އިރާން ހަނގުރާމައަށް ކޮންގްރެސްގެ ހުއްދަ ހޯދަން ޓްރަމްޕް ދެކޮޅު

May 2, 2026, 6:59 AM
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް އޮތް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ދެކޮޅުކަމުގެ އިޝާރާތެއް ކުރައްވާފައި. -- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް އޮތް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ދެކޮޅުކަމުގެ އިޝާރާތެއް ކުރައްވާފައި. -- ފޮޓޯ: ރޮއިޓާޒް

އިރާނަށް ހަމަލާ ދިނުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެ، އެ ގައުމާ ދެކޮޅަށް ކުރާ ހަނގުރާމައަށް ކޮންގްރެސްގެ ހުއްދަ ހޯއްދަވަން ނުޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑްރަލްޑު ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އީރާނަށް ހަމަލާދޭން ފެށިކަން ރަސްމީކޮށް ކޮންގްރެސްއަށް އެންގިތާ 60 ދުވަސް ހަމަވި ދުވަހުއެވެ.

އެމެރިކާގެ ގާނޫނުތައް ބުނާގޮތުން، ރައީސަކު ހަނގުރާމައެއް ފަށާކަން ކޮންގްރެސްއަށް އެންގުމަށްފަހު، ކޮންގްރެސްގެ ހާއްސަ ހުއްދައެއް ނެތްނަމަ 60 ދުވަހުގެ ތެރޭގައި އެ ހަނގުރާމައެއް ހުއްޓާލަން ޖެހެއެވެ.

Advertisement

ޓްރަމްޕް ކޮންގްރެސްގެ ލީޑަރުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ފެބްރުއަރީ 28 ގައި ފެށި ހަނގުރާމަ މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އޭޕްރިލް 7 ވަނަ ދުވަހުން ފެށިގެން ހަމަލާ ބަދަލުކުރުން ހުއްޓިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. 

ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވެއެވެ. އިރާނުގެ ރަސްމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާކިސްތާން މެދުވެރިކޮށް އިރާނުން ވަނީ މަޝްވަރާ ކުރުމުގެ އާ ހުށަހެޅުމެއް އެމެރިކާއަށް ފޮނުވާފައެވެ. 

ކޮންގްރެސްގެ ތެރޭގައި މި ހަނގުރާމައަށް ރަސްމީ ހުއްދަ ހޯދުމަށް ވޯޓަކަށް ދިއުމާ މެދު ބަހުސްތައް ދަނީ ކުރެވެމުންނެވެ. ޑިމޮކްރެޓުން ޓްރަމްޕްގެ ބާރުތައް ހަނިކުރަން މަސައްކަތް ކުރަމުންދާއިރު، ޓްރަމްޕް ވިދާޅުވަނީ ކޮންގްރެސްގެ ހުއްދަ ހޯދުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، ގާނޫނީ މާހިރުން ބުނާގޮތުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަކީ ހަނގުރާމަ ނިމުނީ ކަމަށް ބަލައި، 60 ދުވަހުގެ މުއްދަތު ގުނުން ހުއްޓާލެވޭނެ ސަބަބެއް ނޫނެވެ.

މި ހަނގުރާމަ ފެށުނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން، އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނައި އަވަހާރަވުމާ ގުޅިގެންނެވެ. އިރާނުން ވަނީ އޭގެ ބަދަލުގައި އިޒްރޭލަށާއި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ހަމަލާދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox