މަޝްހޫރު ލަވަކިޔުންތެރިޔާ ޕީބޯ ބްރައިސަން ނިޔާވެއްޖެ
ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕީބޯ ބްރައިސަން، ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް އުމުރުން 75 އަހަރުގައި ވަނީ ނިޔާވެފައެވެ. ދެ ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ބްރައިސަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ޑިޒްނީގެ ފިލްމުތަކަށް ކިޔައިދީފައިވާ "ބިއުޓީ އެންޑް ދަ ބީސްޓް" ފަދަ ކާމިޔާބު ލަވަތަކުންނެވެ.