ލާއިންސާނީ ޖަރީމާތަކުގެ ކުށް ސާބިތުވެ، ސީރިޔާގެ ކުރީގެ ރައީސް، ބައްޝާރުލް އަސަދު މަރަން ހުކުމްކޮށްފި

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު - ފޮޓޯ: ގެޓީ

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު - ފޮޓޯ: ގެޓީ

ސީރިޔާގައި 14 ވަރަކަށް އަހަރަށް ދިގުދެމިގެންދިޔަ ދާހިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތަކުގެ ކުށް ސާބިތުވެ، އެ ގައުމުގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު މަރަން ހުކުމްކޮށްފި އެވެ.

ދިމިޝްގުގެ ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ  ރާވައިގެން މީހުން މެރުމާއި އަނިޔާކުރުމާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގިކަމުގެ ކުށް ބައްޝާރުލް އަސަދުގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ބައްޝާރުލް އަސަދު މަރަން ހުކުމްކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެރިކަމުން ދުރުކުރުމުން އަސަދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ރަޝިއާގައި ހިމާޔަތް ހޯއްދަވައިގެންނެވެ.

Advertisement

އަސަދުގެ އިތުރުން، އޭނާގެ ކޮއްކޮ މާހިރުލް އަސަދު އާއި ބޮޑުބޭބެ ދަރިފުޅު އާތިފް ނަޖީބުގެ މައްޗަށް ވެސް ވަނީ ރާވައިގެން މީހުން މެރުމާއި އަނިޔާކުރުމުގެ ކުށް ސާބިތުވެ، މަރަން ހުކުމްކޮށްފަ އެވެ. އޭގެ ތެރެއިން މާހިރުލް އަސަދު ވެސް މިހާރު ދިރިއުޅެމުންދަނީ ރަޝިއާގަ އެވެ. ނަޖީބު ހުރީ ސީރިއާގެ ޖަލުގަ އެވެ. އޭނާ ހައްޔަރުކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ނަޖީބުއަކީ ސީރިއާގެ ދާހިލީ ހަނގުރާމަ ފެށުނު ސަބަބުކަމުގައިވާ، ދެކުނު ސީރިއާގެ ދަރައާ ޕްރޮވިންސްގެ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުން ރޭވި މީހާ އެވެ. އޭރު އޭނާ ހުރީ ދަރައާ ޕްރޮވިންސްގެ ޕޮލިޓިކަލް ސެކިއުރިޓީގެ ވެރިޔާގެ މަގާމުގަ އެވެ.

މިއަދު ހުކުމް އިއްވިއިރު، ޝަރީއަތުގެ މަޖިލީހުގައި އޭނާ ހުރީ ދަގަނޑު ކޮށްޓެއްގައި ގައިދީންގެ ޔުނިފޯމުގަ އެވެ.

ނަޖީބުގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި މީހުން މެރުމާއި، "15 އަހަރުން ދަށުގެ ކުޑަކުދިން ގަސްދުގައި މެރުމާއި" އަދި "މީހަކު މަރުވާ މިންވަރަށް އަނިޔާކުރުން" ހިމެނެއެވެ.

އެމީހުންގެ މައްޗަށް ހުކުމް އިއްވެވި ފަނޑިޔާރު ފަހުރުއްދީން އަލް އަރްޔާން ވިދާޅުވީ، ނަޖީބު އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ދައުވާތަކަށް އިންކާރުކޮށްފައިވާ ކަމަށާއި، އޭނާ ކުރި ކަންތައްތަކާ މެދު އެއްވެސް ވަރަކަށް ދެރަނުވާ ކަމަށެވެ.

ސީރިޔާ ދޫކޮށް ފިލައިގެން ގޮސްފައިވާ ކުރީގެ އަސްކަރީ އަދި ސަލާމަތީ އިސް އޮފިޝަލުންތަކެއްގެ މައްޗަށް ވެސް އެމީހުންގެ ޣައިރު ހާޒިރުގައި މަރުގެ ހުކުމް މިއަދު ވަނީ އިއްވާ[ައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު ފަހުދު އަލް ފްރައިޖް އާއި 2011 ވަނަ އަހަރު ދިރާއާ ޕްރޮވިންސްގެ މިލިޓަރީ އިންޓެލިޖެންސްގެ ވެރިޔަކަށް ހުރި ލުއައްޔު އަލް އަލީ ހިމެނެ އެވެ.

އެ ހުރިހާ އެންމެންގެ މައްޗަށް ހުކުމް އިއްވި ވަގުތު، އަސަދުގެ ވެރިކަމުގައި ލާއިންސާނީ އަނިޔާގެ ޝިކާރައަށްވި މީހުންގެ ފޮޓޯތައް ހިފައިގެން ދިމިޝްގުގެ ކްރިމިނަލް ކޯޓުދޮށުގައި އެތައް ބަޔަކު ތިއްބެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox