ދަމަނަވެށި
2 ލިޔުން
ހަބަރުދަމަނަވެށީގެ ހިދުމަތްތައް އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރަށް
ދަމަނަވެށީގެ އިމާރާތުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެތަނުން ދެމުންދިޔަ ހުރިހާ ހިދުމަތްތަކެއް މިއަދުން ފެށިގެން މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރަށް ވަނީ ބަދަލުކޮށްފައި. އަދަދު އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ވަނީ ދަމަނަވެށި އުވާލުމަށް ނިންމާފައި. ނަމަވެސް އެކަން ރަސްމީކޮށް އިއުލާން ނުކުރޭ.
ހަބަރުދަމަނަވެށި އުވާލައި، މުވައްޒަފުން އައިޖީއެމްއެޗްގެ ދަށަށް
ވެކްސިންގެ ހިދުމަތްދޭ ދަމަނަވެށި އުވާލައި، އެތަނުގެ މުވައްޒަފުން އައިޖީއެމްއެޗްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި. މި ބަދަލާއެކު ދަމަނަވެށިން ދެމުންދިޔަ ހިދުމަތްތައް އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ބަދަލުކުރަން ނިންމާފައިވާއިރު، މުވައްޒަފުންނަށް އެންގުމަކާ ނުލައި މިކަން ކުރާތީ ކަންބޮޑުވުން ދަނީ ފާޅުކުރަމުން.
