މާފަންނު މަދަރުސާގެ ތުއްތު ދަރިވަރުންނަށް ވެވަޑައިގެންނެވި ވައުދު ވެސް މުއިއްޒު ނުފުއްދެވި

Apr 22, 2026, 8:21 PM
މުއިއްޒު މާފަންނަ މަދަރުސާގައި ވާހަކަ ދައްކަވަނީ: ސްކޫލުގެ ތިރީގައި ހޯލެއް އިމާރާތްކޮށްދޭން އެދުނީ ތުއްތު ދެ ދަރިވަރަކު -- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު މާފަންނަ މަދަރުސާގައި ވާހަކަ ދައްކަވަނީ: ސްކޫލުގެ ތިރީގައި ހޯލެއް އިމާރާތްކޮށްދޭން އެދުނީ ތުއްތު ދެ ދަރިވަރަކު -- ފޮޓޯ: ރައީސް އޮފީސް

މި ފާއިތުވި 2025 ވަނަ އަހަރު ނިމުމުގެ ކުރިން މާފަންނު މަދަރުސާގެ ގްރައުންޑް ފްލޯގައި ހޯލެއް އިމާރާތްކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އެ ސްކޫލުގެ ތުއްތު ދަރިވަރުންނަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ވެސް ނުފުއްދެވި އެވެ.

މެދުކެނޑުމެއް ނެތި ހިންގަމުންދާތާ 42 އަހަރުވެފައިވާ މާފަންނު މަދަރުސާގެ ހޯލު ހުންނަނީ ސްކޫލުގެ ތިން ވަނަ ފަންގިފިލާގަ އެވެ. އެއީ މީގެެ ވަރަށް ގިނަ އަހަރުތަކެއްގެ ކުރިން ޑިޒައިންކޮށް އިމާރާތްކޮށްފައިވާ ތަނެކެވެ.

މާފަންނު މަދަރުސާގެ އެންމެ ތިރީގައި ހޯލެއް އިމާރާތްކޮށްދެއްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވީ، އެކަން ކޮށްދެއްވުމަށް އެ ސްކޫލުގެ ތުއްތު ދެ ދަރިވަރަކު، ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެދުމުންނެވެ. 

"އަޅުގަނޑު ހަމަ އަވަސްވެގަންނާނީ، އަދި ތުއްތު ލޮބުވެތި ދަރިވަރުން މިތަނުގައި މި ސްކޫލަށް ދަތިވެފައިވާ ކަންކަން ފާހަގަކޮށް، އެހާ ޝައުގުވެރިކަމާއެކީ އެކަންކަން ފާހަގަކޮށްދިނީތީއާ އެކީގައި، ފުރަތަމަ ވެސް އަޅުގަނޑު ބޭނުންވަނީ ޔަގީންކަންދޭން، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު މި ސްކޫލްގައި ތިޔަ ލޮބުވެތި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭ ގޮތަށް ބިންމަތީގައި ހުންނަ ހޯލެއް ހަދައިދޭނެ ކަމުގެ ޔަގީންކަން،" ޑިސެމްބަރު 7، 2024، ގައި މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު އެހެން ވިދާޅުވި ނަމަވެސް މާފަންނު މަދަރުސާގެ ހޯލު ތިރީގައި އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ. އަދި އެފަދަ މަސައްކަތެއް ކުރަން ރޭވި ކަމެއް ވެސް އެނގިފައެއްނުވެ އެވެ. 

ސްކޫލުގެ ތިރީގައި ހޯލެއް އިމާރާތްކޮށްދޭން މާފަންނު މަދަރުސާގެ ދަރިވަރުން އެދުނީ ތިން ވަނަ ފަންގިފިލާފައި ހޯލް ހުންނާތީ ހަފުލާތައް ބޭއްވުމަށް ދަތިވުމާއި އުމުރުން ދުވަސްވީ މީހުންނަށް ސިޑިން މައްޗަށް އަރަން އުނދަގޫކަމުންނެވެ. 

"މާފަންނު މަދަރުސާގެ ހޯލު ހުންނަނީ ތިން ވަނަ ފަންގިފިލާގައި، ދެން ކިހާ އުނދަގޫވާނެ ހަފުލާތައް ބާއްވަން. އަޅުގަނޑުމެންގެ ލޯބިވާ މާމަ އާއި ކާފަމެންނަށް މިފަދަ އުފާވެރި ހަފުލާތަކުގައި ބައިވެރިނުވެވޭ. މިއީ އަޅުގަނޑުމެން ވަރަށް ދެރަވާ ކަމެއް،" ދަރިވަރަކު ބުންޏެވެ. 

މާފަންނު މަދަރުސާގެ ދަރިވަރުން މުއިއްޒު އަރިހުން ދެން އެދުނީ ސްކޫލުގެ ތިރީގައި ހޯލެއް އިމާރާތްކޮށްދެއްވުމަށެވެ. 

"މިއީ އަޅުގަނޑުމެން ވަރަށް ދެރަވާ ކަމެއް. އެހެންވީމާ އަޅުގަނޑުމެންގެ މި ވާހަކަތައް އެއްސެވުމަށް އަޅުގަނޑުމެން ދެކެ ނުހަނު ލޯބިފުޅުވާ އަޅުގަނޑުމެންނަށްޓަކައި ސްކޫލަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ލޮބުވެތި ރައީސް ޑރ. މުއިއްޒު ބޭބެ ވެސް އިންނެވުމާއެކު މުއިއްޒު ބޭބެގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު އަޅުގަނޑުމެންނަށް ހޯލެއް ތިރީގައި ބިނާކޮށްދެއްވުމަށް އެދި ދަންނަވަން،" އެ ދަރިވަރު ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox