ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމް

2 ލިޔުން

އިނގިރޭސިވިލާތާއެކު އަސްކަރީ ގުޅުން ބަދަހި ކުރަން މަޝްވަރާކޮށްފި ހަބަރު

އިނގިރޭސިވިލާތާއެކު އަސްކަރީ ގުޅުން ބަދަހި ކުރަން މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އަސްކަރީ ގުޅުން ބަދަހިކޮށް، ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރާއި އިނގިރޭސި ސަފީރު މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން، އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑާއެކު އޮންނަ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގެ ދަށުން އަސްކަރީ ތަމްރީނުތައް ފުޅާކުރުމަށްވެސް ދިވެހި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެ-އެމެރިކާ އަސްކަރީ ގުޅުން ފުޅާކުރަން މަޝްވަރާހަބަރު

ރާއްޖެ-އެމެރިކާ އަސްކަރީ ގުޅުން ފުޅާކުރަން މަޝްވަރާ

ރާއްޖެ އާއި އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑާ ދެމެދު އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހިކޮށް، "ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމް" ފުޅާކުރުމާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރާއި މޮންޓާނާގެ އާ އެޖުޓަންޓް ޖެނެރަލް ބޭއްވި ބައްދަލުވުމެއްގައެވެ. މި ޕްރޮގްރާމަކީ އެމެރިކާގެ އަސްކަރީ ތަޖުރިބާގެ އަލީގައި ދިވެހި ސިފައިންނަށް ތަމްރީނު ދިނުމަށް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.