މެންބަރު ސުޖާއުގެ ކުންފުނީގެ މުދާ ގުދަން ކުރަނީ ޕީއެސްއެމްގެ އިމާރާތްތަކުގައި

May 7, 2026, 12:17 PM
ޕީއެސްއެމްގައި ގުދަންކޮށްފައި ހުރި ސުޖާއުގެ މުދާ: މީގެ ތެރެއިން ބައެއް ތަކެތި އެތަނުގައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ -- ފޮޓޯ: ކިޔުންތެރިއެއް

ޕީއެސްއެމްގައި ގުދަންކޮށްފައި ހުރި ސުޖާއުގެ މުދާ: މީގެ ތެރެއިން ބައެއް ތަކެތި އެތަނުގައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ -- ފޮޓޯ: ކިޔުންތެރިއެއް

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ "އޮފިޝަލް އިވެންޓްސް" ގެ މުދާތަކެއް ޕަބްލިކް ސާވިސް މީޑިއާގެ ދެ އިމާރާތެއްގައި ގުދަން ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސުޖާއުގެ ކުންފުނީގެ ވަރަށް ގިނަ މުދާ ޓީވީ މޯލްޑިވްސްގެ އިމާރާތް އަދި ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގައި ގުދަންކޮށްފައި ހުރި ތަނުގެ ފޮޓޯތަކެއް އަދަދު އަށް ވަނީ ލިބިފަ އެވެ. އަދި އެއީ ސުޖާއުގެ ކުންފުނީގެ މުދާތަކެއްކަން މި ނޫހުން ވާނީ ކަށަވަރުކޮށްފަ އެވެ. 

ސުޖާއުގެ އަމިއްލަ ކުންފުނީގެ މުދާ ޕީއެސްއެމްގައި ގުދަން ކުރާތާ އެއް އަހަރު ވެދާނެ ކަމަށް މި ނޫހާ ވާހަކަ ދެއްކި ޕީއެސްއެމްގެ މުވައްޒަފަކު ބުންޏެވެ. އަދި މީގެ ފަސް ވަރަކަށް މަސްދުވަސް ކުރިން ސުޖާއުގެ އިތުރު މުދާތަކެއް ވެސް ޕީއެސްއެމްގެ އިމާރާތަކަށް ގެނައި ކަމަށް އޭނާ ބުންޏެވެ. 

ޕީއެސްއެމްގެ އިމާރާތްތަކުގައި ގުދަންކޮށްފައި ހުރި މުދަލުގެ ތެރޭގައި ލައިޓިންއަށް ބޭނުން ކުރާ ސާމާނާއި ގޮނޑި މޭޒާއި އިވެންޓު ތައްޔާރު ކުރަން ބޭނުންވާ އެހެނިހެން ސާމާނު ހިމެނެ އެވެ. 

ސުޖާއުގެ ކުންފުނީގެ ޝެއާހޯލްޑަރުންގެ ތެރޭގައި ހިމެނޭ އަހުމަދު އަދުހަމްއަކީ ޕީއެސްއެމްގެ ބޯޑު މެންބަރެކެވެ. އޮފިޝަލް އިވެންޓުގެ އެއްވެސް މުދަލެއް ޕީއެސްއެމްގައި ގުދަންކޮށްފައި ނުހުންނާނެ ކަމަށް މި ނޫހާ ވާހަކަ ދައްކަވަމުން ސުޖާއު އަދި އަދުހަމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މި ނޫހުން ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަކީބު (ޝަކީއްބެ) އަށް ގުޅުމުން އޭނާ ވިދާޅުވީ އަމިއްލަ ކުންފުންޏެއްގެ ސާމާނު ޕީއެސްގެ އިމާރާތެއްގައި ހުރިކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox