ލީވާން ވަގުތުން މިނިވަންކޮށް ސިއްހީ ފަރުވާ ކަށަވަރުކުރުމަށް ޝާހިދު ގޮވާލައްވައިފި

May 17, 2026, 9:30 PM
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލާ ގޮވާލުންތައް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު  ތަކުރާރު ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ހައްޔަރުކޮށް، އޭނާއަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށާއި، އޭނާ އެކަހެރިކޮށް ބަންދުގައި ބަހައްޓާފައިވާ ކަމަށް ލިބެމުންދާ ރިޕޯޓުތަކަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށް ޒިންމާވާންޖެހޭނީ ކަމާބެހޭ ފަރާތްތަކުން. އަދި އެއްވެސް ލަސްކުރުމެއްނެތި، އޭނާއަށް ބޭނުންވާ ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން އެފަރާތްތަކަށް ލާޒިމުވެގެންވޭ،" ޝާހިދު ވިދާޅުވި އެވެ. 

އަދަދު ނޫހުން ނެރެނު އައިޝާ ޑޮކިއުމެންޓަރީއާ ގުޅިގެން މުއިއްޒުއަށް ފާޑުކިޔުންތައް އިތުރުވަމުން ދަނިކޮށް ނެރުނު އަނގަ ބަންދުކުރުމުގެ ކޯޓު އަމުރުގެ ހަބަރު ލިޔެގެން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު، އެ އަމުރާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި 10 ދުވަހަށް ޖަލަށް ލުމަށް މި މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

ހަމަ އެ ދުވަހު އަދަދު ނޫހުގެ މުހައްމަދު ޝަހުޒާނު 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ މިމަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލަކީ އަނގަ ބަންދުކުރުމުގެ ކޯޓު އަމުރާ ހިލާފު ސުވާލެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. 

މިއީ އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން، ހަބަރެއް ލިޔެގެން އަދި ސުވާލެއް ކޮށްގެން ޖިނާއީ ދައުވާ އުފުލައި ނޫސްވެރިޔަކު ޖަލަށްލި ފުރަތަމަ ފަހަރެވެ. 

އަނގަ ބަންދުކުރުމުގެ ކޯޓު އަމުރާ ޝަހުޒާން އަދި ލީވާން ހިލާފުވި ކަމަށް ކަނޑައަޅައި ހުކުމްކުރިއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް ވެރިން ހިމެނޭހެން ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން އެ ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް އެ މައްސަލަތައް ބަލައި ހުކުމެއް ނުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox