މާބަނޑުއިރު ހަކުރު ބަލިން ރައްކާތެރިވުމަށް "ސްޓްރެންތް ޓްރެއިނިން
މާބަނޑު ދުވަސްވަރު ބާރު ބޭނުންކޮށްގެން ކުރާ ކަސްރަތު ނުވަތަ "ސްޓްރެންތް ޓްރެއިނިން" ހެދުމަކީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި ކަސްރަތުތަކުގެ ސަބަބުން މާބަނޑު ދުވަސްވަރު ދިމާވާ އުނދަގޫތައް މަދުވެ، އުފަންވާ ކުއްޖާގެ ބަރުދަން އާދަޔާ ޚިލާފަށް އިތުރުވުމުން ރައްކާތެރިކޮށްދޭކަން ފާހަގަކުރެވިފައިވެއެވެ. އަދި މިއީ މާބަނޑު މީހުންނަށް ސިއްހީ ގޮތުން ރައްކާތެރި، ފައިދާހުރި ކަމެއްކަން މި ދިރާސާއިން ކަށަވަރުވެއެވެ.