މުސާރަ ދިނުން ލަސްވާތީ ވެމްކޯ މުވައްޒަފުންނަށް ބޮޑު ތަކުލީފެއް!

ވެމްކޯ މުވައްޒަފުންތަކެއް؛ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވާތީ ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އެ މުވައްޒަފުން ވަނީ ބުނެފައި -- ފޮޓޯ: އަދަދު ފައިލް

ވެމްކޯ މުވައްޒަފުންތަކެއް؛ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވާތީ ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އެ މުވައްޒަފުން ވަނީ ބުނެފައި -- ފޮޓޯ: އަދަދު ފައިލް

ކޮންމެ މަހެއްގައި ވެސް މުސާރަ ދިނުން ލަސްވާތީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންނަށް ބޮޑު ތަކުލީފަކަށްވެ، ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ވެމްކޯއިން މިދިޔަ މަހުގެ މުސާރަ ދިވެހި މުވައްޒަފުންނަށް ދީފައިވަނީ މިއަދު އެވެ. ނަމަވެސް ބިދޭސީ މުވައްޒަފުންނަށް މިހާތަނަށްވެސް މުސާރަ ދީފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ވެމްކޯގެ މުވައްޒަފުންނަށް މަހު މުސާރަ ޖެހިގެން އަންނަ މަސް ފެށުމުގެ ކުރިން އާންމުކޮށް ކުރިން ދެ އެވެ. ނަމަވެސް މިދިޔަ އަހަރު ވަކި ހިސާބަކުން ފެށިގެން މަހު މުސާރަ ދެނީ ޖެހިގެން އަންނަ މަހު 5 ހިސާބުގަ އެވެ. އެއަށްފަހު މިހާރު މުސާރަ ދެމުން އަންނަނީ މަހުގެ 10 ހިސާބުގަ އެވެ. 

Advertisement

މިކަމާ ގުޅިގެން ވެމްކޯގެ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މުވައްޒަފުން ބުނާ ގޮތުގައި މުސާރަ ދިނުން ލަސްވުމުގެ ސަބަބުން ކުއްޔާއި ބިލުތައް ދައްކާ ދުވަސް ލަސްވުމުން ޖޫރިމަނާތައްވެސް ދައްކަންޖެހެ އެވެ. 

"ޑޭޓެއް ކަނޑައަޅާފައި ދައްކަންޖެހޭ ބިލްތައްވެސް ހުރޭ. އެއިންނަ ޑޭޓްގެ ލާރި ނުދެއްކެންޏާ ދެން ލާރި ބަލައިގަންނާނީ ޖޫރިމަނާއާ އެކީގައި. މިކަންކަމުގެ ޒިންމާއެއް ހަމަ ގައިމުވެސް ވެމްކޯއިން ނަގާކަށް ނުޖެހޭ. މަހުގެ 10 އަކާ ހަމައަށްދާއިރު ސަރުކާރު ކުންފުންޏެއްގެ ނިމިދިޔަ މަހުގެ މުސާރަ ނުދެވި އޮތުމަކީ ވަރަށް ދެރަ ކަމެއް،" ވެމްކޯގެ މުވައްޒަފަކު ބުންޏެވެ. 

ވެމްކޯގެ އިތުރު މުވައްޒަފަކު ބުނީ ކޮންމެ މަހެއްގެ ކުއްޔާއި ބިލުތައް ދައްކަން ވަކި މުއްދަތެއް ކަނޑައެޅިފައިވާއިރު، ލަހުން އެ ފައިސާ ޖެހުމުން ގޭގެ އޯނަރުންގެ ޕްްރެޝަރުވެސް ކުރިމަތިވާ ކަމަށެވެ.

"ކޮންމެ މަހަކު ވަކި ދުވަހެއް އެބަ އިނދޭ ކަނޑައަޅާފައި ކުލި ދައްކަން. ބިލުތައް ދައްކަންވެސް. އެ މުއްދަތުގައި ކުއްޔާއި ބިލުތައް ނުދެއްކުމުން ގޭގެ އޯނަރުގެ ފަރާތުންވެސް ޕްރެޝަރު އެބަ ކުރިމަތިވޭ. އޭގެ ސަބަބުން ލަދުވެސް ގަންނަން އެބަޖެހޭ،" މުވައްޒަފަކު ބުންޏެވެ. 

ވެމްކޯގެ މުސާރައިގެ މައްސަލަ ބޮޑުވެ މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ

އަދަދު އަށް އެނގިފައިވާ ގޮތުގައި އާންމު ގޮތެއްގައި ކޮންމެ މަހެއްގެ އެއްވަނަ ދުވަހު މުވައްޒަފުންނަށް މުސާރަ ދޭ ވެމްކޯއަށް މި އަހަރު ފެށުނުފަހުން މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވާން ވަނީ ފަށާފައި.

މީގެއިތުރުން ވެމްކޯގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މި ނޫހަށް ބުނީ އެ މުވައްޒަފުންނަށް މުސާރަ ލިބެނީ އާންމުގޮތެއްގައި މިހާރު މަހުގެ 15 ހިސާބުގައި ކަމަށެވެ. އެގޮތުން އޭގެ ސަބަބުން ގައުމަށް ލާރި ފޮނުވުމުގައި ލަސްވާތީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށް އެ މުވައްޒަފުން ބުންޏެވެ. 

ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ކަނޑާ ޕެންޝަން ފައިސާ، އެ މުވައްޒަފުންގެ ޕެންޝަން ފައިސާ އޮކްޓޯބަރު 16، 2024، އިން ފެށިގެން ޖަމާނުކުރެ އެވެ. ނަމަވެސް މުވައްޒަފުންނަށް މުސާރަ ދޭއިރު ޕެންޝަނަށް ފައިސާ ކަނޑަ އެވެ. އެއީވެސް މުވައްޒަފުންގެ ކަންބޮޑުވުމެކެވެ. 

މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުދޭ ކަމަށް ވެމްކޯއިން ވަނީ އެއްބަސްވެ، އުޒުރަކަށް މާލެ ސިޓީ ކައުންސިލުން އެތަނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ ކަމަށް ބުނެފަ އެވެ. އެ ފައިސާ ވެމްކޯއަށް ދިނުމަށް ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވަނީ މާލޭ ސިޓީ ކައުންސިލަށް ދޭންޖެހޭ 19 މިލިއަން ރުފިޔާގެ ބްލޮކް ގްރާންޓް ކަނޑާލާފަ އެވެ. 

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުނި، ވެމްކޯއަށް މިދިޔަ އަހަރު އެކަނިވެސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 439.6 މިލިއަން ރުފިޔާ ހަރަދުކުރިކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 3,500 އެއްހާ މުވައްޒަފުން ތިބިއިރު، މިދިޔަ އެޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ވެމްކޯއަށް ނަގާފައިވާކަން ފާހަގަކުރެވެ އެވެ.

ޕީސީބީން ބުނާ ގޮތުގައި ވެމްކޯއަށް 2024 ވަނަ އަހަރު 138 މިލިއަން ރުފިޔާ ގެއްލުންވި އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއްވީ 55 މިލިއަން ރުފިޔާއާއެކު ފަހު ކުއާޓާގަ އެވެ. އެ ކުންފުންޏަށް 2024 ވަނަ އަހަރު 61 މިލިއަނުގެ ގެއްލުމެއް ލިބުނުއިރު، 2023 ގައި 93 މިލިއަނުގެ ގެއްލުމެއް ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox