ޝައިހް ހަސީނާ
2 ލިޔުން
ފަހުގެ
ދުނިޔެބަންގްލަދޭޝްގެ ކުރީގެ ކްރިކެޓް ކެޕްޓަންގެ ގެޔަށް ހަމަލާދީފި
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ބައިވެރިވެވަޑައިގެންނެވި އިވެންޓެއްގައި ބައިވެރިވުމާ ގުޅިގެން، އެ ގައުމުގެ ކުރީގެ ކްރިކެޓް ކެޕްޓަން ޝާކިބް އަލް ހަސަންގެ ގެއަށް ބަޔަކު ހަމަލާދީ އަލިފާން ރޯކޮށްލައިފިއެވެ. މި ހާދިސާ ހިނގިއިރު ގޭގައި މީހަކު ނެތުމުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ޝާކިބަކީ ހަސީނާގެ ސަރުކާރު ވައްޓާލި ފަހުން ގައުމުން ބޭރުގައި ދިރިއުޅެމުންދާ، ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެކެވެ.
ދުނިޔެހަސީނާ އިންޑިއާގައި ތަގުރީރު ދެއްވަން އުޅޭތީ ކަންބޮޑުވުން
އިންޑިއާގައި ހުންނަވައިގެން ޝައިޚް ހަސީނާ ސިޔާސީ ތަގުރީރެއް ދެއްވަން އުޅުއްވާތީ، އެކަމާ ގުޅޭ އިންޑިއާގެ ސިޔާސަތު ސާފުކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ އެދިފައެވެ. ކުށްވެރިއަކު ފިލައިގެން ހުރެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ދިނުމަކީ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ބުނެ ބަންގްލަދޭޝްއިން ވަނީ އިންޒާރު ދީފައެވެ. ހަސީނާ އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާ ގަސްދުކުރައްވަނީ އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށެވެ.
