ނޮވެމްބަރުގެ ނިޔަލަށް ސުނާމީ ބިނާއާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ފަހު އެންމެ ފަހުން ހުޅުވި ސަރަހައްދު: ސަރުކާރުން ބުނަނީ މި ސަރަހައްދުގައި ލޯންޗުތައް ކައިރިކުރަން ލަކުޑި ފާލަންތަކެއް އަޅާނެ ކަމަށް --- ފޮޓޯ: އަދަދު

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ފަހު އެންމެ ފަހުން ހުޅުވި ސަރަހައްދު: ސަރުކާރުން ބުނަނީ މި ސަރަހައްދުގައި ލޯންޗުތައް ކައިރިކުރަން ލަކުޑި ފާލަންތަކެއް އަޅާނެ ކަމަށް --- ފޮޓޯ: އަދަދު

މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރަން ހިންގާ މަޝްރޫއުގެ ދަށުން އެމްޕީއެލް ހުންނަ ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް އެ މަގު ތަރައްގީކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަަލަށް ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެން އޮތް ފިޔަވަހީގެ މަސައްކަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް މުއިއްޒު އެކްސްގައި ވިދާޅުވީ މިހާރު ތަރައްގީކޮށް ނިމިފައިވާ ބައި އިތުރަށް ތަރައްގީކުރާނެ ގޮތުގެ ކޮންސެޕްޓު ހިމެނޭ ވީޑިއޯ އާއި ފޮޓޯތަކެއް ވެސް ހިއްސާކުރައްވަމުންނެވެ.

އެ މަންޒަރުތަކުން ދައްކުވައިދެނީ އެ ދިމާލުން ލޯންޗުތައް ކައިރިކުރާ ސަރަހައްދުތަކުގައި ލަކުޑި ފާލަންތަކެކެވެ. މުއިއްޒު ވިދާޅުވީ މި ފާލަންތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ނޮވެމްބަރުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. 

Advertisement

ސަރުކާރުން ބުނާ ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ ޒަމާނީ ފެންވަރުގައި މަގު ތަރައްގީކުރުމުގެ އިތުރުން، މާލޭގެ ޓްރެފިކަށް ލުޔެއް ހޯދަން ވެސް ފަހިކޮށްދޭނެ މަޝްރޫއެކެވެ.  

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮން ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިންމާފަ އެވެ. އެ ކުންފުނިން މި ސަރަހައްދު ތަރައްގީކޮށްދިނީ 144.5 މިލިއަން ރުފިޔާގެ އަގަކަށެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ޓައިމްލައިން

  • ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރުން - އޭޕްރިލް 9، 2025
  • މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓު 1، އެއީ އެމްއެމްއޭ ކުރިމަތީ އޮންނަ ސަރަހައްދުގެ މަގު ފުޅާކޮށް، ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން - އޮގަސްޓު 21، 2025
  • ސެގްމަންޓު 1، ތަރައްގީކުރުމުގެ މަސައްކަތް ނިންމާ މަގު އާންމުންނަށް ހުޅުވާލުން - ޑިސެމްބަރު 9، 2025
  • މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ސެގްމަންޓު 2، އެއީ މަސް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮންނަ ސަރަހައްދުގެ، މަގު ފުޅާކޮށް، ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން - ޑިސެމްބަރު 9، 2025
  • ދެވަނަ ފިޔަވަހީގެ ސެގްމަންޓު 2، ތަރައްގީކުރުމުގެ މަސައްކަތް ނިންމާ މަގު އާންމުންނަށް ހުޅުވާލުން - ފެބްރުއަރީ 15، 2026
  • މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓު 2 އިން 5 އަށް، އެއީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ދޭތެރޭ އޮންނަ ސަރަހައްދުގެ މަގު ފުޅާކޮށް، ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން - މާޗު 24، 2026
  • ފުރަތަމަ ފިޔަވަހީގެ ސެގްމަންޓު 2 އިން 5 އަށް މަގު ހެދުމުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުން - ޖުލައި 25، 2026

އެމްޓީސީސީން މި މަސައްކަތް ކުރީ އެކި ސެގްމަންޓުތަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ އެ ކުންފުނިން ތަރައްގީކުރީ އެމްއެމްއޭ ކުރިމައްޗަށް އޮންނަ މަގުގެ ސަރަހައްދެވެ. ދެން ތަރައްގީކުރީ މަސް މާރުކޭޓާއި ނޯތު ހާބަރާ ދެމެދު އޮންނަ ސަރަހައްދެވެ. އެންމެ ފަހުން ނިންމާލީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމަައަށް އޮންނަ ސަރަހައްދެވެ.

އެމްޓީސީސީއަށް މި ހުރިހާ މަސައްކަތެއް ނިންމާލެވުނީ ސޮއިކުރިތާ 15 މަސް ފަހުން، އަދި އަމަލީ މަސައްކަތް ފެށިތާ 11 މަސް ދުވަސް ފަހުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox