މާބަނޑުއިރު ހަކުރު ބަލިން ރައްކާތެރިވުމަށް "ސްޓްރެންތް ޓްރެއިނިން"

Aug 20, 2026, 6:30 AM
ފޮޓޯ: އަންސްޕްލޭޝް

ފޮޓޯ: އަންސްޕްލޭޝް

މާބަނޑު ދުވަސްވަރު ޖެހޭ ހަކުރު ބަލި ނުވަތަ "ޖެސްޓޭޝަނަލް ޑައިބެޓީސް" އިން ރައްކާތެރިވުމަށް ކަސްރަތުގެ ތަފާތު ބާވަތްތައް އެހީތެރިވެދޭ ކަމަށް ބެލެވުނު ނަމަވެސް، މިކަމާ ގުޅޭ ސާފު ހެކިތައް މިހާތަނަށް ހުރީ ވަރަށް މަދުންނެވެ.

ނަމަވެސް، "އެކްޓާ އޮބްސްޓެޓްރިޝިއާ އެޓް ގައިނަކޮލޮޖިކާ ސްކެންޑިނޭވިކާ" މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ބާރު ބޭނުންކޮށްގެން ކުރާ ކަސްރަތު ނުވަތަ "ސްޓްރެންތް ޓްރެއިނިން" ހެދުމަކީ މާބަނޑު ދުވަސްވަރު ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

ޖުމްލަ 209 މާބަނޑު އަންހެނުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ކްލިނިކަލް ޓްރަޔަލްގައި، ބައިވެރިން ވަނީ ބަނޑަށް 12 ހަފުތާއާއި 14 ހަފުތާއާ ދެމެދުގެ މުއްދަތުން ފެށިގެން، 36 ހަފުތާ ފުރެންދެން ނުވަތަ ވިހެއުމާ ހަމައަށް ސްޓްރެންތް ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކޮށްފަ އެވެ.

މި ދިރާސާގެ ނަތީޖާއަށް ބަލާއިރު، ކަނޑައެޅިފައިވާ އުސޫލުން ސްޓްރެންތް ޓްރެއިނިން ފުރިހަމަކުރި މީހުންގެ ތެރެއިން އެއްވެސް މީހަކަށް މާބަނޑު ދުވަސްވަރުގެ ހަކުރު ބަލި ޖެހިފައެއް ނުވެ އެވެ. އެއާ ޚިލާފަށް، އެއްވެސް ކަސްރަތެއް ނުކުރާ "ކޮންޓްރޯލް ގްރޫޕް" ގެ ބައިވެރިންގެ ތެރެއިން 7.3 އިންސައްތަ މީހުންނަށް އެ ބަލި ޖެހިފައިވެ އެވެ.

މީގެ އިތުރުން، ކަސްރަތު ކުރި މީހުންނަށް ލިބުނު ކުދިންގެ ބަރުދަން އާދަޔާ ޚިލާފަށް އިތުރުވުމުގެ އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާއިރު، ކަސްރަތު ނުކުރާ ގްރޫޕްގެ 6.3 އިންސައްތަ ކުދިންގެ ބަރުދަން ހުރީ އާދަޔާ ޚިލާފަށް އިތުރުވެފަ އެވެ.

ސްޓްރެންތް ޓްރެއިނިން ހެދި މީހުންގެ ދިރިއުޅުމުގެ ފެންވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެވުނުއިރު، މާބަނޑު ދުވަސްވަރު ދިމާވާ އުނދަގޫތައް އެމީހުންނަށް ކުރިމަތިވި މިންވަރު މަދުވެފައިވާ ކަމަށް އެމީހުން ރިޕޯޓްކޮށްފައިވެ އެވެ. އަދި ކަސްރަތު ކުރުމުގެ ސަބަބުން ދުވަސް ނުފުރާ ވިހެއުން ފަދަ އެއްވެސް ނުރައްކާތެރި ސިއްހީ މައްސަލައެއް ކުރިމަތިވެފައި ނުވާކަން ވެސް މި ދިރާސާއިން ވަނީ ކަށަވަރުވެފަ އެވެ.

ސްޕެއިންގެ ސެން ސެބަސްޓިއަންގައި ހުންނަ "ހޮސްޕިޓަލް ޔުނިވަސިޓޭރިއޯ ޑޮނޮސްޓިއާ" ގެ ޑޮކްޓަރެއް ކަމަށްވާ ޓެރޭސާ އީ. ސަންޓާ ކްރޫޒް ވިދާޅުވި ގޮތުގައި، މި ހޯދުންތަކުން އެނގެނީ މާބަނޑު ދުވަސްވަރު ތަރުތީބުކޮށް ސްޓްރެންތް ޓްރެއިނިން ހެދުމަކީ ހަކުރު ބަލީގެ ނުރައްކާ ކުޑަކޮށްދީ، މައިމީހާގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް ކަމެވެ.

މި ހޯދުންތައް އިތުރަށް ކަށަވަރު ކުރުމަށާއި، މާބަނޑު މީހުންނަށް ދެވޭ އާންމު ސިއްހީ ފަރުވާގެ ތެރޭގައި މިފަދަ ކަސްރަތުތައް އެންމެ ފުރިހަމައަށް ހިމަނާނެ ގޮތް ދެނެގަތުމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މައުލޫމާތު: މެޑިކަލް އެކްސްޕްރެސް

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox