ސީއެފްއައިކޯގެ އެވޯޑެއް އެމްއައިބީއަށް ލިބިއްޖެ

ސީއެފްއައިކޯ

ސީއެފްއައިކޯ

ސީއެފްއައިކޯ އިން ދޭ "ޗެމްޕިއަން އޮފް އިންޓެގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން 2026" އެވޯޑް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެ އެވެ.

އެމްއައިބީން ބުނީ މި އެވޯޑަކީ އިސްލާމީ ބޭންކިންގެ ދާއިރާގައި އެމްއައިބީން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ދެމެހެއްޓެނިވި މާލީ ކާމިޔާބީގެ އަގު ވަޒަންކޮށް ދީފައިވާ އެވޯޑެއް ކަމަށެވެ. 

ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ގޮންޖެހުން ބޮޑު ޖިއޮގްރަފީއެއް އޮތްކަމުގައި ވިޔަސް އެމްއައިބީއިން ވަނީ މި ގޮންޖެހުންތަށް ގިރާކޮށް ނަތީޖާ ނެރެދީފަ އެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ހިދުމަތަކަށް އެދުމުގެ މަގު ފަހިކޮއްދީފައެވެ. އަތޮޅުތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހޯދާފައިވާ ކާމިޔާބީ މި އެވޯޑު ދިން ސީއެފްއައިކޯ އިން ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ބޭންކުން ހާމަކުރި ގޮތުގައި އެމްއައިބީގެ ސްޓްރެޓެޖީ ބިނާވެފައި ވަނީ ޝަރީޢާ ހިންގުމުގެ ވަރުގަދަ އޮނިގަނޑަކާއި، ޑިޖިޓަލް އީޖާދާއި ސީދާ ބޭންކިން ހިދުމަތް ގުޅުވައިދޭ އެއް އޮޕަރޭޓިން މޮޑެލެއްގެ މައްޗަށެވެ.

މި ކާމިޔާބީ ދައްކުވައިދެނީ ބޭންކުގެ ވަރުގަދަ މާލީ ކުރިއެރުން ކަމަށާއި މިދިޔަ އަހަރު އެމްއައިބީން ޖުމުލަ އެސެޓް 16.63 ބިލިއަން ރުފިޔާއަށް އެރި ކަމަށް އެ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން މި އެވޯޑުދިނުމުގައި ފާހަގަކޮށްފައި ވަނީ ދިވެހި ސަރުކާރާއި އައިސީޑީ ހިމެނޭ ގޮތަށް ހިއްސާދާރުންގެ ޑައިވާސިފައިޑް ބޭސްއަކާ އެކު އެމްއައިބީގައި ގާއިމުކޮށްފައިވާ ހަރުދަނާ ހިންގުމުގެ އޮނިގަނޑާއި، ޝަރީއާ އަދި ބޯޑް ފެންވަރުގެ ވަރުގަދަ އޯވަސައިޓް ނިޒާމުތައް ކަމަށް އެ ބޭންކުން ބުނެއެވެ.

އެމްއައިބީން ބުނީ ޑިޖިޓަލް ބޭންކިން، ސެލްފް ސާވިސް ވަސީލަތްތައް، ރިމޯޓް އޮންބޯޑިން، އަދި ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ އިންވެސްޓްމަންޓްތައް ވެސް މި އެވޯޑުގައި ބަލައިގެންފައިވާ ކަމަށެވެ. 

އެމްއައިބީން މީގެ ކުރިން ވަނީ ވިސާ ކޮމާޝަލް ސޮލިއުޝަންސް އެކްސެލެންސް އެވޯޑް ފޯ ބެސްޓް ބިޒްނަސް ޑެބިޓް އިޝުއާގެ އިތުރުން، އިސްލާމިކް ބޭންކް އޮފް ދަ ޑެކޭޑް، އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ، އަދި 10 ވަނަ އައިއެފްއެސްއޭ އެވޯޑްސް 2025 ގައި އިސްލާމިކް ބޭންކް އޮފް ދަ އިޔާ ހާސިލުކޮށްފަ އެވެ. 

މީގެ އިތުރުން ވެސް މާކެޓުގައި އެމްއައިބީ އޮތް މަގާމު އިތުރަށް ވަރުގަދަކޮށްދިނީ، 11 ވަނަ އިރްބާ އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އިސްލާމިކް ރީޓެއިލް ބޭންކް 2025 އެމްއައިބީން ހާސިލުކުރުމާއި، ރާއްޖޭގެ އެންމެ މޮޅު ޑިޖިޓަލް ބޭންކިން އިނިޝިއޭޓިވް އެވޯޑް ވެސް ހާސިލުކުރުމުންނެވެ.

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox