ޔޫކްރެއިން ހަނގުރާމަ ނިމުމަކާ ގާތްވެއްޖެ: ޕޫޓިން
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކާ ގާތްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ޔޫރަޕްގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އައު މަޝްވަރާތަކަކަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ލަޑީމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ. މޮސްކޯގައި ބޭއްވި ނަސްރުގެ ދުވަހުގެ ޕެރޭޑަށްފަހު ވާހަކަދައްކަވަމުން، ހަނގުރާމަ ފެށުމުގެ ޒިންމާ ހުޅަނގުގެ ބޮލުގައި އަޅުވައި، ނޭޓޯ ފުޅާކުރުމާ ދެކޮޅަށް ޕޫޓިން ވަނީ އަނެއްކާވެސް ފާޑުވިދާޅުވެފައެވެ.