުޅެގެން ތިން މެޗުން ބަލިވިއިރު، 2017 ވަނަ އަހަރު ތިން މެޗުން ބަލިވެ، އެއް މެޗުން ވީ އެއްވަރެވެ. އޭގެ ފަހުން، 2019، 2022 އަދި 2024 ވަނަ އަހަރުގެ ކޮލިފައިންތަކުގައި ކޮންމެ ފަހަރަކު ވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ. 

އޭއެފްސީން މި ފަަހަރުގެ ކޮލިފައިންއާ ދިމާކޮށް، އޮނިގަނޑު ބަދަލުކޮށް، ދެ ފޭސް އަށް ބެހުމާ އެކު، ރާއްޖެއާ އެއް ލެވަލެއްގެ ރޭންކިން ޓީމުތަކާ ކުޅެން ޖެހުނު ފަހަރު ރާއްޖޭން މި ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. 

ކޮލިފައިންގެ  މުޅި ތާރީހަށް ބަލާއިރު، މި އުމުރުފުރާގެ އޭޝިއަން ކަޕް ކޮލިފައިންތަކުގައި ރާއްޖެ ކުޅުނު 35 މެޗުން ވަނީ 27 މެޗުން ބަލިވެފަ އެވެ. ފަސް މެޗުން އެއްވަރުވިއިރު، ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އޭގެ ތެރެއިން ދެ މެޗުން މޮޅުވީ މި ފަހަރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox