ސީޕީޖޭ
2 ލިޔުން
ހަބަރުޖަލަށް ލުމުގެ ބޭނުމަކީ ތަހުގީގީ ނޫސްވެރިކަން ކުށަކަށް ހެދުން
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ޖަލަށްލުމަކީ ތަހުގީގީ ނޫސްވެރިކަން ކުށަކަށް ހަދައި، ފާޑުކިޔުންތަކުން ރައީސް ދިފާއުކުރުމަށް ކުރި ކަމެއް ކަމަށް ސީޕީޖޭއިން ބުނެފިއެވެ. އެ ޖަމިއްޔާއިން ވަނީ ނޫސްވެރިން މިނިވަންކޮށް، ކޯޓުތައް މެދުވެރިކޮށް ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލާފައެވެ. މި ހުކުމްތަކަކީ ދިފާއުވުމުގެ ފުރުސަތު ނުދީ އިއްވި، ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަކުރެއެވެ.
ހަބަރުފިޔާޒާއި، ހަސަނަށް ދައުވާކުރުން ސީޕީޖޭއިން ކުށްވެރިކޮށްފި
"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ އިސްވެރިންނަށް ދައުވާކުރުމާއި، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުން އެ ނޫހުގެ ނޫސްވެރިޔަކު ބޭރުކޮށްލި މައްސަލައިގައި ސީޕީޖޭއިން ވަނީ ނޫސްވެރިންނަށް ކުރާ ދައުވާތައް އަނބުރާ ގެންދިއުމަށާއި، ބިރެއް ނެތި ނޫސްވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލާފަ.
