ތަފާތު ބޮޑުކޮށް ސްރީ ލަންކާ ބަލިކޮށް ރާއްޖެ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ފޭސް އަށް

Sep 3, 2026, 7:24 PM
ސްރީ ލަންކާއާ ދެކޮޅަށް މިއަދު ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.

ސްރީ ލަންކާއާ ދެކޮޅަށް މިއަދު ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި މި ފަހަރު ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުން ކުޅުނު ދެ ވަނަ މެޗުގައި 4-0 އިން ސްރީ ލަންކާ ބަލިކޮށް މުބާރާތުގެ ކޮލިފައިން ފޭސް އިން ޖާގަ ހޯދައިފި އެވެ.

އޭއެފްސީ ކޮލިފައިންގެ އޮނިގަނޑަށް މި ފަހަރު ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން، ކޮލިފައިން ކުރިއަށްދާނީ ކޮލިފިކޭޝަން ފޭސް އާއި ޑިވެލޮޕްމަންޓް ފޭސް އެއް ގޮތަށެވެ. ކޮލިފިކޭޝަން ފޭސްގައި މަތީ ރޭންކުގެ ގައުމުތަކުން ކުޅޭއިރު، ޑިވެލޮޕްމަންޓް ފޭސްގައި ކުޅޭނީ ދަށް ރޭންކުގެ ގައުމުތަކެވެ. ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގަ އެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕެއް އޮތްއިރު، ރާއްޖޭގެ ގްރޫޕްގެ މެޗުތައް ކުޅޭނީ މިޔަންމާގަ އެވެ. އެ ގްރޫޕްގައި މިޔަންމާ އާއި ރާއްޖެ އަދި ސްރީ ލަންކާ އާއި ދާރުއްސަލާމް ހިމެނޭއިރު، މީގެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް ދެން އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ލިބޭނެ އެވެ. 

ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ބްރުނާއީ ދާރުއްސަލާމް އަތުން 2-0 އިން ރާއްޖެ މޮޅުވި އެވެ. މި ގްރޫޕްގެ މެޗުތައް ކުޅޭ މިޔަންމާ އިން ވަނީ ފުރަތަމަ މެޗުގައި ލަންކާ އަތުން 4-0 އިން މޮޅުވެފަ އެވެ. އަދި، ދެ ވަނަ މެޗުން މިއަދު، ބްރުނާއީ އަތުން 7-0 އިން މޮޅުވެ، މިޔަންމާ އޮތީ ގްރޫޕްގެ އެއް ވަނައިގަ އެވެ. އެއީ، ދެ ވަނައިގައި އޮތް ރާއްޖެއާ ޕޮއިންޓް އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ހާސިލް މި ކުރެވުނީ ތާރީހީ ކަމެއް: އިލާން

އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ކުޅުނު ދެ މެޗުން މޮޅުވެ، ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމު ވަނީ ކޮލިފިކޭޝަން ފޭސް އިން ޖާގަ ހޯދައި ތާރީހީ ކާމިޔާބީއެއް ހާސިލްކޮށްފައި. މިއީ އޭޝިއަން ކަޕް ކޮލިފައިންގެ ދެ މެޗުން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ތާރީހީ ކަމެއް ކަމަށް ޓީމުގެ ކެޕްޓަން، އިލާން ފާހަގަކުރި.

މި ގްރޫޕްގައި ބާކީ މެޗެއް އޮއްވައި، ރާއްޖެ އާއި މިޔަންމާ އިން ކޮލިފައިން ފޭސް އިން ޖާގަ ހޯދިއިރު. ގްރޫޕްގެ އެއް ވަނަ އަށް މި ދެ ޓީމުން ވާދަކުރާ މެޗު އޮތީ އާދިއްތަ ދުވަހު އެވެ. ފުރަތަމަ ދެ މެޗުން ބަލިވި، ބްރުނާއީ އާއި ލަންކާ ދެން އަންނަ ފަަހަރު ވެސް ކުޅެން ޖެހޭނީ ޑިވެލޮޕްމަންޓް ފޭސްގަ އެވެ. 

ޔަންގޮންގެ ތުވުންނާ ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗުގައި ރާއްޖޭން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ރާްއްޖޭގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ޖެހި ގޯލެކެވެ. ލަންކާ އޭރިއާތެރެއިން ރާއްޖޭގެ ނައްސާހު އިބްރާހިމް ނާސިރު ފޮނުވާލި ބޯޅައެއް ލަންކާގެ ކީޕަރު، ޝާތިން އަތުގައި ޖެހިފައި ނުކުތް ވަގުތު އިލާން ވަނީ ރީބައުންސުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ގޯލު ޖެހުމުގެ ކުރިން އިލާނަށް ލިބުނު ހުސް ފުރުސަތެއްގައި ރަނގަޅަށް ބޯޅަ ފޮނުވާނުލެވުނެވެ. 

ދެ ވަނަ ހާފު ފެށިގެން މިނިޓްެއްހާއިރު ތެރޭ ރާއްޖޭގެ އަހުޒަމް ރަޝީދު (އަހު)، ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ކިީޕަރު ޝާތިން މަތަކުރި އެވެ. ފުރަތަމަ ހާފުގައި އަހު ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ދަނޑިކައިރިން ބޭރަށް ގޮސްފަ އެވެ. 

މެޗުގެ 53 ވަނަ މިނިޓްގައި ލަންކާގެ މިޑްފީލްޑަރު، ހިޖާޒީ ޖެހި ޝޮޓެއް ރާއްޖޭގެ ކީޕަރު، ޒަހުރާން ހަސަން ޒިޔާދު (ޒަހު) ވަނީ މަތަކޮށްފަ އެވެ. 

ރާއްޖޭން ލީޑުފުޅާކުރީ 60 ވަނަ މިނިޓްގަ އެވެ. މިއީ، ބަދަލަަކަށް ކުޅެން އެރި އައިދު މުހައްމަދު ޖަވީޒް ދިން ބޯޅައަކުން އޭރިއާބޭރުން މުހައްމަދު ޝަމްހާން (ޝަމްބެ) ޖެހި ގޯލެކެވެ. ޝަމްހާން ތިރިތިރިން ފޮނުވާލި ބޯޅަ ކީޕަރު ޝާތިން އަތް ކައިރިން ގޮސް އަމާޒުވީ ގޯލުގެ ކަނަށެވެ. 

މެޗުގައި ރާއްޖޭން ލީޑުނެގިތާ ތިން ވަރަކަށް މިނިޓް ފަހުން ލަންކާގެ ޑިފެންޑަރު، މުހައްމަދު ފާރިގު އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތެއް ދެއްކި އެވެ. ފާރިގަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ރާއްޖޭގެ ފުލްބެކް، މުހައްމަދު ނައިސަމް އަށް ކުރި ފައުލަކަށެވެ. 

މެޗުގައި ރާއްޖޭން ތިން ވަނަ ލަނޑު ޖެހީ 78 ވަނަ މިނިޓްގަ އެވެ. މިއީ، އަހުޒަމް ނަގައިދިން ކޯނަރަކުން ހުސްކޮށް ހުރެފައި ނައްސާހު ބޮލުން ޖެހި ގޯލެކެވެ. އޭގެ ދެ މިނިޓް ފަހުން، އިލާން ބޯޅަ ހިފައިގެން ގޮސް ހުސްކޮށްލާފައި ދިން ފުރުސަތަކުން، ނައްސާހު ވަނީ ރާއްޖޭގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. 

ރާއްޖެ އާއި ސްރީ ލަންކާ އިން ވަނީ މިދިޔަ މާޗް މަހު މާލޭގައި ކުރިއަށްދިޔަ ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އެ މެޗުން ރާއްޖެ 2-0 އިން ކުރީގައި އޮއްވައި، ސްރީ ލަންކާ އިން ވަނީ ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލައި، 3-2 އިން މޮޅުވެފަ އެވެ. އެކަމަކު، މިޔަންމާގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގުމަށް ފަހު ވެސް މެޗުގެ ކޮންޓްރޯލް އަތުން ނުގެއްލި ރަނގަޅު ކުޅުމެއް ދައްކައި ރާއްޖޭން މޮޅުވީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox