އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައިފި

Jun 25, 2026, 7:05 PM
ސަލްޓަން ޕާކުގެ ތެރޭގައި ހުންނަ އުސްގެކޮޅު: މިއީ ރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައި --- ފޮޓޯ: ނާޖިހު ދީދީ

ސަލްޓަން ޕާކުގެ ތެރޭގައި ހުންނަ އުސްގެކޮޅު: މިއީ ރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައި --- ފޮޓޯ: ނާޖިހު ދީދީ

ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައިވާ އާސާރީ ތަރިކައެއް ކަމުގައިވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި އެ ތަނަށް ބަޔަކު ގެއްލުން ތަކެއް ދީފި އެވެ.

މިކަން ހާމަކުރަމުން ހެރިޓޭޖު މިނިސްޓްރީން އެކްސްގައި ބުނީ މި މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައުމާއެކު ފުލުހުންނާ ގުޅިގެން ހާދިސާ ހިނގި ގޮތުގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. މި ތަހުގީގަށް ފަހު، މި ކަމުގައި ޒިންމާވާ މީހުންނަށް ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތްވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި މައްސަލައިގެ ތެރެއިން ހެރިޓޭޖު މިނިސްޓްރީން ވަނީ އެ ތަން ބެލެހެއްޓުމުގެ މަސައްކަތް އެ މިނިސްޓްރީއާ ހަވާލުނުކުރާތީ މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

އެ ގޮތުން މިނިސްޓްރީން ބުނީ، އުސްގެކޮޅު ހިމެނޭ ގޮތަށް އެ ސަރަހައްދު ތަރައްގީކުރަން ސަރުކާރުން ހިންގާ ޕްރޮޖެކްޓާ ގުޅިގެން، ތަނުގެ ތަޅުދަނޑި ހަވާލުކުރަން ކައުންސިލުގައި ރަސްމީކޯށް އެދިފައިވީ ނަމަވެސް ކައުންސިލުން ތަން ހަވާލުނުކުރާ ކަމަށެވެ. 

އުސްގެކޮޅަކީ ރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައި އަދި އެންމެ ފުރަތަމަ ދާރުލްއާސާރު ހުރި އިމާރާތެވެ. 

ހެރިޓޭޖު މިނިސްޓްރީން ބުނި ގޮތުގައި މިއީ 20 ވަނަ ގަރުނުގެ ކުރީކޮޅު އައްސުލްތާން  ހާޖީ އިމާދުއްދީން (ހަ ވަނަ) އިމާރާތްކުރެއްވި ގެކޮޅެކެވެ. އަދި، މި އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެ ދުވަސްވަރުގެ އިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކައިދޭ ތަނެއް ކަމަށް ވެސް ބުންޏެވެ. 

"އުސްގެކޮޅު ފަދަ ތާރީހީ ތަންތަނަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުން ތަނަށް ލިބުން އެކަށީގެންވޭ،"

މިނިސްޓްރީން ވަނީ މި ތަން ބެލެހެއްޓުމުގެ މަސައްކަތާ އެ މިނިސްޓްރީން ހަވާލުވުމުގެ ގޮތުން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފަށާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެ އެވެ. 

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox