ދުނިޔޭގެ ރެކޯޑެއް: ލަންކާ މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި

Aug 18, 2026, 1:41 PM
ފޮޓޯ: ތުރިންކޮމަލީ ޖެނެރަލް ހޮސްޕިޓަލް

ފޮޓޯ: ތުރިންކޮމަލީ ޖެނެރަލް ހޮސްޕިޓަލް

ސްރީލަންކާގެ ޑޮކްޓަރުން، މީހެއްގެ ހަށިގަނޑުން 3.1 ކިލޯގްރާމްގެ ބްލެޑާ ސްޓޯންއެއް ނަގައިފި އެވެ. މިއީ މިހާތަނަށް ރެކޯޑް ކުރެވުނު މިފަދަ އެންމެ ބޮޑު ހިލަ ކަމަށް ބެލެވެ އެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ހަފުތާގައި، ސްރީލަންކާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ތްރިންކޮމަލީގެ ހޮސްޕިޓަލެއްގަ އެވެ.

އުމުރުން 55 އަހަރުގެ މި މީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ސްޓްރޯކެއް ޖެހިގެންނެވެ. ނަމަވެސް، އޭނާއަށް ފަރުވާ ދެމުން ދިޔައިރު ކުޑަކަމުދާން އުނދަގޫވާކަން ފާހަގަކުރެވިގެން ހެދި ޓެސްޓުތަކުން، އޭނާގެ ބްލެޑާގައި ހިލަ ހުރިކަން ޑޮކްޓަރުންނަށް އެނގުނެވެ.

Advertisement

އޮޕަރޭޝަން ކޮށްގެން ނެގި މި ހިލައިގެ ބަރުދަނުގައި ދުވަސް ފުރިފައި އޮންނަ ތުއްތު ކުއްޖެއްގެ ބަރުދަން ހުރިއިރު، އޭގެ ބޮޑުމިން ހުރީ އޮސްޓްރިޗް ބިހެއްގެ ސައިޒަށެވެ.

މި އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި ޑޮކްޓަރު ޕްރަހަލަހަން ބާލަކްރިޝްނަން ވިދާޅުވީ، މިހާތަނަށް ލިބެން ހުރި ރެކޯޑުތަކަށް ބަލާއިރު، މިއީ އޮޕަރޭޝަން ކޮށްގެން ނެގި އެންމެ ބޮޑު މިފަދަ ހިލަ ކަމަށެވެ.

މީގެ އިތުރުން، އޮޕަރޭޝަނަށް ފަހު ބަލިމީހާގެ ހާލަތު ވަރަށް ރަނގަޅު ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރުން މައުލޫމާތު ދޭ ގޮތުގައި، އެ މީހާ އަދިވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި އޭނާގެ އެހެނިހެން ބަލިތަކަށް ފަރުވާ ދިނުން ކުރިއަށްދާ ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

ޑޮކްޓަރު ބާލަކްރިޝްނަން އިތުރަށް ވިދާޅުވީ، އެ ހިލަ އެ މީހާގެ ބްލެޑާގައި އުފެދިފައި ހުންނަތާ ގާތްގަނޑަކަށް ފަހެއް ނުވަތަ ދިހަ އަހަރު ވެދާނެ ކަމަށެވެ.

ބްލެޑާގައި ހިލަ އުފެދެނީ ކުޑަކަމުދާ ތަކެތީގައި ހުންނަ މިނަރަލްސް ގަނޑުވެ، ހަރު އެތިކޮޅުތަކަކަށް ބަދަލުވުމުންނެވެ.

އާންމު ގޮތެއްގައި މިފަދަ ހިލަ އުފެދެނީ ބްލެޑާ އެއްކޮށް ހުސްނުވެ، ބާކީ ހުންނަ ކުޑަކަމުދާ ތަކެތި ގަނޑުވެ ކްރިސްޓަލްތަކަކަށް ބަދަލުވުމުންނެވެ.

ވެލިފުކެއްގެ ސައިޒަށް ހުންނަ ކުދި ހިލަތައް އަމިއްލައަށް ބޭރުވި ނަމަވެސް، އެއް ސެންޓިމީޓަރަށް ވުރެ ބޮޑެތި ހިލަތަކުގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް ހުރަސްއެޅި، ފަރުވާ ބޭނުންވެ އެވެ. އަދި ހަތަރު ސެންޓިމީޓަރަށް ވުރެ ބޮޑު ހިލަތައް ބެލެވެނީ އާދަޔާ ހިލާފަށް ބޮޑެތި ހިލަތަކުގެ ގޮތުގަ އެވެ.

ގިނިސް ވޯލްޑް ރެކޯޑްސްގައިވާ ގޮތުން، މީގެ ކުރިން އެންމެ ބޮޑު ހިލައެއް ބްލެޑާއިން ނަގާފައިވަނީ 2003 ވަނަ އަހަރު ބްރެޒިލްގެ ބަލިމީހެއްގެ ގައިންނެވެ. އެ ހިލައިގެ ބަރުދަނުގައި 1.9 ކިލޯގްރާމް ހުރިއިރު، ދިގުމިނުގައި 17.9 ސެންޓިމީޓަރު ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox