ފުރަމޭގައި ސަރުބީ ޖެހުމުގެ މައްސަލަ ހައްލުކުރަން ޓޮމާޓޯ
ފުރަމޭގައި ސަރުބީ ޖެހުމުގެ މައްސަލަ (މާސްލްޑް) ހުންނަ މީހުން ކޮންމެ ދުވަހަކު ރޯ ޓޮމާޓޯ ނުވަތަ ޓޮމާޓޯ ސޯސް ބޭނުންކުރުމަކީ ފުރަމޭގައި ޖަމާވާ ސަރުބީ މަދުކޮށްދޭ ކަމެއްކަން ދިރާސާއަކުން ވަނީ ދައްކާފައެވެ. ހަށިގަނޑުގެ ބަރުދަނަށް ބަދަލެއް ނައި ނަމަވެސް، ކެއުމުގައި ޓޮމާޓޯ ހިމެނުމަކީ މި ބަލި ތަހައްމަލުކުރާ މީހުންގެ ފުރަމޭގެ ދުޅަހެޔޮކަމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.