ކ. ތިލަފުށި
2 ލިޔުން
ފަހުގެ
ހަބަރުމާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި
މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.
ހަބަރުތިލަފުށީ ބަނދަރު ހެދުމުގެ މަސައްކަތް ފަށަނީ
ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްގީކުރުމަށްޓަކައި، އެ ރަށު ފަޅުތެރޭގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. މި މުއްދަތުގައި ނުނަގާ އުޅަނދުތަކާ މެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
