އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައިފި
އާސާރީ ބިނާއެއް ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުން ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށިއިރު، ހެރިޓޭޖް މިނިސްޓްރީން ވަނީ އެތަން ބެލެހެއްޓުމަށް މިނިސްޓްރީއާ ހަވާލުނުކުރާތީ މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔައި، އެތަން ހަވާލުކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ފަށާފަ.