ސިމްޑީ ޓެކްގެ 'ލެނޯވޯ ޕްރެޑިކްޓް އެންޑް ވިން' ކެމްޕޭނުގެ ނަސީބުވެރިޔާ ހޮވައިފި

Jul 23, 2026, 3:00 PM
ލެނޯވޯ ލެޕްޓޮޕް ލިބުނު ނަސީބުވެރިޔާއާ އެ އިނާމު ހަވާލުކުރަނީ

ލެނޯވޯ ލެޕްޓޮޕް ލިބުނު ނަސީބުވެރިޔާއާ އެ އިނާމު ހަވާލުކުރަނީ

ސިމްޑީ ޓެކުން ކުރިއަށް ގެންދިޔަ ލެނޯވޯ ފީފާ ވޯލްޑް ކަޕް 2026ގެ ޕްރެޑިކްޓް އެންޑް ވިން ކެމްޕޭނުގެ ނަސީބުވެރިޔާ އެ ކުންފުނިން މިއަދު އިޢުލާނުކޮށްފި އެވެ.

ފޯރިގަދަ ފުޓުބޯޅަ މެޗުތަކަކަށްފަހު ނިމިގެންދިޔަ މި މުބާރާތުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އިބްރާހީމް މުނައްވަރެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ލެނޯވޯ އައިޑިއާ ޕެޑް 14 އިންޗީގެ ލެޕްޓޮޕެކެވެ.

މި ކެމްޕޭނަކީ ވޯލްޑް ކަޕްގެ ގަދަ 16 ވަނަ ބުރުން ފެށިގެން ފައިނަލް މެޗާ ހަމައަށް ކުޅެވުނު ކޮންމެ މެޗެއްގެ ނަތީޖާ ދިމާކުރުމަށް ހުޅުވާލި ފުރުސަތެކެވެ. ސިމްޑީ ޓެކުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިންނަށް ކޮންމެ ރަނގަޅު ލަފާކުރުމަކަށް ޕޮއިންޓް ދެމުން ގޮސްފައިވެ އެވެ. މުޅި މުބާރާތުގެ ތެރޭގައި ލީޑަބޯޑަށް އަންނަ ބަދަލުތައް އާންމުކޮށް ހިއްސާކުރަމުން ދިޔައިރު، އިބްރާހީމް މުނައްވަރު އެއްވަނަ ހޯދީ އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކޮށްގެންނެވެ.

ސިމްޑީ ޓެކުން ވަނީ މި ކެމްޕޭނުގެ ނަސީބުވެރިޔާއަށް މަރުހަބާ ކިޔައި، މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި މި ކެމްޕޭނަށް ލިބުނު ބޮޑު ތަރުހީބުން ދިވެހިންގެ މެދުގައި ފުޓުބޯޅައަށް އޮތް ލޯތްބާއި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިންގާ މިފަދަ ހަރަކާތްތަކަށް އޮތް ޝައުގުވެރިކަން ހާމަވެގެން ގޮސްފައިވެއެވެ. މި ޕްރެޑިކްޓް އެންޑް ވިން ކެމްޕޭނަކީ ޖުލައި މަހުގެ ތެރޭގައި ލެނޯވޯގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ސިމްޑީން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ބައެކެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނާ ގާތުން މުއާމަލާތްކޮށް، ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ ފޯރިއާއެކު ޓެކްނޮލޮޖީގެ ފައިދާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. ސިމްޑީ ޓެކުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އާދަޔާޚިލާފު ތަޖުރިބާތަކެއް ފޯރުކޮށްދީ، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީގެ ޙައްލުތައް ރާއްޖެއަށް ތަޢާރަފުކުރުމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ޕްރޮމޯޝަންތަކާއި އާ އުފެއްދުންތަކުގެ މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް ފޮލޯ ކުރުމަށް ސިމްޑީން އިލްތިމާސްކުރެއެވެ.

ސިމްޑީ ޓެކަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީގެ ސާމާނު ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ކެނަން، ގޮޑޮކްސް، ލެނޯވޯ، މައިލްސްޓޯން އަދި ޖޭބީއެލް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ރާއްޖޭގެ ރަސްމީ އެޖެންޓެވެ.

ދެ ޝޯރޫމާއި ސާވިސް ސެންޓަރެއްގެ އެހީގައި ސިމްޑީން ދަނީ ސަރުކާރުގެ އިދާރާތަކަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށާއި، އާންމު ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. ވޭތުވެދިޔަ ވިހި އަހަރަށްވުރެ ގިނަ ދުވަހު ސިމްޑީން ވަނީ ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާގައި އިތުބާރު ހޯދާފަ އެވެ.

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox