އޮލީސޭގެ ގޯލުން ޗެމްޕިއަން ބަޔާނަށް މޮޅެއް

May 10, 2026, 7:49 AM
ރޭގެ މެޗުގެ ތެރެއިން ވުލްފްސްބާގުގެ އެރިކްސަން ކައިރިން ބަޔާންގެ އޮލީސޭ ބޯޅަ ހިފައިގެންދަނީ.

ރޭގެ މެޗުގެ ތެރެއިން ވުލްފްސްބާގުގެ އެރިކްސަން ކައިރިން ބަޔާންގެ އޮލީސޭ ބޯޅަ ހިފައިގެންދަނީ.

މިއުނިކް (މެއި 10) - ޖަރުމަނު ލީގު ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ބަޔާން މިއުނިކުން ރޭ ލީގުގައި ކުޅުނު މެޗުގައި މައިކަލް އޮލީސޭ ކާމިޔާބުކުރި ހަމައެކަނި ގޯލުން 1-0 އިން ވުލްފްސްބާގް އަތުން މޮޅުވެއްޖެ އެވެ.

ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅޭ ބަޔާން މިއުނިކުން ވަނީ ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި، އެ ކްލަބްގެ ތާރީހުގައި 35 ވަނަ ފަހަރަށް ލީގު ހޯދައިފަ އެވެ. ރޭގެ ނަތީޖާއާ އެކު، ޖަރުމަނު ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 33 މެޗުން 86 ޕޮއިންޓާ އެކު އެވެ.  ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 33 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ. 

ވުލްފްސްބާގުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި، އެ ޓީމުގެ ވިނީޝިއުސް ސޫޒާ ކުރި އެޓޭކެއް ބަޔާންގެ ކީޕަރު ޖޮނަސް އުރްބިގް ވަނީ މަތަކޮށްފަ އެވެ. ބަޔާނުގެ ޖަމާލް މުސިއާލާ، ވުލްފްސްބާގް އޭރިއާތެރެއިން ފޮނުވާލި ބާރު ޝޮޓް، ވުލްްފްސްބާގްގެ ކީޕަރު، ކަަމިލް ގްރަބާރާ ވަނީ މަތަކޮށްފަ އެވެ.  

ބަޔާނުގެ އޮލީސޭ އަށް މެޗުގެ 32 ވަނަ މިނިޓްގައި ވުލްފްސްބާގުގެ ކޮންސްޓަންޓީނޯސް ކުލިއެރަކިސް ކުރި ފައުލަކަށް ދިން ޕެނަލްޓީން ހެރީ ކޭން ފޮނުވާލި ބޯޅަ ގޯލާ ސީދާ ވާގޮތެއް ނުވި އެވެ. އެންމެ ފަހުން ނުވަ ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް ކޭން މި ފަހަރު ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި އެވެ. 

އޭގެ ފަހުން، ވުލްފްސްބާގުގެ ކްރިސްޓިއަން އެރިކްސަން އާއި ޑެނިސް ވާވްރޯ އަށް ލިބުނު ފުރުސަތުތަކުގައި ވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. 

މެޗުގެ ހަމައެކަނި ގޯލު ބަޔާނުން ކާމިޔާބުކުރީ ދެ ވަނަ ހާފުގެ 10 މިނިޓް ހިނގި ފަހުންނެވެ. އެ ގޮތުން، މެޗުގެ 55 ވަނަ މިނިޓްގައި އަރިމަތިން އޮލީސޭ އަށް ލިބުނު ބޯޅަ، އޭރިއާ ރޮނގުމަތީގައި ހުރެފައި ފޮނުވާލިއިރު، ގޯލުގެ ދުރު ކަނަށް އަމާޒުވީ ވުލްފްސްބާގުގެ ކީޕަރު، ގްރަބާރާ އަތްމަތިން ގޮހެވެ. 

ވުލްފްސްބާގަށް މެޗުގެ ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، މުޅިން ހުސްކޮށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި، އެ ޓީމުގެ މަޓިއަސް ސްވެންބާގް ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox