ހޮރްމޫޒުން ދަތުރުކުރާ 45 ޓޭންކަރެއް އީރާނުން ބްލެކްލިސްޓުކޮށްފި
ހޮރްމޫޒް ކަނޑުއޮޅީގެ ގަވާއިދުތަކާ ހިލާފުވި 45 ޓޭންކަރެއް އީރާނުން ބްލެކްލިސްޓްކޮށް، އެ އުޅަނދުފަހަރު ހިފަހައްޓައި ޖޫރިމަނާކުރާނެ ކަމުގެ އިންޒާރު ދީފިއެވެ. މި ލިސްޓުގައި ސައުދީ އާއި ޔޫއޭއީގެ ބައެއް ކުންފުނިތަކުގެ އުޅަނދުތައް ހިމެނޭއިރު، މިއީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.