ސެންޓަށް ލޯބިކުރާ މީހުން އަފްނާން 9 ސީރީޒް އިހުތިޔާރުކުރާ ސަބަބު

Aug 7, 2026, 11:13 AM
އަފްނާން 9 ސީރީޒް

އަފްނާން 9 ސީރީޒް

މިއީ މުއްސަނދި، ހަނދާނުން ފޮހެލަން ދަތި މީރުވަސްތަކުން ފުރިގެންވާ ކަލެކްޝަނެކެވެ.

ޕްރިމިއަމް ޓަޗުން ރާއްޖެ އެތެރެކޮށް ބާޒާރަށް ނެރެފައިވާ 'އަފްނާން 9 ސީރީޒް' އަކީ ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ހޯދާފައިވާ މަދު ކަލެކްޝަންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެކައްޗެކެވެ.

މަޝްހޫރު 'އަފްނާން ޕާފިއުމްސް' އިން އުފައްދާފައިވާ މި ސީރީޒަކީ އޭގެ ފެންވަރު ރަނގަޅުކަމާއި، ވަސް ހިފަހައްޓާ މިންވަރާއި، އަދި އަގާ އަޅާބަލާއިރު ލިބޭ ހިތްހަމަޖެހުމަށްޓަކައި މަޝްހޫރުވެފައިވާ އުފެއްދުންތަކެކެވެ.

އަފްނާން 9 ކަލެކްޝަނުގެ ކޮންމެ ސެންޓަކީވެސް ތަފާތު މިޒާޖުތަކާއި މުނާސަބަތުތަކާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މި ކަލެކްޝަންގެ ތެރެއިން ހާއްސަކޮށް "9 ޕީއެމް" ނައިޓް އައުޓް އަކީ ހާއްސަ މުނާސަބަތުތަކާއި ރޭގަނޑުގެ ހަފުލާތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ، ކޮންމެ ތަނަކަށް ދިޔަސް މީހުންގެ ސަމާލުކަން ހޯދާނެ ހިތްގައިމު ވަހެއް އެކުލެވޭ ސެންޓެކެވެ.

އަފްނާން 9 ކަލެކްޝަނަކީ އޭގެ ހިތްގައިމުކަމާއި، ކޮލިޓީ، ލަގްޒަރީ އިހުސާސް އަދި އަގުގެ ގޮތުން ބަލާއިރު ހުރިހާ ގޮތަކުން ފުރިހަމަވުމުގެ ސަބަބުން، މިހާރު އެންމެ މަގުބޫލު އެއް ސެންޓު ސީރީޒެވެ. މި ސީރީޒްގެ ކޮންމެ ސެންޓަކީވެސް އެންމެ ކޮލިޓީ މާއްދާތައް ބޭނުންކޮށްގެން، ވަސް ގަދަ އަދި ގިނަ ވަގުތު ހުންނާނެހެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ.

މި ފުރިހަމަ ސެންޓަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ކޮންމެ މީހެއްގެ ސެންޓު ކަލެކްޝަނުގައި ހިމެނުން މުހިންމު ސެންޓެކެވެ.

މި ކަލެކްޝަން ފާހަގަވެފައިވަނީ އަންނަނިވި ކަންކަމުގެ ސަބަބުންނެވެ;

  • ގިނަވަގުތު ވަސް ހިފަހައްޓައިދިނުން
  • ފެންވަރު ރަނގަޅު މާއްދާތަކުން ސެންޓު އުފައްދާފައިވުން
  • ފުޅީގެ ފަރުމާ ފުރިހަމަވެފައި ރީތިވުން
  • އަގާ އަޅާބަލާއިރު ފެންވަރު މަތިވުން
  • ކޮންމެ މުނާސަބަތަކާވެސް ގުޅޭ ތަފާތު ވަސްތައް ހިމެނުން

އެހެން މީހުންގެ ހަނދާނުން ފޮހެނުލެވޭނެ ފަދަ ތަފާތު ތަޖުރިބާއެއް 'އަފްނާން 9PM' އާއެކު ހޯއްދަވާށެވެ.

އަފްނާން ބްރޭންޑްގެ ސެންޓް އެތެރެކޮށް މާކެޓް ކުރަނީ ޕްރިމިއަމް ޓަޗުންނެވެ. ޕްރިމިއަމް ޓަޗަކީ ނަން މަޝްހޫރު ބްރޭންޑްތަކުގެ އޮރިޖިނަލް ޕާފިއުމް، ސްކިންކެއާ އަދި ހެއާކެއާ އުފެއްދުންތައް ފޯރުކޮށްދޭ ފިހާރައެކެވެ.

ސެންޓުގެ އަގުތަކާއި، ތަފާތު ވައްތަރުތައް ފިހާރައަށް ގޮސްގެން އަޖުމަ ބަލައިލުމުގެ ފުރުސަތު އެންމެހައި ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ޕްރިމިއަމް ޓަޗްގެ މާލޭ ޝޯރޫމް ހުންނަނީ ރަށްދެބައިމަގު، ބޮޑުފެންވަޅުގެ ކައިރީގަ އެވެ. އަދި ޕްރިމިއަމް ޓަޗް ހުޅުމާލެ ޝޯރޫމް ހުންނަނީ ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގު، ކާމިލް ދީދީ ސްކޫލް ކައިރީގަ އެވެ.

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox