އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސްއަށް ދައުވާކޮށް ރިސޯޓު ހަދަން ދީފައި އޮތް ރަށް އަތުލަނީ

May 10, 2026, 5:19 PM
އޭސީސީގެ ރައީސް އާދަމް ޝާމިލް: ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް އެދުނީ މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން -- ފޮޓޯ: އަދަދު ފައިލް

އޭސީސީގެ ރައީސް އާދަމް ޝާމިލް: ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް އެދުނީ މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަން އުފެއްދި ކުންފުނި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިިއަދު ފޮނުވައިފި އެވެ. 

ޕޮޕިއުލާ މޯލްޑިވްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ ދެ ދަރިން، ރީޝަމް ރިޔާޒް އަދި ރައުޝަން ރިޔާޒްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. 

އޭސީސީ އިން ބުނީ ޖުލައި 13، 2015، ގައި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް 150،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެންގުޅުއްވި ކުންފުންޏެކެވެ. 

"މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވޭ. އަދި މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށާއި ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މަސައްކަތްކޮށްފައިވޭ،" އޭސީސީ އިން ބުންޏެވެ. 

އެ ދުވަސްވަރު، ތ. އޮޅުގިރި، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ޕޮޕިއުލާ މޯލްޑިވްސް އިން ވަނީ އެކުއިޒިޝަން ފީއެއް ދައްކައިފަ އެވެ. އޭސީސީ އިން ބުނީ އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެ ކޮމިޝަނަށް ޔަގީންވާ ކަމަށެވެ. 

އޮޅުގިރި ނެގި ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ރަށް ތަރައްގީކޮށްފައިނުވާކަން އޭސީސީ އިން ފާހަގަ ކުރެ އެވެ. އަދި ރަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައިނުވާތީ އޮޅުގިރި ދައުލަތަށް ނަގައިދޭން ޓުއަރިޒަމް މިނިސްޓްރީގައި އެދޭނެ ކަމަށް ވެސް އޭސީސީ އިން ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާ ކުރަން ފޮނުވިއިރު، ބޮޑު ހިޔާނާތުގެ ފައިސާ ރިޔާޒް ރަޝީދަށް ވެސް ލިބުނުކަން މީގެ ކުރިން އޮތީ ހާމަވެފަ އެވެ. އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ނެރުނު އިރު އެސްއޯއެފް ކުންފުނިން ރިޔާޒް ރަޝީދުގެ އެކައުންޓަށް 17 މިލިއަން ރުފިޔާ ފޮނުވާފައި އޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox