ރައީސްގެ އާއިލީ ވަކީލު އާޒިމާ ސުޕްރީމް ކޯޓަށް ވަޑައިގެންފި

May 7, 2026, 8:48 AM
އާޒިމާ ޝަކޫރު: ސުޕްރީމް ކޯޓަށް ވަޑައިގަތީ އެޕޮއިންޓްމަންޓަކަށް ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އާޒިމާ ޝަކޫރު: ސުޕްރީމް ކޯޓަށް ވަޑައިގަތީ އެޕޮއިންޓްމަންޓަކަށް ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް އިއްޔެ ވަޑައިގެންފި އެވެ. 

ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން އަދަދު އާ ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ކޯޓަށް ވަޑައިގަތީ އޭނާގެ މުވައްކިލެއްގެ މައްސަލައިގައި ކަމަށެވެ. އަދި ކޯޓަށް ވަޑައިގެންނެވީ ކުރިން އެޕޮއިންޓްމަންޓެއް ހައްދަވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ސުޕްރީމް ކޯޓަށް އަޅުގަނޑު ދިޔައީ އެޕޮއިންޓްމަންޓަކަށް. އެއީ ރަޖިސްޓްރީ ނުހެދިގެން އުޅޭ ކުޑަ ދެ ކުއްޖެއްގެ މައްސަލައިގައި،" އާޒިމާ ވިދާޅުވި އެވެ. 

Advertisement

އާޒިމާ ވަނީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ސިޔާސީ އިދިކޮޅު ފަރާތްތަކެއްގެ މައްޗަށް ކުރި އަބުރުގެ ދައުވާގައި ކޯޓަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން މުލީއާގޭގައި ވެސް އާޒިމާ ގެންދަވަނީ ރައީސްގެ އަނބިކަނބަލުންނާއެކު އެކި ބައްދަލުވުންތައް ބާއްވަވަމުންނެވެ. 

ރައީސްގެ އާއިލީ ވަކީލެއްގެ ގޮތުގައި އާޒިމާ ހަރަކާތްތެރިވެވަޑައިގަންނަވަން ފެށި ފަހުން ނޮވެމްބަރު، 2025، ގައި ޕްރޮސެޖިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އާޒިމާގެ މައްޗަށް ކޮށްފައި އޮތް ޖިނާއީ ދައުވާތަކެއް އަނބުރާ ގެންގޮސްފަ އެވެ. 

އާޒިމާގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާތައް ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ ފެބްރުއަރީ 17، 2019، ގަ އެވެ.

ޕީޖީ އޮފީހުން ބުނީ އާޒިމާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ނިންމީ އެ ދައުވާތައް މުރާޖައާ ކޮށްދިނުމަށް އޭނާގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

"އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ މި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވަނީ ނިންމާފައި،" ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox