މީގެ ކުރިން ރައްޔިތުން ދުވަހަކުވެސް ފަގީރުނުވާ މިންވަރަށް މިހާރު ފަގީރުވެއްޖެ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އެއްވެސް ސަރުކާރެއްގައި ރައްޔިތުން ފަގީރުނުވާ މިންވަރަށް މިވެރިކަމުގައި ރައްޔިތުން ފަގީރުވެފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އެއްވެސް ސަރުކާރެއްގައި ރައްޔިތުން ފަގީރުނުވާ މިންވަރަށް މިވެރިކަމުގައި ރައްޔިތުން ފަގީރުވެފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ ރައްޔިތުން މީގެ ކުރިން ދުވަހަކުވެސް ފަގީރުނުވާ މިންވަރަށް މިހާރު ފަގީރުވެއްޖެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އެކި ވެރިކަންތަކުގައި އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރައްޔިތުން މިވަރަށް ފަގީރުވި ވެރިކަމެއް ކުރިމަތިނުލާ ކަމަށެވެ. 

"ތިބޭފުޅުން ރަނގަޅަށް ބަލައިލައިފި ކަމުގައި ވަނީ ނަމަ ކުރީގައި އެމްޑީޕީގެ ސަރުކާރުގައި ވިޔަސް، އޭރު ކޮވިޑުގެ ދުވަސްވަރު އަދި ރައީސް ނަޝީދުގެ އޭރުގެ 2008 ގައި އުފެދުނު ސަރުކާރުގައި ވެސް އެއީ ބޮޑު ފައިނޭންޝަލް ކްރައިސިސްއެއްގެ ތެރެއިން، އޭގެ ކުރީގެ ސަރުކާރުތަކުން ވެސް ރާއްޖޭގެ ރައްޔިތަކު، ރާއްޖޭގެ ވިޔަފާރިތަކެއް ފަގީރުނުވާހާ މިންވަރަށް މިހާރު ރާއްޖޭގެ ރައްޔިތުން ފަގީރުވެއްޖެ،" އަމީރު ވިދާޅުވި އެވެ. 

އަމީރު ވިދާޅުވީ މި ވެރިކަން އައި ފަހުން ރާއްޖޭގެ ރައްޔިތުން 10،000ރ. އަށް ގަންނަ ތަކެތި މިހާރު ގަންނަން ޖެހެނީ 20،000ރ. އަށް ކަމަށެވެ. އޭނާ ވިދާޅުވީ 2023 ވަނަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ކޮންމެ ރައްޔިތަކު ގާތްގަނޑަކަށް 30 ޕަސަންޓާއި 40 ޕަސަންޓާ ދެމެދު ފަގީރުވެފައިވާ ކަމަށެވެ. 

"އަޅުގަނޑު ކުޑަކޮށް ދިރާސާކޮށްލީމަ އަޅުގަނޑަށް މި އެނގެނީ ކޮންމެ ރައްޔިތަކު 2023 އާއި އަޅާބަލާއިރު އެނގޭތޯ. 2023 އާ އަޅާބަލާއިރު ރާއްޖޭގެ ކޮންމެ ރައްޔިތަކު ގާތްގަނޑަކަށް 30 ޕަސަންޓާއި 40 ޕަސަންޓާ ދެމެދު މިވަނީ ފަގީރުވެފައި. މިއީ ކުޑަ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ދެވަނަ ޓިކްޓޮކް ހަދައިގެންވެސް ފާޑުކިޔުންތަކުން ސައީދު ސަލާމަތެއް ނުވި

ތަކެތީގެ އަގުބޮޑުވުން ދިފާއުކުރައްވައި މިނިސްޓަރު ސައީދު އާންމުކުރެއްވި ވީޑިއޯތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. އާންމުން ބުނަމުންދަނީ ތަކެތީގެ އަގުބޮޑުކަން އިހުސާސްވަމުންދާ ކަމަށާއި، ކުރީ ސަރުކާރުގެ ބަހަނާ ނުދައްކައި މިހާރުގެ ދަތިތަކަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށް.

މީގެއިތުރުން ރާއްޖޭގެ ވިޔަފާރިތައް ބަނގުރޫޓުވެފައިވާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ރައްޔިތުން މިހާރު ހަނާވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ޖީބަށް އަތްބާނައިގެން ފައިސާ ނަގައިގެން އެންމެން ފަގީރުކޮށްފި ކަމަށެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު، އަސާސީ މުދަލުގެ އަގުތައް މި އަހަރުގެ ޖުލައި މަހު 6.07 ޕަސެންޓު މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަުކުން ދައްކަ އެވެ. 

 ކާބޯތަކެތީގެ އަގުތައް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު ނިމިދިޔަ މަހު ވަނީ 5.89 ޕަސެންޓަށް އުފުލިފަ އެވެ. ދެން އެންމެ ބޮޑަށް އުފުލިފައި ވަނީ ދަޅާއި ފުޅި ފަދަ ބުއިންތަކުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހަށްވުރެ ނިމިދިޔަ މަހު އެ ބާވަތުގެ ސާމާނުގެ އަގު ވަނީ 5.75 ޕަސެންޓަށް އުފުލިފަ އެވެ.

ރާއްޖޭގައި ތަކެތީގެ އަގުބޮޑުވެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވަމުންދާ ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ބުނި ނަމަވެސް، އެކަން ދިފާއުކުރައްވަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މަސައްކަތްކުރައްވާ ޓިކްޓޮކް ވީޑިއޯތަކެއް އާންމުކުރައްވާފަ އެވެ. ނަމަވެސް އެ ވީޑިއޯތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox