ނަޝީދާއި ސޯލިހު ވެސް މިވަގުތު ދިއްލީގައި

May 9, 2026, 10:24 AM
ރައީސް ސޯލިހާއި ރައީސް ނަޝީދު މީގެ ކުރިން ބޭއްވެވި ބައްދަލުވުމެއްގައި: މިއަދު މެންދުރުގެ ވަގުތެއްގައި ނަޝީދު މާލެ ވަޑައިގަންނަވާނެ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހާއި ރައީސް ނަޝީދު މީގެ ކުރިން ބޭއްވެވި ބައްދަލުވުމެއްގައި: މިއަދު މެންދުރުގެ ވަގުތެއްގައި ނަޝީދު މާލެ ވަޑައިގަންނަވާނެ -- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު މޯލްޑިވިއަން ޑީމޮކްރެޓިކް ޕާޓީގެ ލީޑަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިވަގުތު ހުންނެވީ އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގަ އެވެ. 

ނަޝީދު ދިއްލީއަށް ފުރާވަޑައިގެންނެވީ މެއި 6، ގަ އެވެ. އެމަނިކުފާނު ވަޑައިގަތީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމަކަށެވެ.

ސޯލިހު ދިއްލީއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނު ދިއްލީއަށް ކުރައްވާ ދަތުރުގެ ބޭނުމެއް އަދި ނޭނގެ އެވެ. ނަމަވެސް ސޯލިހުގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ލިޔުއްވާފައި ވަނީ އެމަނިކުފާނު ދިއްލީއަށް ވަޑައިގެންނެވީ ރަސްމީ ދަތުރެއްގައި ކަމަށެވެ. 

ނަޝީދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު 11:45 ގަ އެވެ. ވަޑައިގެންނެވުމަށްފަހު އެއާޕޯޓުން ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ. ސޯލިހު މާލެ ވަޑައިގަންނަވާނެ ތާރީހެއް އަދި ނޭނގެ އެވެ. 

ނަޝީދާއި ސޯލިހު އެއް ވަގުތެއްގައި ދިއްލީގައި ހުންނެވި ނަމަވެސް އެ ދެ ބޭފުޅުންގެ އެ ގައުމުގައި ބައްދަލު ކުރެއްވި ކަމެއް ނޭނގެ އެވެ. ނަޝީދު އަދި ސޯލިހުގެ ގާތް ބޭފުޅުންނަށް މިވަގުތު ނުގުޅޭތީ މިކަމުގައި އެ ދެބޭފުޅުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. 

ނަޝީދާއި ސޯލިހުގެ ވެރިކަމުގައި އެ ދެ ބޭފުޅުން ވަނީ އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައިފަ އެވެ. އެއާ ހިލާފަށް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވެސް އިންޑިއާއާ ދެކޮޅަށް ހިންގި ކެމްޕެއިނަކުންނެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޑިއާއާ ދުރަށް ޖެހުމުގެ މަގު ޗާޓެއް ވެސް މުއިއްޒު އިއުލާނު ކުރެއްވި އެވެ. 

މުއިއްޒުގެ ސަރުކާރުން އިންޑިއާއާއެކު މަސައްކަތް ކުރަން ބޭނުން ނުވި ނަމަވެސް އިގްތިސާދު މެނޭޖް ނުކުރެވުމާއި މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔުމުން އިންޑިއާއާއެކު އޮތް ގުޅުން އެއްކޮށް ކަނޑައެއްނުލެވުނެވެ. 

އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވައި ވެރިކަމަށް މީގެ ވަޑައިގެންފައިވާ ސޯލިހާއި ނަޝީދަކީ ކުރިން ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވި ދެ ރަހުމަތްތެރިން ނަމަވެސް މިވަގުތު އެ ދެބޭފުޅުންނަކީ ސިޔާސީ ވާދަވެރިންނެވެ.

މިވަގުތުގެ ހާލަތަށް ބަލާއިރު ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވަޑައިގަތުމަށެވެ. ސޯލިހު ބޭނުންވެވަޑައިގަންނަވަނީ އެ މަގާމަށް މީކާއީލް އަހުމަދު ނަސީމު ގެނައުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox