އެމެރިކާގެ ވައިގެ ހަކަތައިގެ މަޝްރޫއުތައް ހުއްޓާލަން ޖަރުމަނު ކުންފުންޏަކަށް 1.2 ބިލިއަން ޑޮލަރު ދޭން ޓްރަމްޕް ނިންމަވައިފި

Aug 8, 2026, 7:30 AM
ކަނޑުގައި ހަރުކޮށްފައިވާ ވިންޑު ޓާބައިންތަކެއް

ކަނޑުގައި ހަރުކޮށްފައިވާ ވިންޑު ޓާބައިންތަކެއް

އެމެރިކާގެ ކަނޑުގެ ސަރަހައްދުތަކުގައި ކުރިއަށްގެންދަން ރާވާފައިވާ ވައިގެ ހަކަތައިގެ މަޝްރޫއުތައް ހުއްޓާލުމަށްޓަކައި، ޖަރުމަނުގެ އާރް.ޑަބްލިއު.އީ ކުންފުންޏަށް 1.2 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފި އެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ އިންޓީރިއާ ޑިޕާޓްމަންޓުން އެ ކުންފުންޏަށް މި ފައިސާ ދެނީ ކެލިފޯނިއާ، ލޫއިޒިއާނާ އަދި ނިއުޔޯކްގެ ކަނޑުގެ ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ވައިގެ ހަކަތައިގެ މަޝްރޫއުތައް ހުއްޓުވުމަށެވެ. 

އާރް.ޑަބްލިއު.އީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ތަނުގައި އެމެރިކާގައި މިފަދަ މަޝްރޫއުތަކަށް ހުއްދަ ލިބޭނެ އެއްވެސް މަގެއް ނެތްކަން ކަށަވަރުވުމުން، މި މަޝްރޫއުތައް ދޫކޮށްލުމަށް ނިންމީ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާގެ ތެރެއިން 900 މިލިއަން ޑޮލަރު ލޫސިއާނާގައި ގާއިމުކުރާ ގުދުރަތީ ގޭސް ބޭރުކުރަން އިންވެސްޓް ކުރުމަށް އެ ވަނީ ނިންމައިފަ އެވެ. ކުރިއަށް އޮތް ހަ އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ހަކަތައިގެ ދާއިރާގައި ޖުމްލަ 19.6 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް އެ ކުންފުނިން ރާވާފައިވެ އެވެ.

އާރް.ޑަބްލިއު.އީ އިން އެމެރިކާގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ކުރާ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާ ކަމަށް އެމެރިކާގެ އިންޓީރިއާ ސެކްރެޓަރީ ޑަގް ބާގަމް ވިދާޅުވި އެވެ. 

މިއީ ތެލާއި ގޭހުގެ ސިނާއަތަށް ތާއީދުކުރައްވާ ރައީސް ޓްރަމްޕް، ވައިގެ ހަކަތައިގެ މަޝްރޫއުތައް ހުއްޓުވުމަށް ކުރައްވާ މަސައްކަތުގެ ދަށުން މި އަހަރު ސޮއިކުރި މިފަދަ އެންމެ ފަހުގެ އެއްބަސްވުމެވެ.

މި ސިޔާސަތުގެ ދަށުން މިއަހަރުގެ މާޗް މަހު ފަރަންސޭސިވިލާތުގެ ޓޯޓަލް އެނާޖީސް ކުންފުންޏާއެކުވެސް ވަނީ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ވެސް ވަނީ ވައިގެ ހަކަތައިގެ މަޝްރޫއުތައް ހުއްޓާލައި، ޓެކްސަސްގައި ގޭސް ޕްލާންޓެއް އެޅުމަށާއި މެކްސިކޯ ކަނޑުއޮޅީގައި ތެޔޮ ނެގުމުގެ މަސައްކަތަށް އިންވެސްޓް ކުރުމަށް އެއްބަސްވެފަ އެވެ.

މީގެ އިތުރުން، މިދިޔަ މަހު ޑިއުކް އެނާޖީ ކުންފުންޏަށް 129 މިލިއަން ޑޮލަރު ދީގެން ކެރޮލައިނާ ސަރަހައްދުގެ ވައިގެ ހަކަތައިގެ މަޝްރޫއެއް ވެސް ވަނީ ހުއްޓުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox