ދިރިއުޅެން ޝަރުތުކޮށް ހުޅުމާލޭން ދޫކުރި ބިންވެރިޔާ ގޯތިތަކުގައި ހަމައެކަނި ވިޔަފާރި ކުރަން ވެސް ހުއްދަ ދެނީ

ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު: ބޯހިޔާވެހިކަމަށް ދޫކުރި ބިންތަކުގައި ވިޔަފާރިކުރަން ހުއްދަ ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް މިނިސްޓަރު ވިދާޅުވި ---- ފޮޓޯ: އަދަދު

ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު: ބޯހިޔާވެހިކަމަށް ދޫކުރި ބިންތަކުގައި ވިޔަފާރިކުރަން ހުއްދަ ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް މިނިސްޓަރު ވިދާޅުވި ---- ފޮޓޯ: އަދަދު

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޫކުރި ބިންތައް ވިޔަފާރިތަކަށް ހާއްސަކުރަން ހުއްދަ ދިނުމަކީ މި ސަރުކާރުން ގެންގުޅޭ ވިސްނުމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ. 

ހިޔާ ޓަވަރުތަކުގައި ލިފްްޓް ހަރުކޮށް ނިންމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތިބި ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެކަށީގެންވާ ބިންތަކެއް ނެތުމާއެކު، އެ ތަނުން ބޯހިޔާވެހިކަމަށް ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ބިންތައް ވިޔަފާރިކުރެވޭނެ ގޮތް ތަނަވަސް ކޮށްދޭން ޖެހޭ ކަމަށެވެ. 

"އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދައި، މިތަނުގައި އުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ މަގުވެސް ތަނަވަސްކޮށްދޭން. މިވަގުތު އެ ބިންތަކަކީ ވަރަށް ބޮޑަށް ތަޅުއެޅުވިފައި ހުރި ބިންތަކެއް. ހަމައެކަނި ދިރިއުޅުމަށްޓަކައި ވަކި ގޮތަކަށް ތަރައްގީ ކުރުމުގެ ހުއްދަ މިދެވެނީ،" މުއްތަލިބު ވިދާޅުވި އެވެ. 

Advertisement

މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ބޯހިޔާވެހިކަމަށް ދޫކުރި ބިންތަކުގައި އަމިއްލަ ފަރާތްތަކުން އިންވެސްޓުކޮށްގެން ޕްރީ ސްކޫލް، ކްލިނިކް ނުވަތަ ޝޮޕިން ކޮމްޕްލެކްސް ފަދަ ތަންތަން އަޅައިގެން ފައިދާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. 

"އެހެންނަމަވެސް ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފަރާތްތަކުން އިންވެސްޓުކޮށްގެން ކުރާ ކަންތައްތަކުން، އަމިއްލަ ފަރާތްތަކުގެ ބިންތައް ބޭނުންކޮށްގެން ހުޅުމާލޭގެ ފޭސް 2 ގައި އުޅޭ ރައްޔިތުންނަށް އެއީ ޕްރީ ސްކޫލެއް ކަމުގައިވީ ނަމަވެސް އެއީ ކްލިނިކްތަކެއް ކަމުގައިވީ ނަމަވެސް އެއީ ޝޮޕިން ކޮމްޕްލެކްސްތަކެއް ކަމުގައިވީ ނަމަވެސް އެހެނިހެން ވިޔަފާރީގެ ކަންތައްތައް ކަމުގައިވީ ނަމަވެސް އެކަންތައްތައް އެބަޖެހެއޭ ހޯދުމުގެ ފުރުސަތު ލިބެން،" މުއްތަލިބު ވިދާޅުވި އެވެ. 

މާލޭގައި ހުރި ބިންތަކުގައި ވިޔަފާރި ބޭނުމަށް އެކި ކަންކަން ކުރެވޭކަން ފާހަގަކުރައްވާ މުއްތަލިބު ވިދާޅުވީ ހުޅުމާލޭގައި ހުރި ބިންތަކުގައިވެސް އެފަދަ ބޭނުންތައް ކުރެވޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ. އެއާއެކު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނަށް ފައިދާވެ، އެތަން ތަރައްގީކުރަން ވެސް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ނިމދިޔަ އެމްޑީޕީގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން 1،409 ގޯތި އަދި ހުޅުމާލެ ފޭސް 3 އިން 699 ގޯތި ދޫކޮށްފައިވެ އެވެ. އޭގެތެރެއިން ގިނަ އަދަދެއްގެ ގޯތި މިހާރު ވަނީ ހަވާލުކޮށް ނިންމާފަ އެވެ. 

ބޯހިޔާވަހިކަން ނޫން ބޭނުންތަކަށް ބިންވެރިޔާ ގޯތިތައް ބޭނުންކުރަން ހުއްދަ ދޭން އުޅޭއިރު، އެ ބިންތަކުގައި އިމާރާތްކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ވައުދު ފުއްދުމުގެ "ހިޔާވެހި" ނަމުގައި ފައިނޭންސިން ސްކީމެއް ތައާރަފުކުރި އެވެ. ނަމަވެސް، މި ސްކީމު އޮތް ގޮތުން ޝަރުތު ހަމަވީ މަދު ބަޔެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox