ވަޒީފާތަކުން މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް ތެދުވާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވައިފި

ޖޫން 10، 2026: ނަޝީދު ކެމްޕޭނަށް ރަށަކަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ނުކުތް މީހުންނާ ސަލާމް ކުރައްވަނީ

ޖޫން 10، 2026: ނަޝީދު ކެމްޕޭނަށް ރަށަކަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ނުކުތް މީހުންނާ ސަލާމް ކުރައްވަނީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނުކުންނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ސަސްޕެންޑުކުރަމުންދިޔުމާ ދެކޮޅަށް ނުކުންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވައިފި އެވެ. 

ހުވަދޫ އަތޮޅަށް ނަޝީދު ކުރެއްވި ކެމްޕޭން ދަތުރުގައި އެމަނިކުފާނުގެ އިސްތިގުބާލަށް ދިޔަ މުވައްޒަފުންނަށާއި އެމަނިކުފާނާއެކު ފޮޓޯ ނެގި ބައެއް މުވައްޒަފުންނާ ދެކޮޅަށް ކުންފުނިތަކުން އެކި ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރުމާއި، ސަސްޕެންޑު ކުރުމާއި މިހާރު ވަޒީފާ އަދާކުރަމުންދާ ރަށް ދުރު އެހެން ރަށަކަށް ބަދަލުކުރުން ހިމެނެ އެވެ. 

ނަޝީދުގެ ކެމްޕޭނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ފިޔަވަޅުތަކަކީ ސަރުކާރުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއަށް ވަދެގަތުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ބިރު ދައްކައި ހައްގުތައް ނިގުޅައިގަތުން ކަމަށް ނަޝީދުގެ ކެމްޕޭނުން ބުނެފައިވެ އެވެ.

Advertisement

"ނަޝީދު އިސްވެ ހުންނަވައި، ގާނޫނީ ފަރުވާ ހިމެނޭހެން، އެ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވާނެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ. އަދި ނަހަމަ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވަމުންދާ ފަރާތްތަކުގެ ކަންކަން މި ކެމްޕޭނުން ގާތުން ބަލައި، އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ވާހަކަ ވެސް ދަންނަވަމެވެ." 

ނަޝީދުގެ ކެމްޕޭނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރި އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެގި މައްސަލައިގައި މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. 

ސޯބެއަށް ކެމްޕެއިންކޮށްދިން ކަމަށް ބުނެ ވެމްކޯގެ މުވައްޒަފަކު ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި އެ ކުންފުނިން ގާނޫނާ ހިލާފަށް ޕެންޝަންގެ ފައިސާ ހިފަހައްޓާތީ މުޒާހަރާ ކުރި ދެ މީހަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. 

ސިޔާސީ ކަމެއްގައި މިހަފުތާގެ ތެރޭގައި ވަޒީފާއިން ވަކިކުރި/ސަސްޕެންޑު ކުރި މީހުންގެ އަދަދު 11 އަށް ވުރެ ވަނީ އިތުރުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox